ތަފާތު ގިނަ މައްސަލަތަކެއްގައި ޖަލު ޙުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޑޮކްޓަރަށް ދައްކަން މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މެޑިކަލް ޗެކަޕެއް ހެދުމަށެވެ. އަދީބު ވަނީ އައިޖީއެމްއެޗަށް ގެނައުމަށްފަހު ކާޑިއޮލޮޖީ ޔުނިޓަށް ގެންގޮސްފައެވެ.

އިންސާފުވެރި ޝަރީއަތަކާ ނުލައި، ހަމައެކަނި އަދީބު ޖަލުގައި ބެހެއްޓެވުމަކީ، އަދި އެމަނިކުފާނުގެ ޞިއްޙީ ޙައްޤުތައް ނިގުޅައިގަތުމަކީ ނާއިންސާފު ކަމެއްކަމަށް ބުނެ އަދީބުގެ އާއިލާ އިން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދީބުއާ އެއް ދައުވާތަކެއް ކޮށްފައިވާ އަބްދުﷲ ޒިޔަތު ވަނީ ދާދިފަހުން ގޭބަންދަށް ބަދަލުކޮށްފައެވެ.

އެހެންނަމަވެސް، ޞިއްޙީ ޙާލަތަށް ރިއާޔަތްކޮށް އަދީބު ގޭބަންދަށް ބަދަލު ކުރަން އެދުމުންވެސް އެކަން ކޮށްދީފައި ނުވެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވެސް އަދީބު އައިޖީއެމްއެޗްގައި އެޑްމިޓް ކުރިއެވެ. ނަމަވެސް އެފަހަރު ވެސް ޑޮކްޓަރު ދެއްވާފައި އޮތް މުއްދަތު ހަމަނުވަނީ ކަރެކްޝަނަލް ސާވިސް އިން ވަނީ އަދީބު ޖަލަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިހާ

    ޙައްގުނޫ ގޮތުގާ ޝަރިޔަތް ކުރާގާޒީން މިދުނިޔެމަތީ ސަލާމަތުން ތިބެވިދާނެ ނަމަވެސް ﷲ ތަޢާލާގެ ދަރުބާރުގާ އިޢްތިރާފު ކުރުވާ އެގާޒީ އަކު ޖަހަންނަމަ އަށް އެއްލާލެވޭނެ ކަން ދަނަނާތި!!!!