ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ފުރަތަމަ ފިލްމު "ވަކިން ލޯބިން" އައްޑޫ ސިޓީގައިވެސް އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ މި ފިލްމް އައްޑޫސިޓީގައި ވެސް އަޅުވަން ނިންމާފައިވާކަމަށް ޑާކްރެއިން ޓީމުން ބުނާއިރު، އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަތޮޅުތެރޭގައިވެސް މި ފިލްމު ދައްކާނެއެވެ.

"ވަކިން ލޯބިން"ގެ ހަތަރު ޝޯއެއް އައްޑޫގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ފިލްމް އައްޑޫސިޓީ މަރަދު އާއި މީދޫގައި އަޅުވަން ވަނީ ހަމަޖެހިފައެވެ. މީދޫގައި މާޗް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަޅުވާ ޝޯގެ ޓިކެޓް 9902388 އަށް ގުޅައިގެން މިހާރު ބުކް ކުރެވޭނެކަމަށް އެ ޓީމުން ބުންޏެވެ.

އަދި މާޗް 8، 9 އަދި 10 ގައި މަރަދޫ ބޮޑޮގޭގައި އެ ފިލްމް ބަލާލަން ބޭނުންވާ ފަރާތްތަަކަށް ފުރުސަތު އޮތްއިރު، މި ޝޯތަކުގެ ޓިކެޓް، 9999641 ނުވަތަ 9997049 އަށް ގުޅައިގެން މިހާރު ބުކް ކުރެވޭނެއެވެ.

ފިލްމް "ވަކިން ލޯބިން"ގެ ލީޑް ރޯލުން ފެނިގެންދާނީ ޖުމަލްޔިލް ނިމާލާއި މަރިޔަމް މަޖުދާގެ އިތުރުން ނުޒުހަތު ޝުއައިބްއެވެ.

މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ޕްރޮޑިއުސްކޮށްފައިވާ "ވަކިން ލޯބިން"ގެ ޓިކެޓް މިހާރު އޮލިންޕަހުން ވިއްކަމުންދާއިރު، ފިލްމަށް އޮތް ތަރުހީބު ވަރަށް ބޮޑުކަމަށް މައުލޫމާތު ލިބެއެވެ.

ޑާކްރެއިންއަކީ މިދިޔަ ދެ އަހަރުވެސް ގައުމީ ފިލްމް އެވޯޑްގައި އެންމެ ވިދާލި އެއް ޓީމެވެ.