ހެލްމެޓް އެޅުން މަޖުބޫރުކޮށް ސަރުކާރުން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ޤަވައިދަށް އަމަލު ކުރަން ފަށާނީ މިއަހަރުގެ މާރިޗު 10 ވަނަ ދުވަހުން ފެށިގެންކަމަށާއި ނަމަވެސް، މި ގަވާއިދާ ޚި ލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނީ، މިއަހަރު އެޕްރީލް 1 ވަނަ ދުވަހުން ފެށިގެންކަމަށް އިންޖީނުލީ އެއްގަ މުއުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދަށް ގެނައި އެއްވަނަ އިސްލާހުގައި ބުނެފިއެވެ.

ޤަވައިދުގައި ބުނެފައިވާ ގޮތުގައި A1އާއި A0 ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދުފަހަރު، 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި ދުއްވަން ވާނީ ހެލްމެޓް އަޅައިގެންނެވެ.

ހެލްމެޓް ނާޅައި ދުއްވައިފިނަމަ ދޭނެ އަދަބެއް ޤަވައިދުގައި ސީދާ ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް މި ގަވާއިދުގައި ވަކި ކަމަކާ ޚިލާފަށް ޢަމަލުކުރާ ފަރާތަކާމެދު އެޅޭނެ ފިޔަވަޅު ކަނޑައެޅިފައި ނުވާ ކޮންމެ ކަމެއްގައި، ގަވާއިދާ ޚިލާފުވި ފަރާތް -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ޤަވައިދުގައި ވެއެވެ.

އެއްގަމު އުޅަނދު ދުއްވުމަށް މި ގަވާއިދުގައި ކަނޑައަޅާ ދުވެއްޔަށްވުރެ ބާރަށް، އުޅަނދު ދުއްވި މީހާ، ފުރަތަމަ ފަހަރަށްނަމަ، -/500 (ފަސްސަތޭކަ) ރުފިޔާއިން ދެވަނަ ފަހަރަށްނަމަ، -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް -/1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް ޤަވައިދުގައި ވަނީ ކަނޑައަޅާފައެވެ.

ރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލު ދިނުމުގެ އިތުރަ ށް، އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 10 އަހަރުދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެ ކަމަށް ޤަވައިދު ބުނެއެވެ.

ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި، ލިބުނު ގެއްލުމުގެ ބަދަލު ދިނުން ލާޒިމްކުރާ ފަދަ ހާ ލަތަކާ ކުރިމަތިވެއްޖެނަމަ، އިސްލާމީ ޝަރީޢަތުން ކަނޑައަޅާ ބަދަލު ދިނުމާއެކު، ފަސް އަހަރު އަހަރުދުވަހުގެ މުއްދަތަށް، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް ޤަވައިދު ބުނެއެވެ.

މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނަޔަށް ގެއްލުމެއް ލިބިދާ ފަދަ ގޮތެއްގައި އުޅަނދު ދުއްވި މީހާ، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތަށް، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް ޤަވައިދު ބުނެއެވެ.

ޤަވައިދުގެ ހުރިހާ މާއްދާއަކަށް ވެސް އަމަލު ކުރާނީ މިމަހުގެ 10 އިން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރަނގަޅަށޭ

    ވެރިކަން ކުރާ ޕާރޓީ ކަމަށްވާ އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ދިނުމަކީ އެއީ ގާނޫނު އަސާސީގެ ރޫހާއި އަދި އޭގެ ބޭރުގަނޑުގެ ކުލައާއި ވެސް ޚިލާފަށް ކުރެވޭނެ ކަމެކޭ ކަން މިހެން ހުުރުމުން މިހާރު މަޖްލީހަށް ހުށައަޅާފައިވާ ކުރީގެ ރައީސުންނަށް މަޖްލީހުގެ މެމްބަރު ކަމަށް ވާދަ ނުކުރެވޭނެ ކަމަށް ހުށައަޅާފައިވާ ބިލް އަވަހަށް ފާސް ކޮށް ދެއްވާ ރައީސް އިބޫ އެކަން ގަބޫލުނުކޮޮށްފިނަމަ އަނެއްކާ މަޖްލީހުން ދެވަނަ ފަހަރަށް ވެސް އެފާސް ކުރަންވީއޭ އެއިރުން ހުންނާނީ

