ތާރީހު ދިރާސާކުރަން ޒުވާނުންގެ ޝައުގު އިތުރުކުރަން ޖެހޭ ކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހި ތާރިހު ދުވަސް ފާހަގަކުރަން ދިވެހި ބަހުގެ އެކަޑަމީ އިން އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ހާއްސް ޖަލްސާގައި ޔުމްނާ ވިދާޅުވީ ގައުމީ ތާރީހު ދުވަސް ފާހަގަކުރަން ޖެހެނީ ތާރީހުގެ މުހިއްމު ކަމާ މެދު މީހުން ހޭލުންތެރި ކުރަން ކަމަށެވެ.

"ދިވެހިންގެ ތާރިހު ދަރިވަރުން ކިޔަވާ ހިތްވާ ފަދަ މާއްދާއަކަށް ހަދައި، ތާރީހު ދިރާސާކުރަން ޒުވާނުންގެ ވެސް ޝައުގުވެރިކަން އިތުރުކުރަން ޖެހޭ" ޔުމްނާ ވިދާޅުވިއެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި ސްކޫލްތަކުގެ ދަރިވަރުން ވެސް ބައިވެރިވި މި ޖަލްސާގައި ޔުމްނާ އިތުރަށް ވިދާޅުވީ ތާރީހު ދިރާސާކުރުމަކީ ދަރިވަރުންގެ މައުލޫމާތު މުއްސަނދިވެ ވިސްނުން ތަރައްގީވެ، ތަފާތު ކަންކަމަށް ލޯ ހުޅުވި މައްސަލަ ހައްލުކުރަން ދަސްވާ ކަމެއް ކަމަށެވެ.

"ތާރީހު ދިރާސާކުރުމަކީ ދަރިވަރުންގެ މައުލޫމާތު މުއްސަނދިވެ ވިސްނުން ތަރައްގީވެ، ތަފާތު ކަންކަމަށް ލޯ ހުޅުވި މައްސަލަ ހައްލުކުރަން ދަސްވާ ކަމެއް, ލިއުންތެރިކަން ކުރިއަރައި، ބަސް ރަނގަޅު ގޮތުގައި ބޭނުންކުރަން ވެސް ދަސްވާ ކަމެއް." ޔުމްނާ ވިދާޅުވިއެވެ.

ގައުމެއްގެ ވެސް ހަނދާންތަކެއް ހުންނަ ކަން ފާހަގަކުރައްވައި، އެ ހަނދާން ދިރުވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެ ޔުމްނާ ވިދާޅުވި ތާރީހު އަންގައިދެނީ ދިވެހިންނަކީ ކޮން ބައެއްތޯ އާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ހަޝާރަތް ކަމަށާއި ތާރީހު ކިޔަވައިދޭންވީ ކުދިން ޝައުގުވެރިވާ ފަދަ ގޮތަކަމަށް ތަކުރާރު ކުރެއްވިއެވެ.

"ގައުމެއްގެ ވެސް ހަނދާންތަކެއް ހުރޭ އިންސާނަކު ވެސް ކުރިއަރަމުން އަންނަ އިރު އޭނާގެ ކުރީގެ ތަޖުރިބާތަކާއި ހަނދާންތައް އަޅުގަނޑުމެންނަށް މުހިއްމުވޭ" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ގައުމުގައި ހިނގާފައިވާ ހާދިސާތަކާއި ދިރިއުޅުއްވި މުހިއްމު ޝަހުސިއްޔަތުތަކާ ބެހޭ މައުލޫމާ އެއްކޮށް، އިބުރަތް ހާސިލްކޮށް، ފިލާވަޅު ލިިބިގަންނަން ޖެހޭ ކަމަށެވެ.

ގައުމީ ތާރީހު ދުވަސް އަލްގާރީ ހަސަން ތާޖުއްދީން އަށް ނިސްބަތްވާއިރު ފެބްރުއަރީ މަހުގެ 27 ވަނަ ދުވަސް ދިވެހިރާއްޖޭގެ ގައުމީ ތާރީހު ދުވަހުގެ ގޮތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ކަނޑައަޅުއްވާފައެވެ. އެދުވަސް ފުރަތަމަ ފަހަރަށް ފާހަގަކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. މިއީ މި ދުވަސް ރަސްމީ ފެންވަރެއްގައި ފާހަގަ ކުރާ ދެވަނަ ފަހަރެވެ.

އަލްގާރީ ހަސަން ތާޖުއްދީން އަކީ ދިވެހި ތާރީހު އެންމެ ފުރަތަމަ ލިޔުއްވި ބޭފުޅާއަށް އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދިވެހި ދަރިއެށް

    ތާރީޙް ބަލައި ފާ ގައްދާރު ނުވައްޗޭ؟ .....

    18
  2. ޝާޢިރާ

    ކަނބުލޮ ތިހުރީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައިހެއްޔެވެ؟ ނުވަތަ އެމަޤާމުގައި އެހުރީ ފާރިޝް ހެއްޔެވެ؟ ބޮޑުބޭބޭގެ ބުރަކަށްިބިންދާލުމަށް ޢަދާވާތްތެރިންނާއެކު މުޅޯހިފައިގެން ނުކުތެއްކަމަކު ވަކި މޮޅުގޮތެއްނުވި ދެއްތޯއެވެ؟ އަދި ފިލްމުގެ ގަދަބައި އޮތީއެވެ.

