ފުލުހުންގެ ތަޙްޤީޤަށް މީހަކު ހޯދަން ފުލުހުން މިރޭ އާއްމު ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިރޭ ވިދާޅުވެފައި ވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މުދަލައް ގެއްލުންދިނުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށާއި އޭނާ އާއި ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންނަށް އެންގެވުން އެދޭކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ / މ.ދޮރަގަލި، އަޙްމަދު ރިޔާޟް (40އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަޙްމަދު ރިޔާޟް އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.