ނައިޓް ވިޝަން ކެމެރާ ބޭނުންކޮށްގެން ޝިމާ ހޯދުމުގެ މަސައްކަތް ރޭގަނޑުވެސް ކުރިޔަށް ދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހާމަކޮށްފިއެވެ.

ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ލ. މާމެންދޫ ޝިމާ ނާފިޒް އަދިވެސް ހޯދަމުންދާ އިރު، މިއަދު ސިފައިން ބުނެފައި ވަނީ ލިބިފައިވާ ހުރިހާ ވަސީލަތްތައް ބޭނުން ކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޝިމާ ހޯދުމުގެ މަސައްކަތް އެއްވެސް ވަރަކަށް ހުއްޓާ ނުލާނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފް ބުނެފައިވަނީ ޝީމާ ހޯދުމުގެ މަސައްކަތް މިހާރު ފާސްޓަރ އިންޓަރސެޕްޓާރ ލޯންޗްގައި ނައިޓް ވިޝަން ކެމެރާ ހަރުކޮށްގެން ޝިމާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާ ކަމަށެވެ. ނައިޓް ވިޝަން ކެމެރާ ބޭނުންކޮށްގެން ހޯދަމުން އަންނަނީ ކަނޑުގެ ސާފޭސްއެވެ.

ފުލުހުން ވިދާޅުވީ ލ.ކައްދޫ އިން ލ.މާމެންދޫއަށް އަންހެނަކާއި ފިރިހެނަކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ލ.ގާދޫ އާއި ހިސާބުން ބަންޑުން ޖަހާލައިގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ރޭގައެވެ. ޑިންގީގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައިވާ ވާއިރު ޑިންގީގައި އިން އަންހެން މީހާ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުންނާއި އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.

ސިމާ ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރު ވައިގެ މަގުން ހަރަކާތްތެރިވާން ފަށާފައިވާ އިރު، ސީޖީ ޑައިވިން ޓީމެއްވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު ލިބުނުފަހުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންގެ އިތުރުން ސިކްސް ސެންސަސް ލާމުގެ ކަނޑު އުޅަނދުތަކާއި މާމެންދުއާއި ހިތަދޫގެ ދޯނިތަކުން ހުއްޓުމެއް ނެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވެންޕާސީ

    ޓީނޭޖް އަންހެން ކުއްޖެއް އޭނައާ އާއިލީ އަދި އެހެން ރަށެއްގެ މީހަކާ އެކު ޑިންގީއެއްގަ ރޭގަނޑުގެ އަދިރީގައި ކަނޑުމައްޗަށް ނިކުތުން މީވަރަށް ސުވާލު އުފެދޭ ކަމެއް. މިކަމުގެ ފަހަތުގަ އެތައް ކަމެއްވާނެ. ޝިމާގެ އާއިލާގެ ހުރިހާ އަންހެންކުދިންގެ ނާޖާއިޒު ފައިދާ ބައްޕައާ އެރަށުގެ އެތައް ބަޔަކު ހޯދާ ކައިރި ރަށްރަށަށް ވެސް ވިއްކުވަމުންދާއިރު ކޮބާތޯ ކައުންސިލަރުން މިރަށްރަށުގެ. ކޮބާތޯ ފުލުހުން؟ ކޮބާތޯ ޖެންޑާ މީހުން؟ ކޮބާތޯ އިއްޒަތްތެރި އަގުބޮޑު ޒިންމާކުޑަ ކޮރަޕްޓް މެންބަރުން؟ ޒިންމާ ނަގަނީ ކާކު ؟ ކޮންބައެއް؟ ފުރާނަ ގެއްލޭ ހިސާބަކުން ނޫން މިތަންތަން މިމީހުން ހޭލާވީއަކީ ؟

    5
    2
  2. ނާހީ

    ޑިފެންސް ފޯސްއޭ؟؟ އަރާމު ފޯސް

  3. ޢިބްރާ

    އަޅެ ތިރިސޯޓް މީހުން ތިކަމުގައި އަމަލު ކުރި ގޮތެއް ވަގުތު ނޫހުން ގެނެސް ދީފާނަންތަ.

  4. ބަކުރުބެ

    ވަރުގަދަ ތަހުގީގެއް ހިންގަންޖެހޭ، ތި ފިރިރެން ސޮރު ގެ ނުބައި ރޭވުމެއް ތިޔަ ކަމުގަ ވޭތޯ،

  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިޔަ ޑިންގީ ހުއްޓުނީކަމަކަށް ނުބެލެވޭ.. ހުއްޓުވާލީ.. އޭގެ ފަހުގަ އެކުއްޖާގެ ކަންތައްނިންމާލީ.. މިޒަމާނުގަ ގެންގުޅޭތަ މީހަކު ފޯނުގަ ލޮކު ކޯޑުނުޖަހާ.. އެވަގުތު ލޮކުކޯޑު ރިމޫވްކޮށްފަތަ އެކުއްޖާއަތަށް ފޯނުދިނީ.. ހަމަޖެހޭވާހަކަ ދައްކާ.. 'ކަނޑުވެފަ' ތިއްބާ ތިހާ އޯގަނައިޒުކޮށް ތިކަންކަމެއް ނުކުރެވޭނެ.. މިމައްސަލަ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ.. ހަމަނުޖެހޭ ކަންތަކެއް އެބައުޅޭ..

  6. ޝީމާ ގެ ފްރެންޑް

    ފިރިހެން މީހާ އަކީ ސިމާ ޢާއި ކިހާ ގާއިކަމެއްއޮންނަ ކާކުބާ؟ ފޯނު އޮއްވާ ފިރިހެން މީހާ ފަތާފަ ދިޔައީ ކީއަވެބާ؟ ގޮއިނޭގޭ ގިނަސުވާލުތަކެއް.... ޕޮލިސް ސުވާލެއް ނޫފެދޭތޯ؟

  7. ސޯކާބެ

    މިހާރު ވަރަށް ގިނަ މިޔަރު 7ފޫޓް 8 ފޫޓްގެ މިޔަރު އުޅޭ އަނެއްކާ މިޔަރެއްގެ ސިކާރަޔަކައް ވީބާ ތިޔަ ކުއްޖާފުޅު މާތް ﷲ ތިޔަކުއްޖާ ސަލާމަތް ކުރަށްވާށި އާމީން

  8. ހަހް!

    އަންހެންކުއްޖާ ގެއްލުމުގަ ޑިނގީ ދުއްވަން އިން މީހާއަށް ޝައްކު ކުރެވޭ އެތައް ކަމެއް އެބަހުރި! އޭނަ ހައްޔަރުކުރެވި ފުރިހަމަ ތަހްގީގެއް ކުރެވެން އެބަޖެހޭ!