ހައްޔަރުގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗަށް ގެނައި ދުވަހު، އެތަނަށް އެއްވި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ރާއްޖެ ޓީވީގެ ނޫސްވެރިޔަކަށް ހަމަލާ ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އިރު، ޖަލަށް ގެންދިޔަތާ ދެވަނަ ދުވަހު އެމަނިކުފާނު ވަނީ އައިޖީއެމްއެޗަށް ގެނެސް އެޑްމިޓްކޮށް ފަރުވާ ދީފައެވެ. ޕީޕީއެމް އަދި ޕީއެންސީން ބުނެފައި ވަނީ ރައީސް ޔާމީން ގެނައީ އެމަނިކުފާނު އެދިލެއްވުމުގެ މަތިން ނޫން ކަމަށާއި، ވާނުވާ ނާންގާ ކަމަށެވެ.

އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ސަޕޯޓަރުންގެ ބަޔަކު އެއްވި އިރު، ހޮސްޕިޓަލް ތެރޭގައި ފުލުހުންނާއި ސަޕޯޓަރުންނާ ކުރިމަތިލުމަކަށްވެސް ގޮސް، ފުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ބޭނުން ކޮށްފައެވެ.

އެދުވަހު ސަޕޯޓަރުންގެ ބަޔަކު ރާއްޖެ ޓީވީގެ ކުރޫއަށް ބަވާ މަންޒަރު އެކުލެވޭ ވީޑިއޯއެއްވެސް އާންމުވެފައިވާ އިރު، އެ މީޑިއާގެ ދާނިޝް ނާޒިމްއަށް ބަޔަކު ހަމަލާދިން ކަމަށް ބުނާ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިހުސާން

    ތިޔަމައްސަލައަކީ ބަަލަން ޖެހޭ މައްސަލައެއް ސަބަބަކީ ނިމިދިޔަ ސަރުކާރުން ވަނީ އެތަށް ގޮތް ގޮތުން ރާއްޖެ ޓީޥީ އަށް ދުއްތުރާކޮށް ރާއްޖެ ޓީވީ އަތުން ނިހައްގުން އެތަކެއް ފައިސާ ތަކެއް ނިގުޅައިގެންފަ އަބަދުވެސް ރާއްޖެ ޓީވީ ކުރޫން ނަށް ތަފާތު ގޮުތުން ނަފުސާނީ ބިރުވެރި ކަމެއްގެ ތެެއަށް ގަމްބާލައިފައި

    2
    17
  2. ޑައެލޯގް

    މިހާރު ރ ޓީވީގެ މައްސަލަ އެކަނި ބަލާނީ މީހުން މަރާ މައްސަލައެއްވެސް ނުބެލޭނެ

    17
    1
  3. ޖޮއްބެ

    ބަލަންވާނެ ބަލަންވާނެ އެއްގޮތަކަށްވެސް ފުލުހުން ތިޔަކަން ލަސްކޮށްގެންނުވާނެ. ރީނދޫ ޕްރޮޕެގެންޑާ މެޝިންގެ މީހެއްނު؟

    14
    2
  4. ރ

    ތީ ރައްޔިތުންނަށް ކޮންދެވޭނެ އެންމެ ބޮޑު ޚިދުމަތް ތިމައްސަލަބަލާތި ލަސްނުކުރާތި، މިހާރުވެސް އެ މަސައްކަތް ކުރަނީ ރިޕޯރޓް ތައް ހަދައިގެން ގައުމު އަދާ އަޅިއަށް ނުހެދުގެން ރ ޔާމިންގެ ސަޕޯރޓަރުން ނެތީ މިޤައުމު އަންދާލަން ރ ނަޝިދުގެ ސަޕޯޓް ހުރީ ދެވަނަ ފެބުރުއަރީ 8 ގެންނަން ނޫންތަ

    7
    1
  5. ޓެކުސީ

    ރީނދޫ މީހުންދެކެ ފުލުހުންވެސް މިހާރު ޖެހިލުންވާކަމަށް ޝައްކުކުރެވެއެވެ ސަބަބަކީ ވަޒީފާގެ ބިރުވެރިކަން.

    8
    1
  6. މުހަންމަ

    ނޫސްވެރިއަކުވިއަސް އެހެން މީހަކުވިއަސް ބަޔަކު ޒާތީވެ މާރާ މާރީ ހިންގުމަކީ ގާނޫނީ ކުށެއްކަން އިގޭއިރު ކުރިން އަމަލު ނުކުރިއަސް މިހާރު އެކަމަށް އަމަލު ކުރެވެން ޖެހޭ. މި ރާއްޖެ އިސްލާހު ކުރެވޭނީ ގާނޫނުތައް ތަންފީޒު ކުރެވިގެން. އިންސާފު ގާއިމް ކުރެވެން ޖެހޭ. ޕޮލިހުންނަށް ކިޔަމަން ނުވެ ހުރަސްއަޅާ ހަދާ މައްސަލަތައްވެސް ބެލެވެން ޖެހޭ.

    1
    5