ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިސްތިހާރު ކުރުމަށް "ވަގުތު" އިން ކޮށްފައިވާ އިއުލާނާއި އެއްގޮތައް ގެމަނަފުށީ ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި ޖަމީލް އުސްމާން ހަމަޖައްސާ އޭނާ އާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިހާރު ވެސް ގެމަނަފުށީ ދާއިރާގެ މެންބަރު ކަން ކުރައްވަމުން ގެންދަވާ ޖަމީލް އުސްމާން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

މިހާތަނަށް ކެންޑިޑޭޓުން "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ޕެކޭޖް ނަންގަވާފައި ނުވާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް އަދިވެސް "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިހާތަނަށް ތިމަރަފުށީ ދާއިރާ، ހިތަދޫ މެދު ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، ކާށިދޫ ދާއިރާ، ފޭދޫ ދާއިރާ، ގަމު ދާއިރާ، މައްޗަންގޯޅީ މެދު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، އުނގޫފާރު ދާއިރާ، ގައްދޫ ދާއިރާ، ހިތަދޫ އުތުރު ދާއިރާ، ވިލިގިނލީ ދާއިރާ، ތިނަދޫ ދެކުނު ދާއިރާ، ނައިފަރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ ގެމަނަފުށީ ދާއިރާ އަދި ތ.ގުރައިދޫ ދާއިރާ، ކިނބިދޫ ދާއިރާ، ހުޅުމާލެ ދާއިރާ އަދި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން "ވަގުތު" ގައި އިސްތިހާރު ކުރާނެ ކެންޑިޑޭޓުން މިހާރު ވަނީ ނިންމާފައެވެ.

"ވަގުތު" ގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 7907173 އަށެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިލެކްޝަންސް ކޮމިޝަނުން ތަރުތީބު ކުރުމުގެ ކުރިން ވެސް "ވަގުތު" މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އެޕްރީލް 6 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުދުބެއްޔާ

    ޖަމީލު ދެން ގެމަނަފުއްޓަށް ނުހޮވާނަމެވެ ގެމަނަފުއްޓަށް ޖަމީލު މިހާރު ބޭނުމެއް ނުވެއެވެ ނުހޮވާނަމެވެ