ދިވެހިރާއްޖޭގައި ދެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާތަން އެބަފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވޯޓް ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފިނަމަ ވޯޓު ކަރުދާސް ބާތިލް ބާތިލްވާގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މޫސާ ވިދާޅުވީ އެއް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ރައީސް އޮފީހުގައި ކަމަށާއި ދެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކޮންމެވެސް އެހެންތަނެއްގައި ކަމަށެވެ.

"މިގައުމު ހަމަމަގަށް އެޅޭތަން އެއްގޮތަކަށް ވެސް ފެންނަމުންނެއް ނުދޭ. ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ އޮވެމެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލު މަޖިލީހުން ފާސް ނުކުރެވުމަކީ ސަރުކާރުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހުރިކަމުގެ ހެއްކެއް" މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ފަރާތްކަމަށް ބުނެފައިވާއިރު، އެކަން އެގޮތަށް ހިނގަމުން ނުދާކަމަން ފާހަގަ ކުރައްވައި މޫސަގެ ވާހަކައިން ދެވަނަ ރައީސް ނިސްބަތް ކުރައްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ކަމަށް ބެލެވެއެވެ.

ދާދިފަހުން ޕީޕީއެމުން ވަކިވެވަޑައިގަންނަވާފައިވާ މޫސަ އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ޔާމީން މިވަގުތު ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނުގެ ބާރާއި ނުފޫޒު އޮތް މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށެވެ.

"ކުރީގެ ރައީސް ޔާމީން މިވަގުތު ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނުގެ ބާރާއި ނުފޫޒު އޮތް މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެން އެބަދޭ. އިދިކޮޅު މެމްބަރުންގެ ސާބިތުކާއި ހިތްވަރަށް ހަމަ ސާބަސް ދަންނަވަން" މޫސަ ވިދާޅުވިއެވެ.

މޫސަ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅާއެވެ. ދެ ރައީސް ތިއްބެވި މަންޒަރު އެބަ ފެންނަ ކަމަށް މޫސަ ވިދާޅުވިއިރު ނަޝީދު މިހަފްތާގައި އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގެ ސަބަބުން ނަޝީދަށް ވަނީ ގިނަ އާއްމުންގެ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޝިމާނާ

    ދިވެހިރާއްޖޭގެ ރައީުލްޖުމްހޫރިއްޔާގެ މަޤާމަށް ކުފޫހަމަވާ ތިއްބެވީ ތިން ބޭފުޅެކެވެ. ރައީސް ޔާމީން ، ރީކޯމޫސަ ، ރައީސްޔާމީންގެ އިކޮނޮމިކްސް މިނިސްޓަރ މުޙައްމަދު ސަޢީދު.

    49
    12
  2. ޖަދުވަލް

    މޫސަ ބުންޏަސް ތީ ހަމަ ތެދެއް މިގައުމުގައި ރައީސުލް ޖުމްހޫރިއްޔާއަކީ ކާކުކަން އޮޅޭ ހިސާބަށް މިހާރު ކަންތައް ހިގައްޖެ

    105
    3
  3. ޖޖޖ

    މޫސަމެން ތަޅަނީ ބޭކާރު އަނގަ. އެކަން އެނގިގެންދާނެ، ރައީސްމީހާ ލާފަ އެއޮތް ބާރުތައް ޖަމާކުރާ، ޔައުނީ ދިވެހިންގެ މިލްކިއްޔާތުގައި ހުރި ހަރުމުދާ، ކުންފުނިތަކާއި އެއަރޕޯޓްތަކާއި ފަޅުރައްތައް ރޭޕިސްތާނަށް ދިނުމުގެ ބާރުގެ ބިލަށް ވޯޓުލާ ދުވަހު.

    36
    13
  4. ރާއްޖެ

    ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެމަގާމުގައި
    މިވަގުތުހުރީ އިބޫ ސޯލިހެވެ އެހެންނަމަވެސް އޭނާ
    އާއި ރައްޔިތުންހަވާލް ކޮށްފައިވާ ޒިއްމާ ފުރިހަމަ
    އިޚްތިޔާރާއި މިނިވަންކަމާއެކު އަދާކުރުމަށް ހުރަސް ތަކެއް ހުރުމަކީ އިންތިހާއަށް ކަންބޮޑުވާ
    ކަމެކެވެ އެހެންކަމުން ރައީސް އަށް ހުރަސްއަޅާ
    ބަޔަކު ނުވަ މީހާ ހައްރުކުރުމަށް ގޮވާލަމެވެ

    44
    6
  5. ގުލާބީމާފުޅު

    އަދި ހަމައެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ مجرم ންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ نفس ތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ.
    “އެއްއުރާގައިދެކަނޑިޔަކަށްނޯވެވޭނެއެވެ.“
    “އެއްފިނދުންގުއިރުން”

    17
    2
  6. ޖުލައި

    ކުޑަކުޑަ ހިނދުކޮޅެއްގެ ދެރައީސުން މިގައުމުގެ ވެރިކަން ކުރެވޭނީ ދެރައީސުން ނަށް މީއެއްމެ ބޮޑު ގައުމު

  7. ލިއު

    މޫސަ މެންތީ ވައިކަޓާފަ ހުރި ބައެއް...ކޮން ބޭކާރު ވާހަކަ ދައްކާކަށް...ތިއީ މީހުން ދަސްނުވާ ޕާޓީގެ ބައެކޭ...މީހުން ދަސްވެފައިވާ މީހުން އުޅޭ ގޮތް ދައްކަން އެބަޖެހެ ތި މީހުންނަށް...މީހުން ދަސްވޭތޯ ބަލަން...އަންނި އެންޑް އިބޫ އޯލް ޓައިމް ޕޭވްރިޓް...މޫސަ މެން ބެކްގްރައުންޑްގަ މަޑުކޮށްލާ ދެން...އަސަރު ކުރާނޭ ފެނުމުން އެކަމަކު އެއަށް ބުނެވޭނީ ދެން ލަލަލާއޭ...ލޮލް

    4
    30
  8. އަލްޖިބްރާ

    ކުރެވޭނެ އެހެން ކަމެއް ނެތީމާ ދޭތެރެ ޖެއްސޭތޯ ބަލާތި ! ކަލެއަކީވާ ހާދަ ފެންވަރު ދައް މީހެކޭ ދޯ !

    3
    6
  9. ހަސަނު

    މޫސަ އަށް އަނެންކާ އަވަރު ކޮން ފެންނަން ފެށީބާ

  10. އިބްރާހިމްމަނިކު

    ދެންއެހެންވިއްޔާދާންވީނުމަގުމަތީގަކޯޓުހަދައިގެންހިންގަންފާތުމަގެހެދުންނުފެހިގެންއެބައުޅޭ