    16
    4
  2. ދުރުމި

    އެއްގޮތަކަށްވެސް ތިގަވާއިދު ކަމަކުނުދޭ އެއީ ތިކަނޑައަޅާފަވާ އަދަބުތަށް މާބޮނޑަށް ލުއިވެފައި ތީގެންނުކުންނާނެ ދައްވުން ނިސާލަކަށް ބާރަށްދުއްވީމައި 500،700،1000 ބަދަލުގައި އެއަދަދު ފެއްޓެންވީ 15000،30000،60000 މިގޮތަށް ޓްރައިކޮއްފަ ބަދަލު ނައައްނަ ނަމަ ބޮނޑު އަދަބު ކަނޑައަޅަންވީ މިސާލަކަށް ފުރަތަލަފަހަރަށް 5،ދެވަނަ10 ތިނަވަނަ ފަހަރަށް 15ނުވަތަ 25 އަހަރުގެ ޖަލްހުކްމެއް ހަދަންވީ އޭރުން ގަވައިދެއްގެ އަސަރު ހަލުއިކޮށް ފެނިގެންދާނެ.

    13
    4
  3. ދިސްވޭ

    ވެރިކަން ކުރާ ޕާރޓީ ކަމަށްވާ އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ދިނުމަކީ އެއީ ގާނޫނު އަސާސީގެ ރޫހާއި އަދި އޭގެ ބޭރުގަނޑުގެ ކުލައާއި ވެސް ޚިލާފަށް ކުރެވޭނެ ކަމެކޭ ކަން މިހެން ހުުރުމުން މިހާރު މަޖްލީހަށް ހުށައަޅާފައިވާ ކުރީގެ ރައީސުންނަށް މަޖްލީހުގެ މެމްބަރު ކަމަށް ވާދަ ނުކުރެވޭނެ ކަމަށް ހުށައަޅާފައިވާ ބިލް އަވަހަށް ފާސް ކޮށް ދެއްވާ ރައީސް އިބޫ އެކަން ގަބޫލުނުކޮޮށްފިނަމަ އަނެއްކާ މަޖްލީހުން ދެވަނަ ފަހަރަށް ވެސް އެފާސް ކުރަންވީއޭ އެއިރުން ހުންނާނީ

    5
    2
  4. ނުރަބޯ

    ހެލްމެޓަކީ އަޅަން މަޖުބޫރު ކުރަންޖެހޭ އެއްޗެއް ނޫނެވެ. ސަބަބަކީ ދުއްވާ ސައިކަލް ގައި ދެ ހެލްމެޓް ގެންގުޅެން ޖެހުމުން އެކަމުގެ ތަކުލީފު ބޮޑުކަމާ، އެކަކުއަޅާ ހެލްމެޓް އަނެކަކު އެޅުން އެއީ ސިއްހީގޮތުންވެސް ރަގަޅު ކަމަކަށް ނުވާތީއެވެ.

    14
    4
  5. މުހައްމަދު

    މިގައުމުގަ އިންތިހާބެއް އޮވެއްޖެއްޔާ އަމަލުކުރަން ލާޒިމުކުރާ ހުރިހާކަމެއްވެސް ޖެހޭނީ އިންތިހާބު ނިމެންދެން މަޑުޖައްސާލަން، އެމްޓީސީސީ ގެ ދަތުރު ކާޑަށްވެސް ވީ ހަނަ އެހެން، ސަރުކާރުތަކުގެ ނުފޫޒު ކަންކަމުގައި ގެންގުޅޭ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ.. އެހެން ނޫންނަމަ މިގައުމު ދުވަހަކުވެސް ހަމަ މަގަކަށް ނޭޅޭނެ

  6. ދޮންބެ

    ހެލްމެޓްއަޅައިގެން ބާރަށް ދުއްވުން ހުއްދުކުރުމަކީ ހައްލެއް ނޫން. މީގެ ނަތީޖާ ވަރަށް ހިތިވާނެ. ބަލަންތިބޭ. ހިނގާމީހުންގެ ބޮލަށް އެއްޗެހި ވެއްޓެންޏާ އެ މީހުން ވެސް ހެލްމެޓްއަޅަންވީތާ ނޫނީ އިމާރާތްކުރުމުގެ ގަވާއިދު ހަރުދަނާކުރަންވީތާ؟ ހައްލަކީ ހެލްމެޓުއެޅުމެއް ނޫން. ދުވެލި މަޑުކުރުން. މިސާލަކަށް 30 ކިލޯމީޓަރު އެއީ ހުއްދަވަރު. އެއަށް ވުރެ ބާރަށް ދުއްވާ މީހުންގެ ލައިސަން ފުރަތަމަ ފަހަރު 6 މަހަށް ހިފަހައްޓާނީ. ލައިސަން ނުލާ ދުއްވަނިކޮށް ހިފިއްޖެއްޔާ އެ ފަދަ މީހަކަށް ދޭންވާ އަދަބުދޭނީ. ދެވަނަ ފަހަރަށް ބާރަށް ދުއްވައިފިއްޔާ އުމުރަށް ލައިސަން ކެންސަލު. މައްސަލަ ހައްލުވީ. ކަމެއް ހައްލުވާނީ ބިރެއް ވެސް އޮވެގެން. ދެފުށުން ފިރުމައިގެން އަބަދަކު ކަންކަން ހައްލެއް ނުކުރެވޭނެ. އަޅަންޖެހޭ ފިޔަވަޅު ނޫން އެހެން ފިޔަވަޅުއަޅައިގެން ވެސް ކަންކަން ހައްލެއްނުވާނެ.

