ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓް ތަކަށް ހާއްސަކޮށްގެން ބޮޑު ޓްރޭނިންގް ސެމިނާއެއް ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ސެމިނާ އިންތިޒާމް ކޮށް ކުރިއަށް ގެންދިއުމަށް މިއަދު މޯލްޑްވި ސްމާކެޓިން އެންޓް ޕީއާރު ކޯޕަރޭޝަން އާއި ގެސް ހައުސް އެސޯސިއޭޝަން އިން ވަނީ މޯލްޑްވިސް ގޭޓްވޭ'ސް ކުންފުންޏާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ ފަރާތުން ވާހަކަ ދެއްކެއްވި ބޭފުޅަކު ވިދާޅުވީ ގެސްޓް ހައުސް ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޓްރޭނިންގް ޕްރޮގްރާމް ހިންގުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އަމާޒެއްކަމަށެވެ.

"މި ސެމިނާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 11 ރަށެއްގައި 19 މާރޗް އިން 20 މޭގެ ނިޔަލަށް , ފުރަތަމަ ސެމިނާ ބާއްވަން ހަމަޖެހިފައިވަނީ އއ. ތޮއްޑޫގައި " އެފަރާތުން ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މޯލްޑިވިސް ގެޓްވޭ'ސްގެ ޕީއާރު އެންޑް މާކެޓިންގް މެނޭޖަރ އަހުމަދު ނާސިރު ވިދާޅުވީ ފުރަތަމަ ސެމިނާ ފަށައިގަންނާނީ އއ. ތޮއްޑޫއިން ކަމަށާއި ރާއްޖޭގެ 11 ސަރަހައްދެއްގައި މި ސެމިނާ ބާއްވާއިރު އޭގެ ތެރޭގައި ގދ ތިނަދޫ , އއ. އުކުޅަސް , ހަދިމާދޫ , އައްޑޫ ސިޓީ , ދިގުރަށް, ދަރަވަންދޫ , މާފުށީގެ އިތުރުން އިތުރު ރަށްތަކެއް ގައި ހިންގޭނެ ކަމަށެވެ.

ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ސެމިނާއެއް ބާއްވަން ތައްޔާރުވަމުންދާއިރު މިފަހުގެ ތަރީޚެއްގައި ސަރުކާރުން އިސްނަގައިގެން ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ އެއްކޮށް ބެއްވުނު އެންމެ ބޮޑު ސިމްޕޯޒިއަމް މާލޭގައި މިދިޔަ އަހަރު ޑިސެންބަރު މަހު ވަނީ ބާއްވާފައެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ގެސްޓް ހައުސް ހިންގާ ރާއްޖޭގެ ކޮންމެ ރަށަކަށް، އެރަށަކާ ގުޅޭ ވެބްސައިޓެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ބާރަށް ކުރެވެމުންނެވެ.