މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާގެ ބާޒާރުގައި ލިސްޓްކޮށް އާއްމުންނަށް ހިއްސާ ވިއްކަން ފެށުމަށް ނިންމައިފިއެވެ.

އެ ބޭންކުގެ ހިއްސާ އާއްމުންނަށް ވިއްކަން ފަށާނެ ތާރީހެއް އަދި އާއްމުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ހިއްސާ ވިއްކަން ފެށުމުގެ ގޮތުން އަންނަ މަސް ތެރޭގައި އެކަމުގެ މައުލޫމާތު ދޭނެއެވެ.

2011 ވަނަ އަހަރު އުފެއްދި އެ ބޭންކަކީ ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ހާސިލް ކުރަމުން އަންނަ ބޭންކެކެވެ.

އަދި އެ ބޭންކަކީ ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އަދި އައިސީޑީގެ 70 ޕަސެންޓް ހިއްސާވާ އަދި އަމަނާގެ ފަސް ޕަސެންޓް ހިއްސާވާ ބޭންކެކެވެ.

އިސްލާމިކް ފައިނޭންސިންގއަށް ހާއްސަ އެ ބޭންކްގެ މައި ބްރާންޗް މާލޭގައި ހުންނައިރު، އަތޮޅު ތެރޭގައިވެސް އެ ބޭންކްގެ ބްރާންޗްތަކެއް މިހާރު ހުރެއެވެ.