ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނެފައި ވަނީ މ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މިއަދު ހަވީރު 17:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

މެޓުން ބުނެފައި ވަނީ ދެކުނާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވެއެވެ. ނަމަވެސް އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ. އާންމުކޮށް ކަނޑު މަޑުވާނެ ނަމަވެސް، ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު