ސްކޫލް ކުދިންގެ "މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހެންވޭރު ބޯޅަ ދަނޑުގައެވެ. ރައީސްގެ އިތުރުން ރާއްޖޭގެ އެއް ނަންބަރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގުވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

މާލޭގެ އެތައް ސްކޫލަކުން ގިނަ އަދަދެއްގެ ބަޔަކު ފިއެސްޓާގައި ބައިވެރިވެފައިވާ އިރު، މިއަދު ވަނީ ބައިވެރިވި ކުދިންނަށް މެޑަލްވެސް ހަވާލުކޮށްފައެވެ. ރައީސް އަދި އަޝްފާގުއާ އެކުވެސް ކުދިންނަށް އުފާވެރި މާހައުލެއް މިއަދުގެ ފިއެސްޓާގައި ފެނިގެން ގޮސްފައިވާ އިރު، އެ ފިއެސްޓާއަކީ ކޮންމެ އަހަރަކުވެސް ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެންކުރިއަށް ގެންދާ ހަރަކާތެެވެ.

އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުޑަކުދީންގެ ހިތްތަކުގައި ފުޓުބޯޅައިގެ ލޯބި އަށަގަންނަވާ ކުދިންނަށް އުފާވެރި، ވާދަވެރި މާހައުލެއްގައި ފުޓުބޯޅަ ތަޖުރިބާ ކުރުމެވެ. އަބަދުވެސް އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ފަރާތުން ވަނީ "ފިއެސްޓާ ލޯގޯ" ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަސީދު

    މިކަލޭގެ ކުރާނެ ކަމެއް ނޭގިގެން އިސްް ތިހާރު ވާން މަސައް ކައް ތަތަކެއް އެބަކުރޭ

  2. ޙުސެން

    ޟމިކަހަލަ ދެއުޅިެއއނުވާ ހުރިހާ ރަސްމިއްޔާތަކައްގޮސް މުޅި ފަސްއަހަރު މަޖަލުގަ ކޮންކަހަލަ ވެރިއެއް އަންނިވެސް މީނާޔައްތުރެއް ހަރުދަނާ ބޯ ރަނގަޅު