ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ އިތުރުން މަރުތައް ބެލުމަށާއި، ގެއްލިފައިވާ ފައިސާތަކަށް ވީނުވީއެއް ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ އެކުލަވާލި ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލަކީ ގާނޫނާ ހިލާފު ބިލެއް ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު، ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކޮމިޝަނަށް ބާރުތައް ދިނުމަށް މަޖިލީހަށް ވައްދާފައިވާ ބިލަށް ތިން ފަހަރަށް ވޯޓަށް އަހަން އެޖެންޑާ ކުރި ނަމަވެސް، މެމްބަރުން ހަމަނުވާތީ އެކަން ވަނީ ނުވެފައެވެ.

ހަތަރު ވަނަ ފަހަރަށް އެޖެންޑާކުރުމަށް ފަހު މިއަދު ވެސް ވޯޓަށް ނާހައި ޖަލްސާ ނިންމާލި އިރު އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލް އާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް، މަޖިލިހުގެ ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ހަ މެމްބަރަކު ސޮއިކުރައްވާފައިވާ އެ ކޮމިޓީން ނިންމި ގޮތް ނޫން އެހެން ގޮތަކަށް މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެ ބިލަށް ވޯޓަށް އެހުން މަޖިލީހު އެޖެންޑާއިން ނަގާފައިވާ އިރު، އެކަމާ ވަނީ އހުތިޖާޖުވެސް ކޮށްފައެވެ.

ބިލާ ގުޅިގެން ޑރ. ހަލީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދުނިޔޭގެ ކުރި އަރާފައުވާ ގައުމުތަކުގައި ރިޔާސީ ކޮމިޝަން އުފައްދަނީ ބޮޑެތި މައްސަލަ ތަކުގައި އިންކްއަރީއެއް ހިންގުމަށް ކަމަށެވެ. އަދި އެފަދަ ކޮމިޝަންތަކަކީ ޖިނާއީ ތަހުގީގުތައް ހިންގާނެ ބައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ރިޔާސީ ކޮމިޝަނުން ކުރާ އިންކުއައިރީގައި ފާހަގަވާ ކަންތައްތައް ތަހުގީގު ކުރާ މުއައްސަސާތަކާ ހިއްސާކުރުމަކީ އަމަލު ކުރާ އުސޫލު ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ. އޭނާގެ ޓްވީޓުގައި އިތުރަށް ވިދާޅުވި ރިޔާސީ ކޮމިޝަންގެ ބިލަކީ ގާނޫނީ އަސާސީއާ ވެސް ހިލާފު ބިލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ާަަަަަެެެޮޮިުއަފީ

  ހުސްނުސުއޫދުމިއުޅުއްވަނީރާއްޖެބިނޑުދޮށުލާންވެގެން
  ތަ؟ބުރާންތިވެފާހުރިޤައްދާރެއްތަ؟
  މަޖިލީހައްވައްދާބިލެއްވަޒީރުންނަކާނުބެހެވޭނެ؟
  ތިއުޅެނީހޭބަލިވެގެންތަތިއުޅެނީ؟
  އަހަރުމެންދިވރހިރައްޔެތުންގެލާރިގަކާކާބަނޑުނު
  ފުރެނީތަ؟

 2. އޯއްޔޭއް

  ޕޮލިހަށް ނުބެލުނު ކަމެއް ރިޔާސީ ކަމިޝަނެއް ކްރިމިނަލް ކަންކަމުގައި ބެލެވޭނެ ކަމަށް މަމެންނަށް ނުފެނެއޭ މީއިންޑިއާގައި މިހާރު އިންޑިއާގެ ބޮޑޭ އަމިއްލަ އަށް އިންޑިއާ ސިފައިން ދުއްވާލައިގެން އޭނާ ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު ޓެންޝަން ކްރިއޭޓް ކުރި ގޮތަށް ތަމެން އަމިއްލަ އަށް އުފައްދައިގެން އުޅޭ މައްސަލަ އެކޭ ރިޔާސީ ކަމިޝަން އަށް ކިހިނެއްތޭ ޕޮލިހުން ކުރާ އިންވެސްޓިގޭޓް ކުރެވޭނީ ނުވާނެއޭ ތިޔާ ކަމެއް ގެޓް އަޕް ޑޯންޓް ބީ ސޯ އިގްނޮރެންޓް އޯއް ޔޭއް

 3. މާވަޑި ފަލާހް

  އެބިލް ޤާނޫނުއަސާސީއަކާ ހިލާފީކީނޫނޭ. އެބިލްގެ މައްސަލައަކީ މުޖްރިމުންނާ، ވަގުންނާ، އަދި ކޮރަޕްޓް މީހުން ސަރީޢަތުގެ ކުރިމައްޗައް ޙަޒިރުކުރެވޭތީ. ތިމާމީހާއަކީ މިބުނެވުނުފަދަ ޖަރީމާއެއްނުހިންގާ އެއިގެއިންކަމެއްގައި އެއްވެސްބައިވެރިވުމެއްނެތް މީހެއްނަމަ ބިރުންއުޅޭކަށް ނުޖެހޭނެ. މިހާރު ތިއުޅޭގޮތުންނާ ދައްކާވާހަކަތަކުން ރައްޔިތުންނަށް ވަރަށްސާފުކޮށް މިކަންތައްތަކުގައި ބައިވެރިވިމީހުން އެބައެގިހާމަވޭ

  2
  1