މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްކަމަށާއި ހާއްސަކޮށް ހުވަދު އަތޮޅު ހިމެނޭ ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު ހުވަދު އަތޮޅު ހިމެނޭ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެއެވެ.

އިރުއުތުރާއި އިރުުން، މެދު ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ.

މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުުތައް އާދައިގެ ވަރަކަށް ގަދަ ވާނެއެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެއެވެ.