ތާރީހުން އިބުރަތް ނުލިބި ގައުމުގެ ކުރިމަގު އާރާސްތު ނުކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ ދިވެހި ބަހުގެ އެކަޑަމީ އިން ރޭ އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ގައުމީ ތާރީހުގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަމީން ވިދާޅުވީ ގައުމުގެ ތާރީހާ މެދު ފަހުރުވެރިވުން ބިނާވެގެން ވަނީ ދިވެހި ތާރީހުން އުފަން ކޮށްފައިވާ ހާދިސާތައް އެނގޭ މިންވަރެއްގެ މައްޗަށް ކަމަށެވެ.

"ތާރީހާ މެދު ފަހުރުވެރިވުން ބިނާވެގެން ވަނީ ދިވެހި ތާރީހުން އުފަން ކޮށްފައިވާ ހާދިސާތައް އެނގޭ މިންވަރެއްގެ މައްޗަށް,ގައުމުގެ ތާރީހާއި ހާދިސާތައް އެނގި ދަސްވެ އެ ހާދިސާތަކުގެ މައްޗަށް އިބުރަތް ހާސިލުކުރެވޭ މިންވަރަކަށް މެނުވީ ގައުމުގެ ކުރިމަގު އާރާސްތުކުރެވޭ ހިޔާލާއި ފިކުރުތައް އަޅުގަނޑުމެނަކަށް ނުއެއް ގެނެވޭނެ" އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މިނިސްޓަރ އަމީން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މިއަދުގެ ހާދިސާތަކަކީ މާދަމާގެ ތާރީހު ކަމަށް ވިދާޅުވެ އަމީން އިތުރަށް ވިދާޅުވީ ދިވެހި ތާރީހަކީ އަޖައިބެއް ކަމަށާއި ތާރީހުގައި ކަނޑައްތު ކުރާ ކޮންމެ ދުވަހަކާ މެދު ރައްޔިތުން ފަހުރުވެރިވާން ޖެހޭ ކަމަށެވެ.

"ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި މަސައްކަތްކުރާނެ ގޮތްވެސް ތާރީހުން އެނގެން އޮންނާނެ. މިއަދުގެ ހާދިސާތަކަކީ މާދަމާގެ ތާރީހު ރާއްޖޭގެ ތާރީހު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް" މިނިސްޓަރ ވިދާޅުވިއެވެ.

ގައުމީ ތާރީހު ދުވަސް ހަސަން ތާޖުއްދީން އަށް ނިސްބަތްކުރައްވާ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަސް ދިވެހިރާއްޖޭގެ ގައުމީ ތާރީހު ދުވަހުގެ ގޮތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ކަނޑައަޅުއްވާފައެވެ. އެދުވަސް ފުރަތަމަ ފަހަރަށް ފާހަގަކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. މިއީ މި ދުވަސް ރަސްމީ ފެންވަރެއްގައި ފާހަގަ ކުރާ ދެވަނަ ފަހަރެވެ.

ހަސަން ތާޖުއްދީން އަކީ ދިވެހި ތާރީހު އެންމެ ފުރަތަމަ ލިޔުއްވި ބޭފުޅާއަށް އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިއަދު

    ތާރީޚުން ޢިބުރަތްލިބިގަންނަންޖެހެކަން އެގުނީ މިއަދު ސަރުކާރު ލިބިރަޢިއްޔަތުމީހަގެ ޙައްގުތަކެއް ބޮލުއެޅުމުން އިއްޔެވެސް އަދިމާދަންވެސް މަތީމަޤަމްގެއްލި ދިއުމުން ތިވާހަކަ ހަނދާންހުރެ ޢަމަލުކުރެވޭނަމަ ތިއީ ރަގަޅު ވާހަކައެއް ދިވެހިތާރީޚުން ފެންނަން އޮތްގޮތުން ރާއްޖެ އަލުވެތިވެފައިވަނީ 3 ފަހަރެއްގެމަތީން މިއަދުވެސް އަމީނު ތިހިންގަވަނީ އެމަގުން ދެންތާރީޚުން ލިބުނު ޢިބުރަތަކީ ކޮބާ؟

    14
  2. ލަޔާން

    ޞިއްޙީދާއިރާ ވަޅުލާފައިވަނިކޮށް އެދާއިރާ ވަޅުންނަގާ ސާފްކޮށް ޙަރަކާތްތެރިކުރުވީ ރައީސް ޔާމީންގެ ދުރުވިސްނޭ ޙިކުމަތްތެރި ރޭވުމުންކަން ކަލޭ ފުރަތަމަ ޤަބޫލުކުރަންވީއެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރި ޞީއްޙީނިޒާމް އޮތް ޙާލަތާ ޔާމީންގެ ފަސްއަހަރުގެ ދައުރު ނިމުނުއިރު އެދައިރާއަށް އައިސްފައިވާ އިންޤިލާބީކުރިއެރުން ކަލޭ ފުރަތަމަ ޤަބޫލުކުރަންވީއެވެ. ދެން ރައީސް ޔާމީންއާ އޭރުގެ ހެލްތުމިނިސްޓަރު ޢަބްދުﷲ ނާޒިމުގެ އަރިހުން ކަންތައްސާފްކޮށް އެމަނިކުފާނުގެ ޕްލޭން ތިޔަދާއިރާއިން ތެދުވެރިކަމާއެކު ތަމުފީޒްކުރަންވީއެވެ. ތާރީޚް ދިރަސާކޮސް މުސްތަޤުބަލް ރޭވުމަކީ އެއީއެވެ. މިހާރުވެސް ތިިޔަ ދާއިރާ އަލުންވެސް ވަޅުޖަހާމަންޒަރު އެބަ ފެނެއެވެ.

    15
  3. ދދދދދދ

    ޕްލީޒް އަނގަ ނުގަޅަފާނަންތަ

  4. ދިވެއްސެއް

    އެ ވަރިހަމަތަ ތާރީހުގައި އޮތީ ފެބުރުވަރީ 7 ކަމަށް ވިޔަސް؟

    1
    1
  5. ކެޔޮޅު

    ތާރީހުބަލައިގެން ހެލްތުކުރިއަރުވަންޏާ 1950ގެ އެޅާކަހަލަފަންވަތް އުނަގަނޑު އަލުމާ ދުންބަހަެްޱައިގެން ކިވެވުމާ ކާށިޖެހުން ހޮސްޕިޱަލައް ތައާރަފްކުރޭ!!

  6. ކެޔޮޅު

    އަހައްނަކީ ނުކިޔަވާހުރި ޖާހިލެކޭ އަހަރެން ކިޔަވަންދެން ރައްޔިތުން ބަލިނުވެ މަޑުކޮއްލާށޭ ބުނެބަލަ!!