ދަރުމަވަންތަ ހޮސްޕިޓަލުގައި ތަރައްޤީކުރާ މެޑިކަލް ކޮލެޖުގައި އަންނަ އޭޕްރީލް މަހު އެމްބީބީއެސް (ޑޮކްޓަރުކަން) ކިޔަވައިދޭން ފަށާނެކަމަށް ގައުމީ ޔުނިވަސިޓީން ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް" ގައި ވާހަކަފުޅުދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ.ފަވާޒް ޝަރީފް ވިދާޅުވީ އަންނަ އޭޕްރީލް މަހު މެޑިކަލް ސްކޫލްގެ ކިޔެވުން ފަށާނީ ދަރުމަވަންތަ ޢިމާރާތުގައި މެޑިކަލް ކޮލެޖު ހިންގުމަށް ދީފައިވާ 2 ފަންގިފިލާގައި ކަމަށެވެ.

އެޢިމާރާތުގައި ކިޔެވުން ފެށިދާނެކަމުގެ ޔަގީންކަން އެބައޮތްތޯ ސުވާލުކުރުމުން ޑރ.ފަވާޒް ވިދާޅުވީ ޢިމާރާތުގެ މަސައްކަތްތައް ނިމިފައިވާކަމަށާއި އެއްވެސް ސަބަބަކާއި ލައިގެން ޢިމާރާތް ލިބުން ލަސްވާނަމަ އެޕްލައި ކުރާ ދަރިވަރުންގެ ކިޔެވުންތައް ކުރިއަށްގެންދެވޭނެ އިންތިޒާމު އެމްއެންޔޫގެ ފެކަލްޓީގައި ހުންނާނެކަމަށެވެ.

މިއަހަރު ސަރުކާރުން ޢިއުލާންކޮށްފައިވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން މެޑިސިން ހަދަން ބޭނުންވާ ދަރިވަރުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މެޑިސިން ހަދަން ބޭނުންވާ ދަރިވަރުންނަށް އަންނަ މާޗު މަހުގެ 3 ވަނަ ދުވަހާއި ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް އެމްއެންޔޫއިން ބުނެއެވެ.

ޑރ.ފަވާޒް ޝަރީފް ވިދާޅުވީ މެޑިސިންގެ ދާއިރާއަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ޚާއްސަ މެޑިކަލެއް ހެދުމާއި އިންޓަވިއުއެއް އެހެން ކޯސްތަކާއި ޚިލާފަށް އޮންނާނެކަމަށެވެ.

"އަޅުގަނޑުމެނަށް އެންމެ ބޭނުންވާ ތާރީޚަށް އަދި މުޅިން ތައްޔާރުކޮށް ނުނިމުނުނަމަވެސް އަޅުގަނޑުމެނަށް ކުރިއަށްގެންދވޭނެ ގޮތްތަކެއް އެބަހުރި. އެގޮތުން މިހާރުވެސް ހުންނާނެ ކުރިން ބޭނުންކުރަމުން އައި ފެކަލްޓީ އޮފް ހެލްތް ސައިންސްގެ މެޑިކަލް ލެބް އަޕްގްރޭޑްކުރެވިފައި. އަދި ހެލްތް ސައިންސް ބިލްޑިންގގައި ސްޓާފުންނަށް ތިބޭނެ އިންތިޒާމު ހުރި އިރު އެ ބިލްޑިންގގައި ލެބްތައް ވެސް ބޭނުންކުރެވޭނެ. މެޑިސިން ކިޔަވަން ފެށިގެން މިހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދެވޭނެ ތައްޔާރީތައް ވަނީ ވެފައި،" ފަވާޒް ވިދާޅުވިއެވެ.

22 ދަރިވަރަކު އަންނަނީ ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ. ފަސް އަހަރުގެ މުއްދަތަކަށް ހިންގާ އެ ކޯހުގެ ކޮންމެ ދަރިވަރެއްގެ ފީ އަށް އަހަރެއްގެ މައްޗަށް 123،000ރ. އަރަ އެވެ. އެއީ އަހަރެއްގެ މައްޗަށް 8000 ޑޮލަރެވެ.

ރާއްޖޭގައި ފަށާ އެންމެ ފުރަތަމަ މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވައިދޭނީ އެންމެ ޒަމާނީ ވަޞީލަތްތަކާއި އެކުއެވެ. އަލަށް ޢިމާރާތްކުރާ މެޑިކަލް ކޮލެޖުގައި މައިގަނޑު 3 ލެބޯޓަރީ ހުންނައިރު ލެކްޗަރ ހޯލަކާއި ޓިއުޓޯރިއަލް 4 ކޮޓަރިއާއި ލައިބްރަރީއެއް ހުންނާނެއެވެ. މެޑިކަލް ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާޒު

    އިބޫ މިކޮލެޖު ހުޅުއްވައި ދެއްވާ! އެއިރުން ރައީސް ޔާމީނުގެގެ ހަދާންވާނެ! މިހާރު މި ޢިމާރާތުގެ އަގުބޮޑުވގެން ވާހަކަދައްކާ އަޑެއްނުއިވޭ! މިވަނީ ކީއްތަ!

    18
  2. ލަބީބު

    ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީގައި ދޫހާކަންތިބިމީހުން މިއަދުގެ ވަގު ސަރުކާރުގައިތިބޭނެ!

    8
    3
  3. ހައިފާ

    ޝުކުރިއްޔާ ލޮބުވެތި ރައީސް ޔާމީން..!

    9
    1
  4. ރަމްލާ

    ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވައި ރާއްޖޭގައި 2019 ވަނައަހަރު ޑޮކްޓަރުން އުފައްދަން ފެށުން އެއީ ރައީސް ޔާމީން އިޢުލާންކުރައްވާފައިވާ ކަމެއް! ރައީސްޔާމީން ވަނީ ރާއްޖެއިންބޭރުގައި ޑޮކްޓަރުކަންކިޔެވުމަށް 64 މީހުންފޮނުވާފަ! ދެން ވަގުއިބޭ މޭވާކާލާ!

  5. Anonymous

    ކޯހަށް އެޕްލައިކުރެވޭނެތަ ބިޒްނަސް ކިޔަވާފހުރި ކުއްޖަކަށްވެސް؟

  6. ޝިރު

    މީހުން ކޯހަށް ނަގާ ނިންމާފައި އޮތީ ޖުލައި 2018 ގައި~