ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިސްތިހާރު ކުރުމަށް "ވަގުތު" އިން ކޮށްފައިވާ އިއުލާނާއި އެއްގޮތައް ހުޅުމާލޭ ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި އަޒްލީން އަހްމަދު ހަމަޖައްސާ އޭނާ އާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޒްލީން ވަނީ ހޯމް މިނިސްޓަރު ކަން ކުރައްވާފައެވެ. އަޒްލީން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.

މިހާތަނަށް ހިތަދޫ މެދު ދާއިރާ، ފޭދޫ ދާއިރާ، ގަމު ދާއިރާ، މައްޗަންގޯޅީ މެދު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، އުނގޫފާރު ދާއިރާ، ގައްދޫ ދާއިރާ، ހިތަދޫ އުތުރު ދާއިރާ، ވިލިގިނލީ ދާއިރާ، ތިނަދޫ ދެކުނު ދާއިރާ، ނައިފަރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ ގެމަނަފުށީ ދާއިރާ އަދި ތ.ގުރައިދޫ ދާއިރާ، ކިނބިދޫ ދާއިރާ، ހުޅުމާލެ ދާއިރާ އަދި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން "ވަގުތު" ގައި އިސްތިހާރު ކުރާނެ ކެންޑިޑޭޓުން މިހާރު ވަނީ ނިންމާފައެވެ.

މިހާތަނަށް ކެންޑިޑޭޓުން "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ޕެކޭޖް ނަންގަވާފައި ނުވާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް އަދިވެސް "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. "ވަގުތު" ގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 7907173 އަށެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިލެކްޝަންސް ކޮމިޝަނުން ތަރުތީބު ކުރުމުގެ ކުރިން ވެސް "ވަގުތު" މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާލޭމީހާ

    އަލްޙަމްދުލިﷲ. އަޒްލީނަށް ކާމިޔާބީ އަށް އެދެން. އިންޝާﷲ އެންމެންގެ އެހީތެރިކަންވެސް ލިބޭނެ. އާމީން

    9
    8
  2. ނައިބުތުއްތު

    ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެދާއިރާ ތަމްސީލުކުރުމުގެ ފުރުޞަތު އަލްއަޚް އަޒުލީން އަޙްމަދުއަށް ﷲ ސުބުހާނަހޫ ވަތަޢާލާ މިންވަރުކުރައްވާށި..އާމީން........ ނަޒާހަތްތެރި ބޭފުޅަކަށް މިފަހަރުގެ ފުރުޞަތު ދިނުމަށްޓަކާ އެދާއިރާގެ ރައްޔިތުން ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތްލައްވައި އެމީހުންގެ މެދުގައި ބަދަހިގުޅުމެއް ދަމަހައްޓަވާދޭނއެވެ.

    7
    7
  3. ސިމާ

    އަޒުލީން އަކީ ވަރަށް ބަރާބަރު މީހެއް. އިންޝާ ﷲ ކާމިޔާބު ވާނެ.

    7
    7