ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން މިހާރަށް ވުރެ ވެސް މާބޮޑަށް ދުރުވެގެން ދާނެ ކަމަށާއި ދިވެހިރާއްޖެ އިން ދެން ބޮޑަށް އިސްކަން ދޭނީ އެމެރިކާ އާއި އެކު ގާތް ގުޅުމެއް ބަދަހި ކުރަން ކަމަށް ސްރީލަންކާގެ ނޫހެއް ކަމަށްވާ "ސަންޑޭ ޓައިމްސް" އިން ބުނެފިއެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދާދިފަހުން އެމެރިކާ އަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވާ ލަންކާގެ ނޫހުގައި ބުނެފައި ވަނީ މިއީ ރާއްޖެ އާއި އެމެރިކާގެ ގުޅުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގެ ޤާނޫނީ ދާއިރާ ޚަރުދަނާ ކުރުމަށާއި ދެފުއްފެންނަ ވެރިކަމުގެ ނިޒާމެއް ގާއިމް ކުރުމަށާއި މަދަނީ ޖަމިއްޔާތައް ހަރުދަނާކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އެމެރިކާ އިން އެހީވާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ ދެއްވާފައެވެ.

އެމެރިކާ އިން ވަނީ ރާއްޖެއަސް ހިލެ އެހީގެ ގޮތުގައި 150 މިލިއަން ރުފިޔާ ދިނުމަށް ވެސް އެއްބަސް ވެފައެވެ. އަދި މެރިޓައިމް ސެކިއުރިޓީ ދާއިރާއަށް ހަތް މިލިއަން ޑޮލަރާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް ދެ މިލިއަން ޑޮލަރު ދިނުމަށް ވެސް އެމެރިކާ އިން ވަނީ އެއްބަސް ވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އާއި އެކު ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށް ޗައިނާ އިން ފަންޑް ހޯދައިގެން ރާއްޖޭގައި ބޮޑެތި މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ. ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ވެސް ޗައިނާ އާއި އެކު ކުރިން އޮތް ގާތް ގުޅުން ދެން ނުބާއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ރާއްޖެ އިން މިހާރު އިންޑިއާ އާއި އެމެރިކާ އާއިއެކު ގުޅުން ބަދަހި ކުރަމުން ގެންދިޔަ ނަމަވެސް އެގައުމުތަކަކީ ބޮޑެތި މަޝްރޫޢުތައް ހިންގަން ފަންޑް ކުރާ ގައުމުތަކަކަށް ނުވާތީ ބޮޑެތި މަޝްރޫޢުތައް ހިންގަން ފަންޑު ހޯދުމަށް ސަރުކާރަށް ދަތިތައް ދިމާވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލި

    އެމެރިކާގެ ދަންތުރައިގައި ޖެހޭނީ އެއީ މުސްލިމް އިސްލާމީ ގަައުމުތައް އަޅުވެތި ކުރުމުގެ ދަންތުރަ މައިކް ޕޮންޕިޔާ އާއި ބައްދަލް ކޮށް ސަހަލު ވާހަކައެއް ނުދައްކާނެ ... މި އޮތް ހުރިހަ ދުވަހު ދުނިޔެއިން ގޮވީ ޗައިނާގެ ދަރަނީގެ ދަންތުރައިގެ ވާހަކަ ދިވެހި ރާއްޖޭގެ ތާރީޚްގައި ވެސް ނުނަގާވަރުގެ ބޮޑު ލޯނެއް އިންޑިޔާއިން ނެގީމާ މައްސަލަ އަކަށް ނުވި ދަރަންޏަކަށް ވެސް ނުވި..... ކޮބައިތަ ޗައިނާ އަށް ދިންކަމަށް ބުނާ ފަޅުތަކާއި ރަށްތައް ޗައިނާގެ އެންމެ ސިފައިންގެ މީހަކުވެސް ރާއްޖެއަކު ނޫޅޭ ... މާލެއިން އިންޑިޔާއަށް ހިލޭ ދިން ބިން އެ އޮތީ ރަސްމި ބޯޑް ޖަހާފައި ސޯސަން މަގުގައި ދެލޯ ހުރިއްޔާ ފެންނާނެ ނުފެންނަ މީހުން މިއަދު ހަވީރު ފިނި ޖެހެލީމާ ބަލައިލަ ބަލަ މިކަމާ ނޫހެއްގައި ފޮޓޯ ގަނޑެއްވެސް ޖަހާލާކަށް ނުކެރޭ

