ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ލ. މާމެންދޫ ޝިމާ ނާފިޒް އަދިވެސް ނުފެންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާ ކަމަށާއި ނަމަވެސް ޝިމާގެ ޚަބަރެއް މިހާތަނަށް ވެފައިނުވާ ކަމަށެވެ. ޝިމާއާއެކީ ދަތުރު ކުރި ފިރިހެން މީހާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފޮނަދޫ ބަނދަރުން އިއްޔެ ހަވީރު 6:00ގައި ނައްޓާލި ޑިންގީ ބަންޑުން ޖަހާލާފައި ވަނީ ގާދޫ ކަނޑުއޮޅި ކައިރިއަށެވެ. ޑިންގީގައި ތިބި ދެ މީހުންގެ ތެރެއިން ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައިވާއިރު، މިމީހާގެ ހާލު މިހާރު ރަނގަޅެވެ.

ގެއްލުނު އަންހެން މީހާ ހޯދުމަށް ފުލުހުންނާއި ސިފައިން އަދި ކައިރީގައި އޮންނަ ސިކްސެންސް ރިސޯޓްގެ މުވައްޒިފުންދަނީ ޙަރަކާތްތެރިވަމުންނެވެ. ޝިމާ ހޯދުމަށް އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުވެސް ދަނީ ބޭނުން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސީދިބެ

    ލަފާކުރެވެނީ ރޭޕްކޮށްފަ މަރާލާ އެހެން ހިސާބަކަށް އެއްލާލީ ކަމަށް. ގާދޫއިން ފުރާގެން ޑިންގީގަ އާދެވޭ ވަގުތަކީކޮބާ؟އަދި ޕަސެންޖަރުންގެ ރައްކާތެރިކަމަށް ކެޕްޓަން ކުރީ ކޮންކަމެއް؟ ލައިފްޖެކެޓް ނުދޭ، ކެޕްޓަން ހައްޔަރުކުރޭ އިހުމާލު ވަރަށްބޮޑު. ކަނޑުމަތީގެ ގަވާއިދުކޮބާ؟ ކީއްވެ ހެދިފަ ހުންނަ ގަވައިދުތަކަށް ނުބަލާ މީހުންގެ ފުރާނަ ދާއިރުވެސް ސުވާލުވެސް ނުކޮށް ދޫކޮށްލަނީ. ހާދަ ފަސޭހައޭ ދޯ. އިހުމާލު

    80
    18
    • ސީމާ

      ކޮމެންޓް ކުރާއިރު ވިސްނާލުން މުހިއްމު. މިފަދަ ދަނޑިވަޅެއްގައި ވަކިގޮތަކަށް ނިއްމުން ރަނގަޅެއްނޫން.

      34
      11
    • ?

      .ފުރަތަމަ ހިލޭފިރިހެނެކާ އެއްކޮން ދިއުންވެސް މަނާ.

      57
      4
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ފްލޯޓްކުރާނެ ހަމެއް ދީފަޔޯ ފިރެހެންމީހާ ދިޔެއް.
    މަށަކަށް ނުވިސްނޭ ހަމެއްގަ އަންހެނަކު ފްލޯޓްކޮށްގެން އެކަނި އޮވެވޭނެގޮތެއް. އަތްގަނޑުގަ ހިފަހަށްޓައިފިއްޔާ ހަން އޮންނާނީ މަތީގަ މީހާ އޮންނާނީ އޭގެ އަޑީގަ. އަމިއްލަޔަށް ފްލޯޓްކޮށްގެން އޮންނާނެގޮތެއް ވިސްނާލާ. މަށަށް ތިކަމުގަ އެހެންކަމެއް އުޅޭހެން އެބަހީވޭ. ފަތަންނޭންގޭމީހަކު ދޫކޮށްލާފަ ފޯނެއްދީފަ އޭގަ ހިފައިގެން އަނދިރީގަ އަނހެނަކު އޮންނާނެހެން ހީވޭތަ؟ ކަމެއް ފޮރުވަން މިކުއްޖާ ގެއްލުވާލީކަމަށް ވަރަށްބޮޑަށް އެބަ ޝައްކުކުރެވޭ.

  3. ސާވްދާން

    ރޭޕް ކޭސް އެއް ބާ؟؟؟

    30
    6
  4. ހެހެ

    އިންޑިޔާއިން ޙަދިޔާ ކޮެއްފައިވާ ހެލިކޮޕުޓަރުން ބޮޑައްބަލާނީ ޖާސޫސް ކުރެވޭތޯ.މީހަކު ފެނެތޯ އެއްނޫން

    36
    20
  5. ނޫރާ

    ރިޟުވާން ގެއްލުވާލި މައްސަލައާ، ޔާމީނު އަދި އަފުރާޝީމް. މަރުގެ މައްސަލަ 24ގަޑިއިރުގެތެރޭގައި ހޯދާނެ ކަމަށް ވަޢުދުވެ ރައްޔިތުންގެ ވޯޓްހޯދައިގެން ވެރިޔަކަން އިސްހުރިމީހަކީ ބޮޑު ފިނޑިއެއް. ގެއްލޭ މީހުން ހޯދާނެމޭ ބުންނަޏަސް އެއީ ތެދެއްކަމަށް ޤަބޫލު ކުރެވޭކަންނެތް.

    31
    17
    • ބުރުމާސްޕޭސްމޭން

      އަމަޔާ ޖެހެންދެން ސިޔާސީ ވެފަ

      5
      1
  6. ޒަހީ

    ރޭޕް ކޭސް އެއްނަމަ އެކަން ކުރެވޭނެ މާ ސަޅި ގޮތް ގޮތް ވެސް ހުންނާނެދޯ ނޭގޭ ވާހަކަ ނުދެއްކުން ބުއްދިވެރި

  7. ޢާސީ

    ޙހާދަ ގެސްޠުންނެއްވެސް މޫދުގައި އެބަރުވޭ ކޮބާތަ އެވެރިންގޮވައިގެން ރިސޯޓންދާ ޑައިވިންޓީޗަރު ތިކަމުގެ ފަހަތުގައިވެސް ބައިވަރު ކަންތައްގަނޑެއް ފޮރުވިފައިވޭ ކަންނޭގެ ދޯ