އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންތަކެއް ބައިިވެރިވި އިވެންޓެއް ދަރުބާރުގޭގައި ހިނގަމުން ދަނިކޮށް އެ އެތާނގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އިންތިޒާމް ކުރި "ބިޒްނަސް ކޮންވެންޝަން 2019" ރަސްމީކޮށް ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ބޯކޮށް ދުން އަރައި އަލިފާން ހިފީ، ސްޓޭޖްމައްޗަށް އަލި ކުރަން ސީލިންގްގައި ހަރުކޮށްފައި ހުރި ލައިޓްތަކުގެ ތެރެއިން ލައިޓެއްގެ ކަރަންޓް ކޭބަލްގަ އެވެ.

އަލިފާން ހިފުމާއެކު އެ ތަނުގައި ތިބި އިދާރީ މުވައްޒަފުން ވަނީ، އަލިފާން ނިވާ އާލާތްތައް ބޭނުން ކޮށްގެން އެ އަލިފާން ވަގުތުން ނިންވާލާ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް އިވެންޓް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބާއްވާ "ބިޒްނަސް ކޮންވެންޝަން" އަށް ޚިޔާލު ފާޅުކުރުމަށް، އެކި ދާއިރާތަކުން ވިޔަފާރިއާއި ބެހޭ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމަހުގެ 26 އިން 27 އަށް ދަރުބާރުގޭގައި ބާއްވާ "ބިޒްނަސް ކޮންވެންޝަން" އަކީ ވިޔަފާރިވެރިންނަށް ހުރި ދަތިތައް ދެނެގަތުމަށްޓަކައި މުޅި ރާއްޖެ ޝާމިލްވާ ގޮތައް ބާއްވާ ޙާއްސަ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ވެގެންދާނީ ވިޔަފާރިވެރިން އެއްތަނަކަށްގެނެސް އެމީހުންގެ ޙިޔާލާއި، ކަންބޮޑުވުން އޮޅުންފިލުވައި ސަރުކާރަށް ހައްލުކޮށްދެވެން ހުރި ކަންކަން ދެނެގަނެ އެކަންކަން ހައްލުކޮށްދިނުމަށް ބޭއްވިގެންދާ ބައްދަލުވުމަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާއިލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވިޔަފާރި ޖަމިއްޔާތައް ބައިވެރިވާއިރު ރަށު ކައުންސިލްތަކަށްވެސް ރަށްރަށުގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    އަހަރެމެން މުސްލިމުން އެކަކު އަނެކަކަށް ހިތް ހެޔޮކޮށް، ހެޔޮދުޢާ ކުރުމަކީ މުސްލިމުންގެ އަޙްވަންތަކަން އިތުވެގެންދާނެކަމެއް. މިފަދަ ހާދިޘާ ތަކާ ގުޅުވައި އެކަކު އަނެކަކަށް ބަދުބަސް ބުނެ ބަދު އުޢާ ނުކުރުން ވަރަށް މުހިންމު.

    18
    3
  2. އިބްރޭ

    ސުންޕާ ސަރުކާރު

    30
    8
  3. މަހުލޫފް

    މިނޫން ދުވަހެއް މިސަރުކާރު އައިފަހުން ދޭތަ އަބަދުވެސް ކޮންމެވެސް ކަމެއް ލައިގަނެގެން އުޅެނީ

    43
    5
  4. ނައިބުތުއްތު

    މިހާރަކަށްއައިސް ތިކަހަލަ ޒަލްޒަލާތައް ވަރަށް ގިނަވެއްޖެ. އަލިފާން ރޯވުން ގެނބިގެން މީހުން މަރުވުން އެކްސިޑެންޓްތައް މަސްތުވާތަކެތި ދައުލަތުގެ މުވައްސަސާތައް ފަޅާލައިގެން ބޮޑެތި ވައްކަންކުރުން. މީ މުސްލިމުން ވިސްނަންޖެހިފައިވާ ކަމެއް.

    34
    • ބޮޑުދުފާ

      ވެލިދޯނި ބަނޑުންޖަހާލުން. ޑިންގީ ބަންޑުން ޖަހާލުން.

