ސިއްޙީ ގޮތުން ސިނގެރޭޓްގެ ސަބަބުން ދިމާވާ ނުރައްކާތަކުގެ ވާހަކަތައް މެސެޖެއްގެ ސިފައިގައި ސިނގެރޭޓް ފޮށީގައި ނުދޭ ކަމަށްބުނެ ސިނގެރޭޓް އުފައްދާ 3 ކުންފުނި ޖޫރިމަނާކޮށްފިއެެވެ. މިގޮތަށް ސިނގެރޭޓް އުފައްދާ 3 ކުންފުނި ޖޫރިމަނާކޮށްފައިވަނީ ކެނެޑާގައެވެ. މިތިން ކުންފުނި ޖޫރިމަނާކޮށްފައިވަނީ 11 ބިލިޔަން ޑޮލަރަށެވެ.

މިއީ ތާރީޚްގައި ދެވަނައަށް ސިނގެރޭޓް އުފައްދާ ކުންފުނިތަކެއް ޖޫރިމަނާ ކުރި ފަހަރުކަން ފާހަގަކޮށްލެވެއެވެ. 1998 ވަނަ އަހަރު އެމެރިކާގެ ކުންފުންޏަކުންވަނީ 200 ބިލިޔަން ޑޮަލަރުގެ ޖޫރިމަނާއެއް ދައްކާފައެވެ.

ކެނެޑާގެ ދަށު ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ، ސިނގެރޭޓް ފޮށީގެ ބޭރުގައި އެކަމުގެ ސަބަބުން ލިބޭ ސިއްޙީ ނުރައްކާތަށް އެނގޭނެހެން ހުންނަން ޖެހޭ ކަމަށެވެ. ނަމަވެސް މިތިން ކުންފުނީގެ އުފެއްދުންތަކުގައި މިފަދަ ގޮތަކަށް ނުހުންނަ ކަމަށެވެ.

މިމައްސަލަ މަތީ ކޯޓުން މިހާރުވަނީ އިސްތިޢުނާފްކޮށްފައެވެ. މަތީ ކޯޓުގެ އަމުރުގައި ބުނެފައިވަނީ، ސިނގެރޭޓުން ލިބޭ ސިއްޙީ ނުރައްކާތަކަކީ އާއްމުންނަށް އެނގޭއެއްޗެހި ކަމަށާއި މިފަދަ ބޮޑު އަދަަދަކުން ޖޫރި މަނާ ކުރުން އެއީ އެކަމުގައި އޮތް ގޮތް ނޫން ކަމަށެވެ.

ކެނެޑާގައި ސިނގެރޭޓް ބޯ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. މިހާރު އާއްމުކޮށް ކެނެޑާގައި ސިނގެރޭޓް ބޮނީ އާބާދީގެ އެންމެ 17 އިންސައްތައެވެ.