އިއްޔެ ރޭ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވާ ލ.މާމެންދޫ ޝިމާ ނާފިޒް ހޯދުމުގެ އޮޕަރޭޝަން މިއަދު އިތުރަށް ވަރުގަދަ ކޮށްފިއެވެ.

އެމްއެންޑީއެފް އިން ދެންމެ ވިދާޅުވީ ޝިމާ ހޯދުމުގެ އޮޕަރޭޝަންގައި ކޯސްގާޑްގެ ޝިޕް ހުރަވީ އާއި ކޯސްޑްގާޑްގެ ޑައިވަރުންގެ އިތުރުން ކަނޑު އަޑި ބެލުމަށް ހާއްސަ ޑައިވިން ރޮބޮޓް ވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ކަނޑުގެ އަޑި ބެލުމަށް ހާއްސަ ރޮބޮޓް މީގެ ކުރިން ވެސް އެމްއެންޑީއެފް އިން ވަނީ ބައެއް އޮޕަރޭޝަންތަކުގައި ބޭނުން ކޮށްފައެވެ.

ހުކުރު ދުވަހުގެ ރޭ އިތުރު މީހަކާއި އެކު ޑިންގީއެއްގައި ލ.ފޮނަދޫ އިން ލ.މާމެންދޫ އަށް ދަތުރު ކުރަމުން ދަނިކޮށް ޝިމާ ގެއްލުނު ހާދިސާ ރިޕޯޓް ކުރި ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެނެތި ދަނީ ކުރަމުންނެވެ.

ރޭ ވެސް ނައިޓް ވިޝަން ކެމެރާ ބޭނުން ކޮށްގެން ޝިމާ ހޯދުމުގެ މަސައްކަތް ކުރިއެވެ. އިއްޔެ އިންޑިއާގެ ހެލިކޮޕްޓަރު ވެސް ޝިމާ ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވިއެވެ.

ނަމަވެސް ޝިމާ ހޯދުމުގެ މަސައްކަތުގައި އަދި ކުރިއެރުމެއް ނުލިބެއެވެ.

ޑިންގީ ބަންޑުން ޖަހާލުމުން ޝިމާ އާއި އެކު ދަތުރު ކުރި ފިރިހެން މީހާ ވަނީ ޑިންގީގެ ޕެޓްރޯލް ޓޭންކް ޝިމާ އަތައް ދިނުމަށް ފަހު ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައެވެ. އޭނާ ރިސޯޓަށް އަރާ އެހީއަށް އެދުމުން ލޯންޗް ބަންޑުން ޖަހާލި ސަރަހައްދަށް ދިޔަ އިރު އެސަރަހައްދުގައި ޝިމާ ފެންނާކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރޯނުއެދުރު

    ޑިންގީގައި އެކުގައި ދަތުރުކުރިކަމަށް ބުނާ ފިރިހެންމީހާގެ ބަސްޤަބޫލުކޮށްގެން ކަނޑު އެކަނި ބެލުމަކުން ނުފުދޭ. އޭނާއާއި އިތުރު ސުވާލުކޮށް ތަހުގީގުކުރަމުން އެއްގަމު ބެލުންވެސް ރަނގަޅު. އެ އަންހެންމީހާއަށް މަރާލާފައި އެއްގަމުގައި ވަޅުލާފައި އެހެން ވާހަކައެއް ފެތުރުމަކީވެސް މިޒަމާނުގައި ވެދާނެކަމެއް. ހުރިހާ ވައްތަރެއްގެ ޖަރީމާތައް ހިންގަން ދަސްކޮށްދޭ އެދުރުގެ ޓީވީ/ކޮމްޕިއުޓަރ/ފޯން ކޮންމެ މީހެއްގެއަތުގައިވޭ. ތަފާތު ސީރީސްތަކާއި ގޭމްތަކުން އެކަންކަން މުޖުތަމައުއަށް ދަސްވަމުން ދަނީ.