    19
  3. ފޭކް ތާރީޚު

    ތާރީޚު ދިރާސާކުރަން ޒުވާނުންގެ ޝައުގު އިތުރުކުރަން ޖެހޭ - މިނިސްޓަރ ޔުމްނާ

    ކަމަނާ ތާރީޚު އެމީހަކަށް ފައިދާ ވާގޮތަށް ކިޔާ ރިޕޯޓުކޮށް ފަތުރާ ގައުމެއްގައި އެ ތާރީޚެއް ލިޔާނީވެސް އެވަގުތު ބާރު އޮތްމީހާ ބޭނުންގޮތަށް. ޚިދުމަތްތެރި މުހަންމަދު އަމީންގެ ވާހަކަ އެގުނު ތޯ. އޯކީޑަކީ އިހަށްދުވަހު ދެން ވަރަށް ވަރުން މީހަކު މަސައްކަތްކޮށްގެން ނެރުނު އެއްޗެއް. އެއަށް މައުލޫމާތުދޭންވެސް ވެސް ތުންފިންތައިގެން "ގާތިލުން" ތިބީ. އަރާ ހުރި ޕޯޑިއަމްގެ ސޮލިޑްކަމާ ބަހައްޓާފަ ހުރު ސައުންޑް ސިސްޓަމްގެ ވަރުގަދަކަމުގެ ސަބަބުން ތާރީޚުގެ ހަގީގަތް އޮންނާނީ ޕޯޑިއަމްގެ ދަށުގައި. އޭގެ ފޭކްބައި އިވޭނީ ސައުންޑް ސިސްޓަމުން.

    15
  4. މުހައްމަދުބޭ

    މަންޖެގެ ބަފަކީ މި ޤައުމުގައި އޮތް ތާރީހްވެސް ތަރިކަވެސް ފުޑާލި މީހެއްކަން އިގޭތޯ އަނގަހޮޅުވަނީތި ތަންތަނަށް އަރާހުރެ

    14
  5. ސުރުޚީބޭބެ

    ދިވެހި ތާރީޚްގަ ގިނައިން ފެންނަން މިހުރީ ބުއްދި ހަމަ ނުޖެހޭ ވާހަކަ ތަކެވެ. މީއްޗިހި ބަދަލުވާނެތޯ ދިރާސާ ކޮށްގެން

    6
    4
  6. 2018 ކާފަބޭ

    ކަމަނާގެބައްޕާފުޅު ނަސީމާކިޔާބޭފުޅަކާހަވާލުކޮށްގެން ތާރީޚްއޮޅާލިއިރު ކަމަނާކޮބައިތޯ؟ ހާމައަށްފެންނަން ހުރިކަންތައްވެސްއޮޅުވާލެވޭތޯކުރިމަސައްކަތްބޭކާރުވީ ތާރީޚަށްލޯބިކުރާދަރިންތަކެއްގެ ބުރަމަސައްކަތުން އޭރުކަމަނާކޮބައިތޯ؟

  7. އަހުމަދު

    ގައުމިއްޔަތު އާލާކޮށް ދިރުވާ ދުވަސް މިސަރުކާރުން ފާހަގަ ނުކުރަން ނިންމި ނިންމުކީ ގައުމިއްތަށް ދޭ އަހަންމިއްޔަތު ވަރަށް ރަނގަޅަށް އިނގި ހާމަ ވާކަމެކެވެ. މިނިސްޓަރ ޔުމްނާ ބައްޕާ ފުޅަށް ދަންނަވައިގެން ވެސް މިކަން ކުރެވޭތޯ ބައްލާވާ އެކަމަކު މިނިސްޓަރުންނަށް ވުރެ ބާރުގަދަ ސްޓޭޓް މިނިސްޓަރުން ނައިބުން އުޅޭ ތަނެއްގައި ކަަމަނާގެ ހާލު އަޅުގަނޑަށް އިނގޭ ފިނިހަކު ދުވެލީގައި ކަންކަން ދާނީ ..... އަދި ކުރީ ސަރުކާރުން ކިތަންމެ ރަނގަޅަކަށް ކަމެއް ކޮށްފައި އޮތަސް އެކަމެއް ފަސްއަޅާ ފޮރުވަން ފޫގަޅާފައި މިސަރުކާރުގައި އެބަތިބި ބަޔަކު......

    11
  8. ޙުސައިން މ. މުލި

    މުސްލިމު އަންހެނުން ބުރުގާ އަޅުވަން މަޖުބޫރު ކުރުވަން އެބަޖެހޭ

  9. ގގ

    ކީކޭ ދޯ ބުނާނީ . ތަނެއްގަ ނަޓް ޝެލްއެއް ހުއްޓަސް ވާނެ މިނިސްޓަރަކަށް ހަދަން. އިބޫގެ ސަރުކާރު ފެއިލްވެ ނިމިއްޖެ. މަވާ ސަލާމް

  10. ދޮންބެ

    ތާރީހު ދިރާސާކޮށްފިއްޔާ ފެންނަންއޮތީ ކަޅު 30 އަހަރު. އަނިޔާވެރި 30 އަހަރު. ކުޑަކާފާއި ބޮޑުކާފުގެ 30 އަހަރު. ކޮރަޕްޝަނާއި ފަސާދައިގެ 30 އަހަރު. މަ ނޫން މީހަކަށް ދީނީ ދަރުސް ނުދެވުމާއި، މަގޭ އާއިލާ ނޫން މީހަކަށް ވަޒީފާ ނުދެވުނު 30 އަހަރު. ވެދުން