    48
    1
  2. Anonymous

    މޮޔައަކުވެސް ނުކުރާނެ ކަމެއް އެއީ. ދުނިޔޭގެ އިގްތިޞާދާއި އަސްކަރީ ބާރުތައް ހުރިގޮތުން، މުޅިދުނިޔެއިން މަަސައްކަތްކުރަނީ ޗައިނާއާ ގާތް ގުޅުމެއް އުފެއްދުމަށް. ދިވެހިންނަކީ ފެތޭ އޮޑިފަހަރަށް އަރައި، ރަހުމަތްތެރިން ދެނެގަތުމުގެ ގާބިލުކަންވެސް ނެތްބަޔަކީތަ؟

    38
    2
  3. ފދސފް

    އިސްލާމްދީނާއި ގައުމިއްޔަތާ ދުރުކުރުވައި ސެކިއުލާ ނިޒާމެއް ޤާއިމް ކުރުމަށް އެހީދޭނެ.. އެހެން ކަމަކަށް އެމެރިކާ އިންޑިޔާ ޔަހޫދީން އެހީއެއްނުވާނެ... ފަލަސްޠީނަށްވެސް އެހީތައް ކަނޑައިލީ ޔަހޫދީން ބުނާގޮތަށް އެމީހުންގެ އަޅުވެތިކަމުގައި ތިބެން ފަލަސްޠީނު ރައްޔިތުން އެއްބަސްވުނެގެން... ލާދީނީ ސެކިއުލާ ޝަރުޢީ ނިޒާމެއް ޤާއިމްކުރަން އެމެރިކާއިން އެހީވާނެ... އެމީހުން އެއްމެ ނުރުހޭ ކަމަކީ ރާއްޖޭގައި މިހާރު މި އޮތްވަރަށްވެސް އިސްލާމި ހަމަތަށް ކޯޓުތަކުން ގެންގުޅޭތީ... ތަރިކަ ޝަރުޢީ ހަމައިން ބެހުމާއި، ޖިނާއީ ބައެއް މައްސަލަތަކުގައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހުކުމް ކުރެވޭކުރެވުން ކަމުނުދަނީ...

    34
    1
  4. ޜާއްޖެ އިސްލާމް

    މިސަރުކާރަށް އަދި ޝާހުދުއަށް އެގޭނެ އެމެރިކާ ކިބައިގަ ނެތްކަން ރާއްޖެފަދަ ގައުމަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕް ކުރުމަށް އިންވެސްޓް ކުރާނެހާ މާލީ ގާބިލުކަމެއް އަދި ހުއްޓަސް ނުކުރާނެކަންވެސް އެނގޭނެއެވެ.

    ބޭނުންވަނީ އެމެރެކާގެ މުށުތެރެއަށް މި ގައުމް ވައްދައިގެން ގައުމް އަޅުވެތިކުރުމެވެ.
    އެމެރިކާއިން ކަމެއްކޮއްދޭނަމަ ކޮއްދޭނީ ޔަހޫދީން ހިއްހަމަ ޖެހޭގޮތަކަށް ރާއްޖޭގެ ކަންތައްތަށް ބަދަލުކޮއްދީފިނަމއެވެ ނުވަތަ އެޔަގީންކަން ދީފިނަމައެވެ.

    ޝާހިދުމެންނަށް ވަޒަންކުރަން ނޭގޭއެއްޗަކީ ދިވެހި ހިނަރައްޔިތުންގެ ފިކުރާވިސްނުމެވެ. ޝާހިދު މިގައުމައް އަރަން ފަސްޖެޙޭ ވަރަށް މިކަމުގައި ރައްޔިތުންގެ އޮތް ކަންބޮޑުވުން ފެނިގެންދިއުން އިތީ ދާދި ކައިރީގައެވެ.

    ޝާހިދުމެން ނަކީ ގައުމް ރޭޕްކޮއްގެން ގައުމް ވިއްކައިގެން ކައިގެން ހުޅަގުގަ ދިރިއުޅެމުން އަންނަ ބައެކެވެ. ދެންވެސް ޝާހިދުމެން އުޅޭނީ އެގޮތަށެވެ.

