ލ.ގަމުގައި ހުންނަ ނަޒާކީ ރެސިޑެންސް ބީޗް ހޮޓެލްގެ ޑިންގީގެ އައުޓް ބޯޑް އިންޖިން ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިރޭ ގާތްގަނޑަކަށް 21:17 ހާއިރު ކަމަށަށެވެ. އަދި އެ އިންޖިން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް މިރޭ 2145 ހާއިރު ލ.ގަން މުކުރިމަގު ހުޅަނގު ފަރާތު އަތިރިމަތީ ހޭޅިފަށުގެ ގަސްތަކެއްގެ ތެރޭގައި އޮއްވާ އިންޖިން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިހާރު އިންޖިންވަނީ ވެރި ފަރާތާ ހަވާލުކޮށްފައެވެ. ފުލުހުން ވިދާޅުވީ، މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަަމަށެވެ. މިމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމޫޙް

    އެކްސްޕުރެސް ސާރވިސް އެއް ލިބިލެއްވި ފަހަރެއް، ސިއްރަކީ ކޮބަާބަ؟

  2. އަލީމް

    ހާދައަވަހަކައް ހޯދީދޯ ސާބަސް