      14
  5. ހުސޭނުބޭ

    އަލިފާނާއި އެމްޑީޕީއަކީ ދުރުނުކުރެވޭނެ ދެ ރަޙްމަތްތެރިންނެވެ. އެމްޑީޕީ އުޅޭ ކޮންމެ ތަނެއްގައި އަލިފާން އުޅޭނެއެވެ. މުޒާހަރާއަކަސް އިވްނެޓަކަސް ކެނބިނެޓަކަސް އަލިފާނުގެ އެތިފަހަރަކުން ނޫނީ ނުނިމޭނެއެވެ.

    21
    1
  6. ތާރީޚު ދިވެހި ރާއްޖެ

    ބިރުވެރިކަމާއި ނާމާންކަން ޢާއްމުވެގެން ހިނގައޖެ.! މިފަދަ ކަންކަމަކީ އެބައެއްގެ އަތުން އބަޔަކު ހޯދި ނުބައި ކަމެއްގެ ރަހަ އެބަޔަކަށް ދެއްކެވުމަށާއި، އިސްލާޙު ވުމަށް ﷲ މެދުވެރިކުރައްވާ އިމްތިޙާނު. ކުރިޔަށް އޮތް ދުވަސްތައް ރަނގަޅުވާން އެދޭނަމަ އިސްލާހުވެ ކުރެވުނު ނުރަނގަޅު ޢަމަލުތަކަށް ތައުބާވެ އެފަދަ ކަމެއް ތަކުރާރު ނުކުރުމުގެ ޢަޒުމުގައި މަސައްކަތް ކުރަމާތޯ؟

    16
  7. މުޖައްރިބު

    އަލިފާންވެސް ދެން ތަންކޮޅެއް ބަލާލައިގެންނު އުޅެންވާނީ. މިނިސްޓަރުން ތިއްބަވާއިރު އަލިފާން ހިފައިގެން ނުވާނެއެއްނު.

    5
    5
  8. މިއަދު

    ބޮލަކަށްނުކަޑަމުތަ ޕީޕީއެމް،ޕީއެންސީގެ ބޮލަށްކަޑާލާ

  9. އާދަނު

    އުޅެވޭ ގޮތުން ވާގޮއި

  10. Anonymous

    އަލިފާން ހައްޔަރުކުރޭ!

  11. އަހުމަދު

    ކޮންކަމެއްގަ ކޮންހައްލެއް މި ކިނބޫސަރުކާރުގަ ގެނެވޭނީ ފުރަތަމަ ވެރިކަންމަށް އަރާ އެހުރީ މަކަރާ ، ހީލަތާ ، ޖާސޫސީޔާ ، ޔަހޫދީކަމާ ، ނެތިމޮށުމާ ، މީހުންގެ އަބުރަށް އަރައިގަތުމާ މިކަހަލަ ނުބައިވެގެންވާ ހުރިހާކަމަކުން ޑިގްރީހާސިލް ކޮށްގެން ހެވެންނު އަސާސީ ތައުލީމު ފެންވަރަށް ލިޔަންކިޔަން ނޭންގުނަސް.

  12. ދޮގެއް؟

    ތިޔައީ ލާދީނީ ބައެއް ވީމަ ނުބައި ނުލަފާ ބައެއް ވީމަ މުސީބާތްތަކުން ގައުމު މިވަނީ އަވަދި ވެފަ.

  13. ކިނބޫ

    އެންމެ ފުރަތަމަ ތި ފާހަގަ ކުރި މީހާ ތީ ވަރަށް ސުންޕާ މީހެއް. ތިމީހާޢާއި ތިމީހާގެ ގެއަށް ނިސްބަތްވާ އެއްވެސް މީހަކާ އެކުވެސް އެއް މަޖިލިހުގަ އިންނާކަށް ނުވާނެ. ސަމާލުވޭ!

  14. ހެހެހެ

    އެވާނީ ފެބްރުވަރީ 8 ގެ ހަނދާނުގަ ބޮޑު ހުޅު ދުވަހެއް ފާހަގަ ކޮށްލީ ކަމަށް.