    އެމެރިކާ އެއުޅެނީ އަމިއްލަ ސަރުކާރު ނުހިންގިގެންނެވެ. ޓްރަމްޕް ބޭނުންވެގެން މެކްސިކޯއާ އެމެރިކާގެ ބޯރޑަރ ކޮންޓްރޯލްކުރަން ރާނަން ބޭނުންވެގެން އުޅޭ ފާރެއް ރާނަށް ސެނެޓުން ބަޖެޓް ފާސްކޮއްނުދީގެން ސަރުޚަރު ހުއްޓިގަ އޮންނަތާ މިހާރު ވަނީ އެތަށް މަހެއް ވެފައެބެ.

    އަފްޣާނިސްތާނު ތަޅާ ސުންނާފަތި ކޮއްލިއިރުވެސް ތިކަހަލަ އެނހީތަށް ދޭން އެއްބަސްވިއެވެ. އެކަމު އެމީހުން ބޭނުންވި ގޮތަށް އެގައުމް ސުންނާފަތި ކޮއްލާފަ ކޮއްދިން އެއްވެސް ކަމެއް ނެތެވެ.

    އެހެންވީމާ ރައްޔިތުންނަށް އޮޅުވާލަން މަންޒަރު ދައްކާނެ ކަމެއްނެތް ގައުމަށް ޣައްދާރުމީހުންނަށް އޮތީ ކުޑަގޮޅިކަން ހަނދާންކުރުން ބުއްދިވެރިވާނެއެވެ.

    33
    1
  5. ރާޑޯ

    9.7 މިލިޔަން ޑޮލަރު، ލޮލް ހެޔޮ އެހީ ނުވިޔަސް ތިވަރުން، އެހެން ނޫނަސް ދުނިޔޭގެ އަނެއްބިތުގަ އިން ގައުމެއް އެހީވާނެ ކަމަށް ބެލުމަކީ މޮޔަކަމެއް، ދޯހަޅި ސިޔާސަތު

    23
  6. ޒާ

    ވަރަށް ހިތާމަ ހުރިކަމެއް ޗައިނާފަދަ ދާޚިލީ ކަންކަމާއި ނުބެހޭ ރާއްޖޭ ތަރައްގީ ކުރުމަށް ބޮޑެތި އެހީތަކެއްދޭ އެކަމުގެ ޤާބިލްކަން ހުރި ގައުމަކާއި ދުރުވާތީ. އެމެރިކާއަކީ އެއްއިރެއްގައިވެސް ދިވެހިރާޢްޖެއަށް ހެޔޮއެދޭ ހެޔޮކަމެއް ކޮށްދިން ގައުމެއްނޫން. އެއީ މުސްލިމުންގެ އަދާވާތްތެރި ގައުމެއް. މުސްލިމުން ނިކަމެތިކޮށް އަޅުވެތިކުރުމުގައި އެމެރިިކާގެ ބައިވެރިވުން ބޮޑު. އިޒްރޭލަށް ބާރު ދީގެން ފަލަސްތީނު މީހުން ދަނީ މަރަމުން.

    27
  7. އެމްޑީޕީމީހެއް

    އަދި މި ޝާހިދު ކޮންމެވެސް ސަރުކާރަކުން ހިފާހައްޔަރު ކުރާނެކަން ޔަގީނެވެ މީނަ މި އުޅެނީ ރައްޔަތުންނަށް އޮޅުވާލުމެއް އޮޅުވާލައިގެން ކަން އަހަރެންގެ އިތުރުން ރައްޔަތުންވެސް މިހާރު ގަބޫލުކުރެއެވެ.

    15
  8. ބާރީ

    5 މިލިޔަންޑޮލަރާ އެއްޖިންސުން ގުޅުންހިންގަން މަގުފަހިކުރާ ގަވަރނަންސް ނިޒާމުތައް ގާއިމްކުރަން އެމެރިކާއިން ދޭ ފަންނީ އެހީދޯ ނުލިބިގެން މި އުޅެނީ؟

