އައްޑޫ ސިޓީ ހިތަދޫގައި އިއްްޔެ ރޭ ފަތިހު، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އިންޑިއާ ފިރިހެނަކު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.

އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ އިންޑިއާ ސިފައިން ދުއްވާ އެމްއެންޑީއެފް ހެލިކޮޕްޓަރުގައެވެ.

ޒަހަމް ކޮށްލާފައި ވަނީ އުމުރުން 46 އަހަރުގެ މީހެކެވެ. އޭނާ އަށް ހަމަލާދިނީ ބައިސްކަލެއްގައި ދަނިކޮށް އިއްޔެ ރޭ ފަތިހު 4:00 ގައެވެ.

"ވަގުތު"އަށް ވާހަކަ ދައްކަވަމުން ހޮސްޕިޓަލްގެ އިންފޮމޭޝަން އޮފިސަރ އަލީ މޫސާ ވިދާޅުވީ ޒަހަމް ކޮށްލެވިފައިވާ މީހާގެ ދެ ލޮލަށާއި ކަނާތު ކަންފަތުގެ އިތުރުން މޫނުގެ އެހެން ބައިތަކަށްވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހާގެ ނޭފަތާ ދިމާއިން ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށާއި، މޫނަށް އިތުރު އަނިޔާތައްވެސް ވެފައިވާ ކަމަށް އަލީ މޫސޫ ވިދާޅުވިއެވެ.

ފުލުހުން ވަނީ މިމައްސަލައާ ގުޅިގެން ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރު އަދި 24 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެ ތިން މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ 19:15 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މައްސަލައިގެ ތަޙްޤީޤު ކުރިއަށް ދާތީ ފުލުހުން އިތުރު ތަފްސީލެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާމީ

    މިސަރުކާރެއްގައި ދުވަހަކުވެސް މީހަކު ނުމަރާނެ. ހުރިހާ ނުބައި ކަމެއްވާނީ އަދި ކުރާނީވެސް ޔާމީންގެ ސަރުކާރުގައި.

  2. ފާރޫގު.މެއި 22.2019.23:20

    ތިބުނީރަންގަޅައް. ޝޯލިހުސަރުކާރަކުންނުކުރާނެއެއްކަމެއްވެސްމާޝޯލިހުވެގެންއެއުޅެނީ