ކާފަރުންވެސް ބިކިނީ ލައިގެން ތިބެނީ ބީޗްގައި ކަމަށް ތަކުރާރުކޮށް ރަސޫލާ އަށާއި ދީނަށް ފުރައްސާރަ ކުރި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލާ ބުނެފިއެވެ.

ޝެއިޚް ޒައިދްގެ ޓްވީޓެއް ރީޓްވީޓް ކުރަމުން އިބްރާ ބުނެފައިވަނީ، "މަޢުލޫމާތަށް ޓަކައި ދަންނަވާލަން. ދޮން ފަރަންޖީ ކާފަރުންވެސް ބިކިނީ ލައިގެން ތިބެނީ ބީޗް ގަ. ސިޓިންގ ރޫމްގައެއް ނޫން." މިހެންނެވެ.

ޝެއިޙް ޒައިދްގެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ، "ގޭގޭ ވަކު ކޮޓަރި ތަކުގައި ގެސްޓުން ގެންގުޅޭއިރު، ބިކިކީ ލައިގެން ގެސްޓުން އޮރިޔާމުން ނިކުންނަ އިރު، ސިޓިންގ ރޫމްގެ ސޯފާ ގައި ބައްޕައާއި މަންމައާ ދަރިންނާ. ކިހާތާހިރު މަންޒަރަކަށް ވާނެތޯ؟ އެންމެންގެ ލަދު ހަޔާތް ކަނޑުވަން އުޅުމަކީ ޖަރީމާއެއް." މިހެންނެވެ. ޒައިދް މިމޭރުމުން ޓްވީޓް ކުރައްވާފައިވަނީ ރައީސް ނަޝީދު ގޭގޭގެ ވަކި ކޮޓަރީގައި ގެސްޓުން ގެންގުޅެވޭނެ ގޮތް އެޖެންޑަރ19 އިން ހަދައިދޭނެ ކަމަށް ބުނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދައްޖާލު

    މިކަލޭގެ "ހަމަ" މީހެއް ކަމުގައި ނުލެއްވީ މީސްތަކުންނަށް ރަޙުމަތަކަށް ކަން ނޭނގެ.

    96
    7
  2. މާރިޔާ

    އިބުރާ ކަލޭ ހޭބަލިވެފަތަ ތިހުންނަނީ ތިދޮންފަރަންޖީ އުޅެނީ ހަމައެކަނި ބިކިނީ ލައިގެން ބީޗުގައެއްނޫން . އެމީހުން އެބައުޅޭ ތިބިކިނީ ލައިގެން މިހާރުވެސް ބައެއްރައްރަސުގަ އެއްގަމުގަވެސް. ދެން ވާނެގޮތަކާ ތިމީހުން ގޭގޭގަ ކޮޓަރީގަ ބޭތިއްބީމަ އުޅޭނީ ގޭތެރޭގަ އޮރިޔާމުން ބޮއެގެން ދީންފެތުރަން ދެން.

    38
    1
  3. ބެއްޔާ

    މަށައް މި ސިޔާސީ މީހުންނަށް ވުރެން ގޯހީ ނުވަތަ ގަމާރީ އެމީހުންނަށް ތާއިދު ކުރާ އެމީހުންނާގެން މަރުދަން ޖެހޭ މީހުން.. މީގެން މީހަކު ހެވޭ ކޮންމެފަދަ އެއްޗެއް ކިޔަސް ހަމަ އެވަރެއްނެތް. އެއްފަހަރުވެސް ތިމާ އަމިއްލަ ސިކުނޑިން ވިސްނާލަބަލަ މިވެރިން މިކުރަން މިއުޅޭ ކަންތައް.. އާހިރުގަ މިގައުމަށާއި މިދީނަށް ލިބޭނެ ގެއްލުން.. ހީވާ ކަހަލަ މިވެރިން ކުރާ ކަންތައްތަކާ ދެކޮޅުވީމަ އެއީ ދެން ހުންނަ އިދިކޮޅު މީހާ އަށް ތާއިދު ކުރުމޭ..