    48
    3
  2. ޭޭޭޭޭޢަލީ

    ﷲ އިރާދަ ކުރެއްވިއްޔާ ފެއްނާނެ!!ހިތާމާގާ ބައެވެރިވަން!!

    40
    3
  3. ޢަބުލޯ

    މިހާ ހިސާބައް ދާއިރު މި ފިރިހެން މީހާޔާ ސުވާ ކުރަން ޖެހޭ ކޮންމެސްނުބަޔެއް އެބަ އުލޭ

    29
    3
  4. ނަޖޫ

    އާއިލާއަށް ކެއްތެރިކަން ދެއްވާށި!! އާމީން....

    35
    2
  5. އެޅަކަލޯ

    ތީހާދަހާ ހެއްވާ ވާހަކައެކޭ ދޯ. ކީއްކުރަންތޯ އަހާބަލަ ޝިމާ ދޫކޮއްލާފަ ފަތާފަ ގޮސް އެރީ. ތީގަ އެބައުޅޭ ގޮތް ނޭނގޭ ކަންތައްގަނޑެއް. ޝިމާ އަތުގަ ފެނުންމަތީގަ އޮންނަ ހަމެއް އޮތިއްޔާ ނުލާހިކު ފަސޭހައިން ގޮވާއިގެން ދެވޭނެ. އަނެއްކާ ރޭޕް ކޮއްލާފަ އެއްލާލީބާ. ތީހަމަ އަސްލުގަވެސް ތަހުގީގުކޮއް ބަލަން ޖެހޭ ސީރިއަސް މައްސަލަ އެއް.

    42
    3
  6. ދިމާ އިދިކޮޅު

    އިންސާނަކު ކަނޑުވީމާ ހޯދުން ވަރުގަދަކުރަނީ ދުވަސްވާ ވަރަކަށް.
    އަހަރެންނަށް ހީވަނީ ފުރަތަމަހެން ވަރުގަދަޔަށް ފަށަންވީ. އެއިރުން ސަލާމަތުން އޮތްވާ ފެނުމުގެ ފުރުސަތު ބޮޑު. ދެން ދުވަސްވާ ވަރަކަށް ވަރުގަދަކޮށް ރޮބަޓައި ހެލިކަޕްޓަރާއި ރާޑަރ ބޭނުން ކުރުމުގެ ބޭނުމެއް ކޮބާ.
    ތިބުނާ ރިސޯޓެއްގެ ފަރާތުން ތިޚަބަރު ލިބުމުން ކަންތަށް ކުރިގޮތް އޮޅުންފިލުވައި ދީފާނަންތަ ؟

    11
  7. ކބޫ

    އެމް އެން ޑީ އެޕް އަކީ ފަލަ ސުރުހީ އަޅާ ބައެއް އެމީހުން އެކުރާ މަަަސައްކަތުގެ ދެގުނަ ފުލުހުން ކުރޭ އެކަމަކު އޭގެ މޮޅު ހޯދަން ސުރުހީ އަޅަން ތިވަރު ބައެއް ނެތް

  8. ޔާމިން

    ރޭޕްކުރިކަމައްބެލެވެނީ

    7
    1
  9. ޭެަެިަލާމު.އަތޮޅު މީހެއް

    ޙިތާމައިގާ ބައިވެރިވަން???

    7
    1
  10. އަހްމަދު

    އަންހެންކުއްޖަާ ގޮވައިގެންދިޔަ ފިރިހެންމީހާގެ ފުޓޯއެއްވެސް ޖަހާލިނަމަ ވަރަށްރަނގަޅުވީސްކަމުގައި ދެކެމެވެ.

    8
    1
  11. ޝީމާ ގެ ފްރެންޑްގެ ފްރެންޑް

    ސުމޭދު ގެއްލުނު މައްސަލައިގަ ވެސް ދިޔަ މީހުން ހައްޔަރެއް ނުކުރޭ... ވީމާ މިމީހާ ހަޔަރު ކުރާނެ ކަމެއް ނޭނގޭ...

    6
    1