ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށްޓަކައި މިއަހަރު ގޯތި ވިއްކާނެ ކަމުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން މިއަހަރު ގޯތި ވިއްކާނެ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ "ވީޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން މިއަހަރު ގޯތި ވިއްކަން ނިންމާފައިވީ ނަމަވެސް ހުޅުމާލެއިން މިފަހަރު ގޯތި ވިއްކާނީ، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ރޭވި ގޮތަށް އަދި އެޝަރުތުތަކަށް ބިނާކޮށްފައި ނޫންކަމަށް ވެސް ސުހައިލް ވިދާޅުވިއެވެ.

"ގޯތި ވިއްކާނެ. އެކަމަކު އޭރު ސަރުކާރުން އިއުލާނު ކުރި ޓާމްސް (ޝަރުތުތަކެއް) ގައެއްނޫން. ހަމަ ދެވަނަ ފިޔަވަހިން އަދިވެސް ގޯތި ވިއްކާނެ. އަދި އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިއަހަރުގެ ތަންކޮޅެއް ފަހު ހިސާބެއްގައި އަޅުގަނޑުމެން ގޯތި ވިއްކާނަން." ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ ހުޅުމާލެ އަކީ، ރާއްޖޭގެ ވަަރަށް ގިނަ ރައްޔިތުންނާއި އަދި ޚާއްސަކޮށް މާލޭގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިގައިވާ ރަށެއް ކަމަށެވެ. އެެހެންކަމުން ދިރިއުޅެވޭނެ ފަސޭހަ ވެއްޓެއް އެރަށުގައި ޤާއިމް ކުރުމަށްޓަަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރު ނިމިގެން ދިޔައިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށްޓަކައި ހައުސިންގ މިނިސްޓްރީން ފޯމް ހުށައެޅުމަށް ފުރުޞަތުވެސް ހުޅުވާލިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ހަތަރު ލައްކަ ރުފިޔާއަށް ވިއްކުމަށް ނިންމައި ފުރުޞަތު ހުޅުވާލުމުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފޯމު ވެސް ހުށައެޅިއެވެ. ނަމަވެސް ގޯތި ވިއްކުމުގެ މައްސަަލަ ބޮޑުވެ ފަހުން އެޗްޑީސީގެ ދަށަށް އެކަން ބަދަލުކޮށްފައި ވަނިކޮށް ދައުރު ބަދަލުވުމުން އެކަން އެގޮތަށް ކުރިޔަށް ނުގެންދިޔުމަށް އެޗްޑީސީން އޮތީ ވަނީ ނިންމާފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދަވޭ

  ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކާނެ ކަމަށް ސޮހޮލޭ ކިޔާ މީހަކު ބުނި ނަމަވެސް އޭނާގެ އެއްވެސް ހިއްސާ އެއް ނޯންނާނެއޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިޔާއީ ބޮޑެތި ފަސްމާމުލު ފަސްވަގުންނޭ އެމެންނޭ ހުޅުމާލެ އެކެއް ވެސް ފުނޑާލީ ތިޔާ ވައްތަރު އާލާތުންނާއި ހެދިއޭ އިބޫގެ ވެރިކަމުގައި ފެށުމުގައި ހުރި އެއްވެސް ބަރަކާތެއް މިހާރު ނެތީ ރައީސް އޮފީސް ކުރިމަތީ ދޮރާށި ހުރަސް ކުރި ނަމަވެސް ފީލް ވަނީ ފަޅުވެ ކުރިމަރުވެފައިވާ ނާމާން ކަން ވެރިވާން ޖިންނި ތަކެއް ކައިރި ވަމުން އަންނަ ތަނަކާއިއޭ އުއްމީދު ކެނޑި ގޮތް ހުސްވެފައިވާ ތަނަކާއިއޭ ރައީސް އޮފީހުގެ ސްޕްރިޓިއަލް ފީލިންގްސް ވައްތަރީ އެއީ މިވައްތަރު ކޮރަޕްޓް އާލާތުން ރައީސް އޮފީހަށް ވަންނާތީއޭ...