    44
  4. ކާފަ

    އެޖެން ޑާ 19 ގައުމުހަލާކު ކޮށްލަން މަޖިލީހުން ރާވާ އެޖެނ ޑާ

    48
  5. Anonymous

    މިކޯބްރާގެ އަނބި ދަރީން ތިބެނީ އެހެންނޭ ވަގު ކޮޓެރީގައި ބިކިނީ ލައިގެން. އެޖެންޑާ 19 އަކީ އެއަރ ޕޯޓް އިންޑިޔާއައް ވިއްކާލުމާއި މިގައުމުގައި ލާދީނީ ފެތުރުމާއި އިސްލާމީ ޝަރިއްޔާގައި ހުރި ކަންކަން ނައްތާލުން

    37
  6. ނަގޫގޮށްޖެހި

    ނުލަފާ މީހުންގެ ނުބައި ނުލަފާކަމާއި ޖައްބާރުކަމުން އަޅަމެން ސަލާމަތްކުރައްވާނދޭވޭ! މިބައިމީހުންގެ ސަބަބުން އަޅަމެންނަށް އާންމުވެގެންވާ ކޯފާއެއް ނުލައްވާނދޭވޭ!

    37
    1
  7. ބޮންތި

    އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.

    [ އަންނޫރު ސޫރަތުގެ 31 ވަނަ އާޔަތް]

    31
    2
  8. ޖެނެޓއޖެކްޝަން

    އޯ ކޭ އެއްނުން އިބޫގެ ކޮލެޖެއް ހުރޭ އެތަނަށް ކިޔަވަން ކުދިންވެސް ދޭ ؟ ޤައުމު ހޭ އަރަން ވެއްޖެނުން..

    27
  9. Thanks

    ޢިބުރަ ތިބުނީ ގޭގަ އުޅޭއިރު ބިކިނި ވެސް ނުލާނެ އޭތަ.ބޮއެހަލާކް
    . ބޭރައް ނުކުމަ އަތިރިމަތީގަ އެ ދޯ ބިކިނި އަޅަނީ

    27
  10. ޙ

    ދޮން ފަރަންޖީން ވެސް.. މީ ކޮން 'ވެސް' އެއްތޯ؟ ދިވެހިން ބިކިނީގައި ބީޗުގައި އުޅޭ މަންޒަރު ފެންނަނީބާ؟ އަނެއްކާ ތި އަޅާ އައިނު އެޅީމާ ފެންނަނީ މީހާ ބިކިނީގައި ހުންނަ މަންޒަރު ނޫންތަ؟ ތި އައިނު ޓެސްޓް ކޮށްލަން ދީބަލަ.

    19
    1
  11. އިބުރާ

    މާމިގިލީ މަގު ތަކުން ވެސް ފެނޭ
    ކިތައްމެ ދުވަހަކު ޕޮލިހުން އެމީހުންގެ ހެދުން ލައްވާ

    11
  12. ކަމަނާ

    ތި ބުނާ ޒައިދުމެން އަތުން ފޭއްސި ކަށި އެމީހުންގެ އަމިއްލަ ލޮލަށްހެރޭތަންދޯ މިހިރަފެއްނަނީ. ތިބައިގަނޑު ގެއްނަން ޒައިދުމެން އުޅުނުއިރު ހީވަނީ ބުމަރެއްއެބުރޭހެން.

    19
  13. އިބްރާ

    ދޮންމީހުން ދިވެހިންގެ ގެދޮރަށްވެއްދުން އެޖެންޑާ 19އިން ފުރިހަމަކޮށްދެނީއެވެ. އެޖެންޑާ 20އިން ދޮންމީހުންގެ ހައްގުތަށް ކަށަވަރުކުރާއިރު ގޭގެއަށް ރާފުޅި ވަންނާނެކަމީ ކަށަވަރުކަމެކެވެ.