    18
  7. ނުރައްކަލޭ

    ކޮރަޕްޓް މެމްބަރުން ހުއްޓުވުމުގެ ކުރިން ފުރަތަމަ ރައީސް އޮފީސް ތެރޭން ކޮރަޕްޝަން ހުއްޓުވަންވީ މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބަންގާޅީންގެ އަދަދު 80 ހާހުގައި އުޅޭއިރު އެކަން ހުއްޓުވަން އެންމެ ވަރުގަދަ ގަވާއިދު ތައް ހަދަން ޖެހޭނީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ކަމަށްވާއިރު އެ ޑިޕާރޓްމެންޓްގެ ޕޮލިސީ ސެކްރެޓަރީ ދުވަނީ ރިސޯރޓްސް ތަކުގެ ޖީއެމް މެން އަތުން ހިލޭ ރޫމްސް ތައް ހޯދައިގެން ވީކް އެންޑަށް ރިސޯރޓްސް ތަކަށް ގޮސް ހިލޭ ބަނޑުއަޅާލާ ގަށާލެވޭތޯއޭ މީއޭ އެއާލާތުން ކުރާ ކަމަކީ މީ ވަރަށް ނުރައްކާތެރި ގޫބައްޑާއިން ތަކެކޭ މިހާރު ރައީސް އޮފީސް ތެރެއަށް ފާވެގެން މިއުޅެނީ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ..

  8. Anonymous

    ލައިސެންސު ނެތި ސައިކު ދުވިޔާ ސަައިކަލް ނަތާލަން ވީ. ދުވިމީހާ 1މަސް ޖަލައް ލާން ވީ. ޢޭރުން ހައްލުވީ. ބާރައް ދުއްވީމާ. ހަރުކަށި ފިޔަވަޅުއަޅަންވި

  9. ދިސްވޭއޭ

    ރާއްޖޭގެ މަޖްލީހުގެ މެމްބަރުން ކޮރަޕްޓް ވެގެން އެމެން އަމިއްލަ އަށް ކުރި ކަމެއް ނެތޭ ފެންނާން އެއްވެސް ޓްރެކް ރިކޯރޑަކުން އެމެން ނެތޭ ސަރުކާރުގެ މާލިއްޔާ އަށް ވަންނަން ޖެހޭ ފައިސާ އެއް ނަގާ އެސްއޯއެފްގެ ކިޔާ ކުންފުންނެއްގެ އެކައުންޓަށް މަކަރާއި ހީލަތުން ކަހާފައި އެކަން ވެސް ކުރީ އެއީ އެއިރުގައި ހުރި ރައީސް އާއި އަދި މިނިސްޓަރުން ވެގެން ބޮޑެތި ވަގުންގެ ގޭންގްސް ތައް ހަދައިގެން ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލީ އެއިރުގެ ރައީސް އާއި މިނިސްޓަރުން ބޮޑެތި ފަސްމާމުލު ފަސްވަގުންނަށް ބަދަލުވީމަ ތޯ...

  10. ނަގޫރޯޅި

    ކޮންމެ ކަމެއްވެސް ވާނީ އެޕްރީލްގެ ފަހުން!!! ހުސް ދަޅަޔާ ބޮޑު މަންޒަރު. ހިސާބައްވުރެ ބޮޑައް ރައްޔިތުން ގަބުހެލި ވަކިއަތަކައްގޮސް ހުސްވީމާ މިގޮތައްވެސް ދައުރުނިމި އާދައުރަކާ ހަމަޔައްވެސް މިގޮތައް ފުއްދާލެވޭނެ.

    4
    1