  25
  2
 2. ދޮން ސޮރު

  އާނ... ބަހާ ހުސްކޮށްލާ ނުހައްޤުން ދީފިނަމަ އަތުލާނަން! ރައްޔިތުންގެ މަޖިލީހަށް ހޮވައިދީފިނަމަ ގޯތި ދޭނަމޭ ކިޔާ އަޑުވެސް އެހިން....

  20
  2
 3. ބޮއްތަ

  އަހަރެމެންނަށް ރައީސް ޔާމީންގެ ވެރިކަމުގައި ދިން ފުލެޓްތައް އަތުލާނަމޭ ހިތާދޯ ތިޔަ އުޅެނީ ހޯ ހޯ ހޯ... ނުވާނެ ތިކަމެއް މަޖިލީހުގެ މެޖޭރިޓީ އެއް ނުދޭނަން!
  ތިޔަ ބިން ވިއްކުނަ ވެސް ނުދޭނަން!

  24
  6
 4. ހަލީމް

  ކަލޭމެންގެ އަމާ ބަފާ ހިތްކި ތަނެއްހޭ ތީ ވިއްކަން!

  31
  4
 5. ތަކަންދޫ އަލީ

  "އަންނި ޓައުނޭ" ކިޔާ ސަރަހައްދެއްވެސް ހުޅުމާލެ ފޭސް 1 ގައި އޮވެއެވެ. ހަގީގަތް ބެލިއިރު އެއީ ވެށިފަހި ޕްރޮގްރާމްގެ ދަށުން ޕާޓީ ކުދިންނަށް ބަހާލި ބިންތަކެވެ. ޔާ ﷲ މިއަނިޔާވެރި އިބްރާހިމް މުހައްމަދާއި އޭނާގެ އައުވާނުންގެ ކިބައިން މި ދިވެހި ރާއްޖެ ސަލާމަތްކުރައްވާށި! އާމީން

  14
  6
 6. ޝަރުތު ހަމަވެ ފްލެޓް ނުލިބުނު މީހާ

  ކަލޭ ނުހައްޤޭ ކިޔާއިރު މަގޭ ހައްޤު ކޮބާތަ ކަލޭގެ ސަރުކާރުން ނިގުޅައިގަތް، ކަލޭގެ ސަރުކާރުން ފްލެޓް ތައް ދިނީ ޙައްޤުންތަ؟

  4
  9
 7. عبدالله

  ރައްޔިތުންނަށް އޯގާތެރިވުމަކީ، ނަޒާޙަތްތެރިވުން

 8. ހިޔަޅު

  ހުޅުމާލެ ފޭސް އެކެއް މައުމޫނު ސަރުކާރުން ހިއްކާ މީހުން އާބާދު ކުރަން ފެށިއިރުވެސް މި އެމް.ޑީ.ޕީ ކެރަފާ ވަގުކަލޭގެ އެކަމަށް ހުރަސް އެޅުމަށް ނުހަނު މަސައްކަތް ދިޔައީކުރަމުން، ނަމަވެސް އެމް.ޑީ.ޕީއަށް ވެރިކަން ލިބުމާއެކު ފެނިގެން ދިޔައީ ހުޅުމާލޭގެ ބޮޑު ސަރަހައްދެއް އާއިލާ މީހުންނާއި ޕާޓީގެ އެކްޓިވިސްޓުންނަށް ބަހާލިތަން، މިހާރު އެއުޅެނީ ޔާމީން ހިއްކި ހުޅުމާލެ ފޭސް 2 ވެސް ހަމަ އެގޮތަށް ޕާޓީ ކުދިންނަށް ބަހާލަންވެގެން. އަމިއްލަ އަށް ކުރެވުނު އެއްވެސް ކަމެއް ނެތް މުޅިންވެސް އެހެން މީހުން ބުރަ މަސައްކަތުން ތަންތަން ހެދީމަ އޭގެ ފޮނިކޮޅު ބޯލަން އުޅޭ ޔަހޫދީ ޕާޓީއެއް މި އެމް.ޑީ.ޕީއަކީ. ދިވެހިން އަދިވެސް ވިސްނާކަށް ނުވޭބާ؟