    16
  14. ސިސް

    ބަލަގަ ދޮން ފަރަންޖީން އެކަނި ތަ ގެސްޓުންނަކީ. އެ ރަށަށް ދަތުރު ދާ މީހުންވެސް ވާނީ ގެސްޓުންނަށް

    4
    1
  15. އެންދެރި

    މިހާރުވެސް ގެސްޓްހައުސް ހުންނަ ރަށްރަށުގަ ގެސްޓުން މަގުމަތީގަ އަދި ފިހާރަތަކުގަ ވ ނިވާކަން ކުޑަ ހެދުން ލައިގެން އުޅޭތަން ފެނެއެވެ.

    13
    1
  16. ވަހީދު

    އިބްރާހިމް އިސްމާއީލަށް ވެދުން ސަލާމަށްފަހު ބުނަމެވެ. މީހުން އުޅޭ ރަށްރަށުގައި ކާފަރުން ޖަނގިޔާއި ބުރާ އެކަނި ލައިގެން މަގުތަކުގައި ވަރަށް ގިނައިން އުޅެއެވެ. މަނިކުފާނު ބޭނުންފުޅު ނަމަ، ފޮޓޯ އާއި ވީޑިއޯ ވެސް ފުނުވާދީފާނަމެވެ. އިހްތިރާމް ގަބޫލު ކުރެއްވުން އެދެމެވެ. ތިހިރަ ލާދީނީ ވިސްނުން ދޫކޮށްލައި، ގިޔާމަތްދުވަހަކަށް ބިރުވެތިވާށެވެ.

    12
  17. ނުވި

    ފުރަތަމަ ގެސްޓްހައުސް ވިޔަފާރި ތައާރަފްކުރީވެސް ދިވެހިން ދޮން މީހުން އުޅޭ ގޮތަށް ހާނުވަން. ރިޒޯޓްތަކުގައި ހިފެހެއްޓިފައި އޮތް ކަމެއް މައުމޫނަށް ޖެއްސުމަށް ނައްތާލަން އުޅެ ރަށްރަށުގެ ނުވިސްނޭ މީހުންގެ ބޮލަށް ވަދެގެން ރަށުގަ ތިއްބާ ޑޮލަރު އަތަށް އަރާ ގޮތް ހަދަން ވަސްވާސްދީގެން ކުރުވި ކަންތައް އެއީ ހަގީގަތުގަ އެއަށްވުރެ މާ ގިނަ ކަންކަން އޭގައި އެކުލެވިފައިވާ ކަމެއް. އެމީހުން ހެެދުން އަޅާ ގޮތާ އުޅޭ އުޅުމާ ބޯ އެއްޗެއްސާ ހުރިހާ އެއްޗެއް ކައިރިން ބަލާލައިގެން ރަށްފުށު މީހުން އެއަށް ހާނުވަންވެގެން ޖެހި މަޅިއެއް.

  18. މޖ

    ފަރަންޖީން އޮރިޔާމުންވެސް ބީޗްގަ އުޅެފާނެ އެކަމަކު މިގައުމުގައި އާންމުން ދިރިއުޅޭ ރަށް ރަށުގަ ބިކިނީގަ އުޅެންޔާ ހުއްޓުވަން ޖެހޭނެ، މިކަލޭގެ ފަރަންޖީން ބިކިނީ ލައިގެން ކިޔަވާ ދޭން ތިބެޔޭ ކިޔާފަ މަންދު ކޮލެޖުގައި ބިކިނީގަ ކިޔަވާ ދޭން ފަށާފާނެ، އަދި ފަރަންޖީން ގެންގުލޭ ބައިބަލް ކިޔަވާދޭން ފަށާފާނެ، ސަމާލުވޭ މިކަލޭގެ ހިންގާ ކޮލެޖު އަށް ދަރިވަރުން ފޮނުވަންޏާ

    3
    1