މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓުން ރިޝްވަތު ދިން ކަމަށް ބުނާ ތިން މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ކެމްޕެއިން ކުރަމުންދާ އިރު އެ ގާނޫނުގައި ބަޔާން ކުރާ ކަންކަމާ ފުށު އަރާ ކަންކަންކޮށްފައިވާތީ އޭސީސީއަށް ބައެއް ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

"ރިޝްވަތުގެ ކުށް ކުރި ކަމުގެ ތިން ޝަކުވާއެއް އޭސީސީއަށް ލިބިފައިވާ އިރު އޭގެ ތެރެއިން އެއް މައްސަލައެއް ބަލާ ވަނީ ނިންމާފައި " މުއައްވިޒް ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވީ ކެންޑިޑޭޓުން އަމަލު ކުރަން ޖެހޭ ހާއްސަ ސުލޫކީ މިންގަނޑުތަކެއް ހުރި ކަމަށާއި މިދިޔަ އަހަރު ޖުލައި މަހު އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި އެކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

އޭސީސީއަށް ޝަކުވާއެއް ހުށަހަޅާއިރު މައްސަލަ ތަހުގީގު ކުރެވޭ ވަރަށް މައުލޫމާތު ހުށަހެޅުމަކީ ވަރަށް މުހިންމު ކަމެއް ކަން ފާހަގަ ކުރައްވާ މުއަވިއްޒު އިތުރަށް ވިދާޅުވީ ދެން ހުށަހެޅި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތިން ވަނަ މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

" ބައެއް ފަހަރަށް ނަން ހާމަ ނުކޮށް ހުށަހެޅި ކަމުގައިވީ ނަަމަވެސް އެ މައްސަލައަކީ އެ މައްސަލައިގެ ބާވަތުން އަޅުގަނޑުމެންނަށް މައުލޫމާތުތައް ލިބިއްޖެ ކަމަށްވަންޏާ ތަހުގީގު ކުރަން ފަސޭހަ ވާނެ،" މުއައްވިޒް ވިދާޅުވި އެވެ.

އިންތިހާބުތަކާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުން ވެސް ވަރަށް ބޮޑަށް ސަމާލު ވާން ޖެހޭ ފާހަގަ ކުރައްވައި އިންތިހާބީ ހައްގަކަށް ފައިދާއެއް ވަކި ފަރާތަކަށް ލިބުމަށްޓަކައި ހަދިޔާއެއްގެ ގޮތަށް ބެލެވިދާނެ އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތުގެ ކުށެއް ކަމަށްވާއިރު ވަކިވަކި ފަރުދުންނަށް ނޫންކަމުގައި ވިޔަސް ވަކި ޖަމާއަތަކަށް ވިޔަސް އާންމު ފައިދާއަށް ވިޔަސް ވަކި އެއްޗެއް ނުވަތަ ވަކި ހިދުމަަތެއް ފޯރުކޮށްދިނުމަކީ ރިޝްވަތެއް ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފުއާދު

    ޙުވަރަފުށިދާއިރާއަށް ކުރިމަތިލައިގެން އުޅޭ އަހުމަދު ސަލީމު އޭނަޔާވާދަކުރަންއުޅުނު އަނެއްކެންޑިޑޭޓަށް ހަތްލައްކަރުފިޔާ ދީގެން އޭނަގެ ގޮނޑިސަލީމަށް ދޫކޮށްލީ މީކޮންކަހަލަކަމެއް

  2. މާޒީ

    ރިޝްވަތު ކައިގެން ތިބި ބަޔަކަށް ރިޝަވަތުގެ މައްސަލަ ބަލާނީ ކިހިނެއް.

  3. ހަތިފުށީ މީހާ

    ހނަިމާދޫ ދާއިރާއަށް ކުރިމަތިލައިގެން އުޅޭ މެންބަރު ޝަހްދީ ވެސް ތިކަހަލަ ހަދިޔާ ބަހާކަމަށް ރަށުތެރޭ އެބަކިޔާ..ނާސިރު އެކަޑަމީގަ ބައިވެރިވި ކުދިންގެ ފުރަތަމަ މަހުފީ 200 ރުފިޔާ ދަށްކަދިނީ ޝަހުދީއޭވެސް ކިޔާ...

  4. Anonymous

    ކެނޑިޑޭޓުންގެ މައްސަލަ ބެލުމުގެ ބޭނުމެއް ނެތް. އެންމެ ފުރަތަމަ ތިމަރަ ބުރީފް ގެ މައްސަލަ ބަލަންވީނުން.