އިންތިހާބުގެ ކަންކަން ފޯރިގަދަ ވެފައިވާ އިރު، ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭނުތައް އިންތިހާއަށް ވާދަވެރިވަމުން ދެއެވެ.

ގަމު ދާއިރާއަށް އެމްޑީޕީން، ރާއްޖެ ޓީވީގައި ކުރިން މަސައްކަތް ކުރި ނޫސްވެރިޔާ މުހައްމަދު ވިސާމް ވާދަކުރާ އިރު، އޭނާއާއެކު ދެން ވާދަކުރާ އެންމެ ވަރުގަދަ ކެނޑިޑޭޓަކީ މަޝްހޫރު ޤާނޫނީ ވަކީލް އާދަމް އާސިފެވެ. ޖުމްހޫރީ ޕާޓީން އާސިފް ކުރިމަތިލާއި އިރު، އޭނާއަކީ އެ ދާއިރާއަށް ނިސްބަތްވާ ލ. މުންޑޫއަށް އުފަން ބޭފުޅެކެވެ.

ގަމު ދާއިރާއަށް ނިސްބަތްވާ އާންމު ފަރުދަކު ފޭސްބުކްގައި ހުޅުވާލި ޕޯލްއަށް ފަސް ހާސް މީހުން ވޯޓު ދީފައިވާ އިރު، ޕޯލް ވަނީ މިހާރު ނިމިފައެވެ. ޕޯލް ނިމުނު އިރު، އާސިފަށް 52 ޕަސެންޓް ވޯޓު ލިބުނު އިރު، ވިސާމަށް ލިބިފައި ވަނީ 48 ޕަސެންޓް ވޯޓެވެ.

ޕޯލްގެ ނަތީޖާ ދައްކާ ގޮތުން އާސިފްއަށް ތަރުހީބު ބޮޑުކަން ފާހަގަވެއެވެ. ހާއްސަކޮށް އޭނާގެ މަގުބޫލުކަން އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މިހާރު ގަމުގެ އެންމެ އާބާދީ ބޮޑު ތުނޑީ އަވަށަށް ނިސްބަތްވާ އާސިފް ވަނީ ސިފައިންގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތުގައި ޖުމްލަ 10 އަހަރު ގައުމަށް ޚިދުމަތް ކުރައްވާފައެވެ. ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގެން ޤާނޫނީ ވަކީލެއްގެ ގޮތުގައި އޭނާ ވަނީ ބޮޑެތި ޖިނާޢީ މައްސަލަތަކުގައި ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

އާސިފް ވަނީ ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އިތުރުން މަޝްހޫރު ގިނަ ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ޕީޕީއެމްގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ވެސް އޭނާ ހިމެނިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަލޭޭނޭޭ

    އާޞިފް އަށް ވޯޓް ދޭނެ ވަރަށް ގިނަ މީހުން އެބަތިބި ތިޕޯލް އަށް އަދި ވޯޓު ނުދިން ނަމަވެސް ވޯޓް ކަރުދާސްކޮޅު އަތަށް އެރީމަ އާސިފްގެ ތާއީދު ދެގުނައަށް އަރާނެކަމީ ޝައްކެއްނެތްކަމެއް.. އިރާދަކުރެއްވިޔާ އާޞިފް ގެ ފަހަރު މީ

    10
    4
  2. ޔޯޔޯ

    ސަމްޕަތު ( ވިސާމް) އެއީ އަދި އެއްމެ އެކަށޭނެ މީހާއެއް ނޫން ގަމުދާއިރާގެ ގޮނޑި އަށް

    9
    1
  3. ސަޕޯޓް

    އާސިފް ސަަރ އަށް ކާމިޔާބީއަށް އެދެން

    13
    2
  4. ހެޔޮބަސް

    ތިއީ ތަޢައްޞަބުން ފުރިގެންވާ ނޫހެއް. ތިޔަ ނޫހުން ފެންނަ ޚަބަރަކަށްވެސް، ރިޕޯޓަކަށްވެސް، އަދި ޕޯލަކަށްވެސް އެއްވެސް އިތުބާރެއް ނުކުރެވޭ.

    2
    4
  5. ދޮންތަ

    އާސިފު ވަރެއް ހަމަ ނޯންނާނެ މަރުހަބާ އާސިފު

    4
    1
  6. ރައްޔިތުން

    ބޮޑުތަނުން އާސިފު އަށް ވޯޓް ލިބޭނެ. އެންމެންވެސް އާސިފު އަށް ވޯޓް.

    4
    1
  7. ރާޖޫ

    ގައުމު ވިއްކާލަން އެމްޑީޕީއަށް މެޖޯރިޓީ ނުދޭތި

  8. ޏ

    މޑޕ އަށް މަޖިލީހުން 4 ގޮޑިއަށްވުރެ އިތުރަށް
    ލިބިއްޖެނަމަ ގައުމަށް ނުރައްކާވާނެއެވެ މިކަމަށް
    ރައްޔިތުން ވިސްނެވުން ވ މުހިއްމެވެ

    2
    1