  9. ޑައެލޯގް

    ހޫން އެމެރިކާ ތިގޮތަށް ތަރައްގީކުރީ އިރާގް، ލީބިޔާ، މިސްރު ހުރިހައި މުސްލިމުން ފުޑަން ފޫގަޅާފަވާ 2 ގައުމު އިންޑިއާ އާއި އެމެރިކާތީ އެކަމު ޗައިނާއިން އެގައުމުގެ އެތެރޭގެ މުސްލިމުންނަށް ގޮތް ހެއްޖަސް އެހެންގައުމެއްގެ މުސްލިމުން ކީއްކުރަން ދާޚިލީ ކަންކަމާ ނުބެހޭނެ

  10. Anonymous

    ޝާހިދަކީ އިންޑިޔާއިން ރާއްޖެ ހިފަންއާދޭސްކުރި މީހާ. ގައުމަށް އެއްވެސް ލޯތްބެއްނެތް ގައުމުގެ އަދުއްވަކަން ފޮރިން މިނިސްޓްރީ ދިނީވެސް ގައުމު ވިއްްކާލަން އެއްޗެކޭވެސް ހިތަށްނާރާނެތީ.

  11. ވެރިން

    ތިބުނާ ދެފުށް ފެންނަ ވެރިކަމާ ހަމަހަމަ ޝަރުއީ ނިޒާމާ ތިހުރިހާ އެއްޗެއް ތިބުނާ އެމެރިކާ ގާއިމުކުރި ގައުމު ތަކުތެރޭ ހިމެނޭ ގައުމުތައް އިޜާގު،އަފްޢާނިސްތާން،ލީބިޔާ މިކަހަލަ ކިތަންމެ މުސްލިމު ގައުމެއް.ނިކަން ބަލާ އެގައުމު ތަކަށް ހަދާފަ ހުރިގޮއް.މުުޅިގައުމު ހަލަބޮލިކޮއްލާފަ އެންމެ ފަހުވަގުތު ރައްކާވާނީ. ށާހިދުމެން ލޮލަށް ނުފެން ނަނީހެން ހީވަނީ ނޫނީ އަމިއްލަ އެދުން އިސްކިރީ.

  12. ނުރަބޯ

    ގައުމެއް ތަރައްގީކޮށް ކުރިއަރުވާ ރައްޔިތުންގެ ތަނަވަސް ކަން އިތުރުކުރަން ބޭނުންވާ ބަޔަކު މިޒަމާނުގައި ޗައިނާ އާއި ދުރުވެ އެމެރިކާއަކާ ގުޅުމެއް ނުއުފައްދާނެ. ވޭތުވެ ދިޔަ ދިގުޒަމާން ތަކުގައި މުޅި އެފްރިކާ ގައި އޮތީ އެމެރިކާ ގެ ނުފޫޒު. އެހެން ނަމަވެސް އެއިން ގައުމެއްގެ ތަރައްގީ އަށްޓަކައި އެމެރިކާއިން ޒައްރެއްގެ މިންވަރުވެސް ނުދޭ. މިއަދު މުޅި އެފްރިކާގެ ހުރިހާ ގައުމެއްހެން އެ ދަނީ ޗައިނާގެ އެހީގައި ތަރައްގީ ވަމުން ރެއިލްވޭ ސިސްޓަމް ގާއިމްކޮށް ދިނުމާ، ހޮސްޕިޓަލްތައް އަޅާދިނުމާ ސްކޫލް ތައް ބިނާ ކޮށްދިނުމާ މިފަދަ ކިތައްމެ ކަމެކެވެ. ބަދަލުގައި ޗައިނާ ސިފައިންނެއް އެތާކު ނުތިބެއެވެ. އަދި އެމީހުންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ދަނޑިދިގު އުނދުޅި ބާނާކަށް ވެސް ނުއުޅެއެވެ. އެހެންކަމުން މިގައުމުން ޗައިނާއާއި ދުރުވެ އެމެރިކާ އާއި ގާތްވާނަމަ އެއީ މިސަރުކާރުގެ ވިސްނުން ކޮށިކަމާ ޚުދުމުޚުތާރު ކަން ނޫން އެހެން ކަމެއް ނޫނެވެ. އަދި ރައްޔިތުންނާ ގައުމުގެ ތަރައްގީ އާއި ހެވާ ލާބަ އަށްޓަކައި މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ ޖީބު ބޮޑުކުރުމާ އެމްޑީޕީ ދިގުޒަމާން ތަކެއްގައި ވެރިކަމުގައި ބަގުޑިބައްދައިގެން އޮތުމަށް އެމެރިކާގެ އެހީތެރިކަން ހޯދުމެވެ.