އަންނަ އޭޕްރިލް މަހު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި، ރައްޔިތުން ވޯޓުދޭން ވާނީ މަޖިލީހަށް ހާޒިރުވުމަށް ވަގުތު ލިބޭނެ ބޭފުޅުން ހޮވަންކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިގޮތަށް ވިދާޅުވީ، ރިޔާސީ ކޮމިޝަންގެ ބިލަށް ވޯޓަށް އަހާވަރަށް މެމްބަރުން މިއަދުގެ ޖަލްސާއަށް ހާޒިރުވެފައިނުވުމާއި ގުޅިގެން މިއަދު ކުރި ޓްވީޓެއްގައެވެ.

ސުއޫދު އިތުރަށް ވިދާޅުވީ، ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް އަވަސް ކުރުމަށްޓަކައި ބިލުތައް އަވަހަށް ފާސްކުރަންޖެހޭ ކަމަށެވެ.

https://twitter.com/hsuood/status/1099967101765328897

ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި މަރުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރުތައް ދިނުމަށް އެކުލަވާލާފައިވާ ބިލަށް ވޯޓަށް އެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބެގެންނެވެ. ނަމަވެސް މިއަދުގެ ޖަލްސާއަށް ވޯޓަށް އަހާ ވަރަށް މެންބަރުން ހާޒިރުވެފައެއް ނުވެއެވެ. މިއަދު ވޯޓަށް އެހިއިރު ހާޒިރުވެ ތިއްބެވީ 42 މެމްބަރުންނެވެ.

އެހެންވެ އެ ބިލަށް ވޯޓަށް ނާހާ މިއަދުގެ ޖަލްސާ ނިންމާލާފައެވެ.

ކޮމިޝަންތަކަށް ބާރު ދޭ ބިލަކީ ނިމިގެންދިޔަ ދައުރުގައި ފާސްކުރުމަށް އެޖެންޑާކޮށްފައިވާ ބިލެއްވެސް މެއެވެ. ނަމަވެސް މިދިޔަ ދައުރު ނިންމުމަށްފަހު މަޖިލިސް ޗުއްޓީއަށް މެންބަރުން ދިޔައީވެސް ވޯޓަށް އަހާވަރަށް މެމްބަރުން ހާޒިރުވެފައި ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    މަޖިލީހައް އެއްވެސްގާނޫނީވަކީލަކުހޮވުމަކީ ކުރާވަރުކަމެއްނޫން އެމީހުން މައްސަލަތަކުގަކޯޓައް ހާޒިރުވެފަ މަޖިލީހައް ހާޒިރުވާނެވަގުތެއްނުލިބޭނެ

    11
  2. މިއަދު

    ވޯޓަކީ ދޭމީހަގެ ޙައްޤެއް އެއަކީ ސުޢޫދުގެ ޙައްގެއްނޫން ސުޢޫދަކަށްނުބުނެވޭ ތިހެންނެއް މިހާރުވޯޓުގަންނަނީ ނީލަމުގައި ބޮޑުއަގުހުށައަޅާފަރާތަށް ވޯޓުދެނީ މަޖިލިހުގައި އިހުލާސްތެރި ޢިލްމުވެރިޔަކު އިންނެވީމައި އެކަންހަޖަމުނުވެގެން އަނިޔާވެރިގޮތަކަށް ޝަހީދުކޮށްލީ މިހާރުގެ މަޖިލިހަށް އެއްމެރަގަޅި އެއްމެލަދުހަޔާތްކުޑަމީހުން ފޮލެޓްދޮންބެފަދަމީހުން

  3. ސުއޫދު

    ތިފަދަ އެކަކުވެސް މޑޕ ގަ ނެތް. ފާއިތުވި 7އަހަރު ބަޖެޓަށް ވޯޓުނުދޭ. ދެއަހަރު ވެއްޖެ މަޖުލިހުގެ ޖަލްސާތަކަށް ހާޒިރުނުވެ ކޮމެޓީތަކަށް ހާޒިރުނުވެ ސޮއިކޮއްފަ މުސާރަ ބަރާބަރަށް ނަގައިގެންތިބީ. ހުރިހާ އިނާޔަތެނެގި ޒިންމާއަދާނުކޮށް. އެހެންވީމަ ސުއޫދު އެބުނަނީ މޑޕގެ އެއްވެސްމީހަކު ނުހޮވާށޭ. އެހެންވީމަ އަހަރެމެން ރައްޔިތުން ސުއޫދުގެ ބަސްއަހާ މޑޕ އަށް ވޯޓުނުދޭތި.

    12
  4. ސޯކާބެ

    އެހެން ވެއްޖެއްޔާ މިގައުމަކު ނުތިބޭނެ ސުއޫދު ތިވިދާޅުވާކަހަލަ ބޭފުޅުންނެއް ޙުދެ ސޫދްވެސް ނުވަޑައިގަންނަވާނެ ދެންތިވިދާޅުވާ ކޮމިޝަނައް ބާރުދޭބިލަ ފާސްނުވިޔަސް އެމް އެމް ޕީއާރް ސީގެ މަސްއަލަބެލޭނެ އިޙްލާސްތެރި އިއްތަކެއްގެ ވެރިބަޔަކު މިގައުމުގައި ވެރިންގެ ގޮތުގައި ތިއްބެވިއްޔާ އެންމެ ބޮޑުމަސްއަލަޔަކީ އެއީ އިޙުލާސް ތެރިކަން ނެތުން ކޮބާތޯމިގައުމުގެ ރަށްޔަތުންގެ މިލްކިއްޔާތުގައި ހުރިތަކެތި ހައްތާވެސް ބައްލަވަނީ ރަށްޔަތުމީހާ އަތުން ފައިސާފޮއްޗެއް ނެގޭނެ ގޮތެއް

  5. ބެއްޔާ

    ދަހިވެތި އުއްތަމަ ފަނޑިޔާރުކަމަށް ހެދިގެން އުޅޭ މިހާ ކޮން އަނގައެއް އަރުވަކަށް. ހަވާލުކުރި ކަންތައް ވޭތޯބަލާބަލަ.

  6. ލާދީނީ ހުސްނު

    ކިތައްމެ މޮޔައެއް ގޮވިޔަސް ލާދީނިއްޔަތަކަށް ވޯޓެއް ނުދޭނަން.