ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިސްތިހާރު ކުރުމަށް "ވަގުތު" އިން ކޮށްފައިވާ އިއުލާނާއި އެއްގޮތައް ހިތަދޫ ދެކުނު ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ހަމަޖައްސާ އޭނާ އާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މުހައްމަދު ރަޝީދު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން، 2009 ވަނަ އަހަރުން 2014 އާއި ހަމައަށް ކުރައްވާފައެވެ. އޭނާ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.

މޯޑު "ވަގުތު" އަށް މީގެ ކުރިން ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވީ، ވޭތުވެދިޔަ ދިހަ އަހަރުވެސް މަސައްކަތް ކުރީ ސިޔާސީ ޕާޓީތަކުގައި ކަމަށާއި، އޭގެ ސަބަބުން ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރައްޔިތުންންގެ ޙައިސިއްޔަތުން ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުން ފަޚުރުވެރިވާފަދަ މެމްބަރަކަށް އޭނާ ވާނެ ކަމަށް މޯޑު ވިދާޅުވިއެވެ.

މެޓްރިކްސް މޯޑަކީ ހިތަދޫގައި ސިޔާސީ ގޮތުން ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އެގޮތުން ޕީޕީއެމްގެ ހަރަކާތްތަކުގައި އޭނާ ވަނީ ވަރަށް އިސްކޮށް މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ. މެޓްރިކްސް މޯޑަކީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ.

މިހާތަނަށް ކެންޑިޑޭޓުން "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ޕެކޭޖް ނަންގަވާފައި ނުވާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް އަދިވެސް "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މުހައްމަދު ރަޝީދު އާއި އެކު "ވަގުތު" އިން އެއްބަސްވުމުގައި ސޮއި ކުރުން – ވަގުތު އިމޭޖްސް: އަމީން ފަހްމީ
މުހައްމަދު ރަޝީދު އާއި އެކު "ވަގުތު" އިން އެއްބަސްވުމުގައި ސޮއި ކުރުން – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މިހާތަނަށް ހިތަދޫ މެދު ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، ކާށިދޫ ދާއިރާ، ފޭދޫ ދާއިރާ، ގަމު ދާއިރާ، މައްޗަންގޯޅީ މެދު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، އުނގޫފާރު ދާއިރާ، ގައްދޫ ދާއިރާ، ހިތަދޫ އުތުރު ދާއިރާ، ވިލިގިނލީ ދާއިރާ، ތިނަދޫ ދެކުނު ދާއިރާ، ނައިފަރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ ގެމަނަފުށީ ދާއިރާ އަދި ތ.ގުރައިދޫ ދާއިރާ، ކިނބިދޫ ދާއިރާ، ހުޅުމާލެ ދާއިރާ އަދި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން "ވަގުތު" ގައި އިސްތިހާރު ކުރާނެ ކެންޑިޑޭޓުން މިހާރު ވަނީ ނިންމާފައެވެ.

"ވަގުތު" ގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 7907173 އަށެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިލެކްޝަންސް ކޮމިޝަނުން ތަރުތީބު ކުރުމުގެ ކުރިން ވެސް "ވަގުތު" މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އެޕްރީލް 6 ވަނަ ދުވަހުއެވެ.