މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖް މަތީގައި ދުއްވާއިރު ހެލްމެޓް އެޅުން މަޖްބޫރުކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ އާއި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީޢު ވިދާޅުވީ ބްރިޖް މަތީގައި ދުއްވާއިރު ހެލްމެޓް އަޅަން މަޖްބޫރު ކަމަށާއި އެކަން ތަންފީޒު ކުރުން ފަސް ނުކުރާނެކަމަށެވެ. ނަމަވެސް ހެލްމެޓް ހޯދަން އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން، އޭޕްރީލް މަހާ ހަމައަށް ހެލްމެޓް ނާޅާ ދުއްވާ ފަރާތްތަކަށް ފިޔަވަޅު ނާޅާނެ ކަމަށާއި ހުއްޓުވާ ދެވަނަ ފުރުސަތެއް ދޭނެ ކަމަށްވެސް ރަފީޢު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ހެލްމެޓު އެޅުމުގެ ގަވާއިދު އާއްމުކޮށްފައެވެ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ. އަދި މި ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިނަވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.

މި ޤަވާއިދާއެކު ބްރިޖްގެ އިތުރުން ހިތަދޫ ލިންކު ރޯޑާއި، ލ. ލިންކު ރޯޑުގައި މިހާރުވެސް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢިންސާފް

    ޙުއް ތީ ޔޭ

  2. ހެލްމެޓް

    ސައިކަލުގަ ދާ ދެމީހުންވެސް ހެލްމެޓް އަޅަން ޖެހޭތަ ނޫނީ ދުއްވާ މީހާ އެކަނިތަ އަޅަންވީ ؟

  3. ކެތްކުރޭ

    10 ވަނަ ދުވަހުންފެށިގެން މަނާކުރަންވީ. އިތުރު ފުރުސަތެއް ދީގެން ނުވާނެ.
    ހެލްމެޓް ނެތް މީހުންނަށް 1 މަސްދުވަސް ވަންދެން ފެރީ ހަމަޖައްސައިދޭންވީ (ހިލެއެއްނޫން). ތިގޮތަށް ބައިކުޅަބައި ތަންފީޒުކުރީމާ އެއްކަމެއްވެސް ރަނގަޅެއްނުވާނެ.

    2
    1
  4. ދޮންތަ

    ތިގޮތައް ކަނޑު ދަތުރު ކުރާއިރު ލައިފް ޖެކެޓު އެޅުންވެސް މަޖުބޫރު ކޮއްބަލަ އެވެސް ވަރައް މުހިންމު ކަމެއް