ދައުވާ އަށް ޖަވާބުދާރީވާން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަށް ފަސް ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.

ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ސ.މީދޫ، އަލިވާގެ، ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް "ޖެމްސް" ނިޒާމްގެ ތެރެއިން ދައުލަތުގެ އިދާރާތަކުން ފޮނުވާ ލިޔެކިޔުންތައް އެ ކޯޓަށް ލިބުނަ ނުދީ ހުއްޓުވުމަށް އެ ކޯޓުގެ މުވައްޒަފުން މެދުވެރިކޮށް މަސައްކަތްކޮށް، ތުހުމަތު ކުރެވޭ މައްސަލައިގެ ހެކި ނައްތާލިކަމަށް ތުހުމަތުކޮށެވެ.

ދައުލަތުން އާންމު އިޖުރާއަތްތަކުގެ ދަށުން އުފުލާފައިވާ މި ދައުވާއަށް ޖަވާބުދާރީވުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަށް ޝަރީއަތުން ފަސް ދުވަސް ދެއްވާފައިވާއިރު، ފަސް ދުވަހުގެ ތެރޭގައި އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވެލައްވަން ދަތިކަމަށް އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހައިލަމް މިއަދުގެ ޝަރީއަތުގައި ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު (ކރހ)ގެ ދަށުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އާންމު އިޖުރާއަތްތަކުގެ ދަށުން ހިންގޭ މި ޝަރީއަތުގައި ޤާނޫނީ އިޖުރާއަތުގެ ދަށުން ދިނުމަށް ބަޔާންކޮށްފައިވާ މުއްދަތުތައް ނުދެވުނު ނަމަވެސް، ޝަރީއަތް ހިނގާނީ އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކުގައި ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރުމާއި ދަޢުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމު ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މިހިނގާ މާރިޗު މަހުގެ 22 ވަނަ ދުވަހު ނިމޭއިރު، ކުއްލި ނުރައްކަލުގެ ހާލަތު (ކރހ)ގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫންގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް ހިމެނިވަޑައިގަންވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖައްސާތި

    އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ހިންގަނީ އިޖްރާއާތުގެ ގާނޫނުގެ ދަށަކުން ނޫން، ޖަވާބުދާރީވާން ފަސް ދުވަސް ދިނުމުން ދެން ކޮބާތޭ މައްސަލަ އަކީ. އުއްތަމައޭ އަށް އޮންނާނެ ތޭ އެމެން ސްޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފައިވާ ހުކުމެއް ކަމުގައިވާ ކެނެރީގެ ނަޝީދަށް ކޮށްފައިވާ ގާޒީ ވަގަށް ނެގި ހުކުމް އޭގެ 3 އަހަރު ފަހުން އަނެއްކާ ވެސް އެހުކުމް އަކީ އެއީ ސިޔާސީ ހުކުމެކޭ ކިޔާ ބާތިލް ކުރެވެން. ނޯންނާނެއޭ. ސްޕްރީމް ކޯޓުގެ އުއްތަމައޭ މެން ފެބް އެކެއްގައި ނެރުނު ދަ ނަހަލާލު އަމުރު އެއީ ތަމެން ގާނޫނުން ބޭރުވެތިބެ ނެރެފައިވާ ހުކުމް އެކޭ މަމެން ބުނަން ނެތީމު ދޯ.

  2. ޝަޒީރު

    އުއްތަމަ ފަނޑީޔާރުގެ ޖަވާބަކައް ވާންޖެހެނީ.. އަހަރެންނަކީ އުއްތަމަ ފަނޑީޔާރޭ އަދީ ޣައީރު ގާނޫނީ އަމަލަކުން އަހަރެން ރަހީނު ކޮއްގެން ފުލުހުން އުޅޭތީ.. ތީޔަ ބުނާ ދައުވާއަކީ ކުރީއައް ގެންދެވޭނެ ދައުވާއެއް ނޫނެވެ.

  3. ނުރަބޯ

    ކޮންޖަވާބުދާރީއެއްކުރުވާކަށް؟ ދުވާލު މެންދުރުގެ އަލިކަން ހާ ސާފު އޭނާ ހިންގި ޖަރީމާ. ހަމަ ވަގުތުން ޖަލަށް ގަޅާލާ. ގަދަރުވެރިކަމާ ޢިއްޒަތްތެރި ކަމާއެކު އުޅެން ނޭނގި އިޚްލާޞްތެރި ކަން ފައިދަށުލާފަ ފޭލިއަރުންނަށް ބަޣާވާތް ހަދާދީފަ ސަލާމަތުން ހުއްޓަ ދީގެން ނުވާނެ އާނދޮގޭ.....!!!

  4. ރޮންދާ

    މިކަލޭގެ މިހާރު ހިތަށް އަރާނެދޯ.... ކޮންމެވެސް އެއްޗެއް..... ތިދެން އުއްތަމަކަން ގެއްލުމުގެ ފަހު މަރަުހަލާ ކަމަށް ފެންނަނީ