ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓު ކަރުދާސް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

ވޯޓް ކަރުދާސް ޗާޕް ކުރުމާއި ބެހޭ ބީލަމުގެ މައުލޫމާތު ދިނުމަށް ހަމަޖެހިފަައި ވަނީ މާދަމާ އެވެ. ބީލަން ހުޅުވުން އޮންނާނީ މާޗް 10 ވާ އާދީއްތަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި،ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގައި ވެއެވެ.

ވޯޓް ކަރުދާސް ޗާޕް ކުރުމާއި ބެހޭ ބީލަމުގެ މަޢުލޫމާތު ހޯއްދެއްވުމަށް 3004470 ނުވަތަ 3004461 ނަންބަރު ފޯނަށް ގުޅުވުމަށް ނުވަތަ މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ [email protected] އީމެއިލް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.

މިދިޔަ އަހަރު ވޯޓް ކަރުދާސް ޕްރިންޓް ކުރީ އެމް-7 އިންނެވެ. އާދަޔާއި ހިލާފު ބޮޑު އަގެއްގައި ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސް ޕްރިންސްޓް ކުރި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށް މިދިޔަ އަހަރު ފާޑުކިޔުން އަމާޒުވިއެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި ވަނީ ވޯޓް ކަރުދާސް ޕްރިންސްޓް ކުރުމުގެ އަގު ބޮޑުވީ ވޯޓް ކަރުދާހުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ވުމުން ކަމަށެވެ.

ވޯޓް ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރިއިރު މަޖިލިސް އިންތިޚާބުގެ އެހެނިހެން ތައްޔާރީތައް ވެސް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އެބަގެންދެއެވެ. މިހާރު ތާވަލް ކޮށްފައި ވަނީ އަންނަ އޭޕްރިލް މަހުގެ 06 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބާއްވާށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    ތީ ކީއްކުރަންކުރާ އިޢުލާނެއް؟؟އެމް.ސެވެން ޕްރިންޓަރސް އަށް ބިލިއަންސް ޑޮލަރުގެ އަގުދީފަ ވޯޓުކަރުދާސް ޗާޕްކުރުވާލާ!! ރިޔާސީ އިންތިޚާބަށް ޗާޕްކުރި ކަރުދާހުގަ ހިމެނިވަރަށްވުރެ ގިނަ ސެކިއުރިޓީ ފީޗާސްތަށް މިފަހަރު ހުންނަންޖެހޭނެ!! ބޭނުންވާގޮތަށް ޓިކު ދައުރުވާގޮތަށް ވޯޓްކަރުދާސް ހެދޭ ކެމިކަލް ޗާޕްމިޝިންވެސް އެހެރީ ރެޑީކޮށްފަ ނޫންތޯ އީސީ ޚާއިނުންގެ އެމް.ސެވެން ގައި؟؟؟

    14
    • ޟަރާ

      މިފަހަރު ޖަހަނީ ތައްގަނޑެ ކޯ. ފޮހެވޭ ދެލިން ތައްގަނޑު ޖަހާފަ ބާތިލް ވީއޭބުނަނާނެ. ތީގެ ތައްގަނޑުތައް މޑޕ މީހުން ނައް ބަހާނެ. ތި ތައްގަނޑާމެދު ޝައްކު.

  2. Kamaal

    ރަނގަޅު އެތިކޮޅެއް ޖީބައްލާން ދޭފަރާތަކައް ދިނީމަ ރަނގަޅުވާނެ.

  3. ޗޯރު ޝަރީފު

    ރަނގަޅު އެންމެ އަގުބޮޑުފަރާތަކާ ޙަވާލުކުރެވޭތޯ ބަލަންވާނެ

  4. އައިޝް

    M7 އަށް ދީ. ޑީލް ނަންބަރ 2

  5. ނައުފާ

    ކަލޭގެ ބެލުމުގެދަށުން އެމްޑީޕީ ހަރުގޭގައި ތިކަންކޮށްލާ ކަލޭބޭނުންވާ މީހުން ހޮވިއްޖެކަމަށް އިޢުލާންކޮށްލާ! ރިޔާސީ އިންތިޚާބުގައިހެދީ އެހެން! ކަލެޔަށް މިހާރު ތިޔަމަޤާމުގައި ތިޔަ ހުރެވެނީ ރިޔާސީ އިންތިޚާބު އޮޅުވާލަދިނީތީ!

  6. އައިސްތު

    އެމް 7 އަށް ދީ. ޑީލް ނަންބަރ 2

  7. މުޝްތަޤީމު

    ތިއޮތީ އަލުންވެސް ރުފިޔާގަނޑެއް ޖީބަށް އަޅާލާނޭވަގުތު އައިސްފައެވެ. ރިޔާސީއިންތިޚާބަށްވުރެ މިފަހަރުގެ އަގު ބޮޑުކުރަންވާނެއެވެ.

  8. އައިސްތު

    ވޯޓް އޮފިޝަލުންނެއް ނުލިބުނު، ވޯޓު ޗާޕުކުރާނެ ފަރާތެއް ނުލިބުނު. ވޯޓު ލާނެ ތަނެއް ލިބޭނެބާ؟ މިމީހުންނަށް ރައްޔިތުން ކުރާ އިތުބާރު މިއޮތީ ފެންނަން. އަދި އޮޅުވާލަން މޮޅެތި ވާހަކަ ދައްކައޭ. ނައުފާ ބުނާހެން އެމްޑީޕީ ހަރުގޭގަ ޖަލްސާއެއް ބާއްވާފަ އެތަނުން ނިންމަންވީނު ކޮންބައެއްތޯ ހޮވުނީ. ނޫނީ އެމްޑީޕީ މީހުންލައްވާ ވޯޓު ލާފަ ނިންމާލާ. އެމްޑީޕީއަށް ނިސްބަތްނުވާ މީހުންނަކީ އެއްވެސް ބައެއްނޫނެއްނު.

  9. ކެޔޮޅު

    ފަސްމިލިއަން ޑޮލަރު މަދުވެގެން ޖީބައް ލެވެންޖެހޭނެ ތިވަރުކަމެއް ނިމޭއިރު!!

  10. ކެޔޮޅު

    މިފަހަރުވެސް ކޮއްމެސް ޔަހޫދީ ވައްތަރު ޖަރީމާއެއް ނުހިންގާ ނުދާނެކަން ކަށަވަރު ،

  11. މޫސާ

    ކީއްކުރަން ކުރާ އިޢުލާނެއް. ޝަރީފު ބޭނުން ބަޔަކަށް ދިނީމަ ހުންނާނީ ރަނގަޅަށް! ގިނައިން ފައިސާ ދޭބަޔަކަށް ޙަވާލު ކުރޭ!

  12. ޒާ

    އެއްކަލަ ލާރިގަނޑު ދިން ތަނަށް ދީ.

  13. ނުރަބޯ

    ބޮޑުވަގުންގެ ބައިގަނޑު އަނެއްކާވެސް ޗޯރުބާޒާރު ހަދަން އެއުޅެނީ. މިދިޔަ ރިޔާސީ ވަގުއިންތިޚާބުގަވެސް މިގޮތަށް އިޢުލާނުކޮށްފަވެސް އެމް ސެވަންއާ ވަގުޑީލް ހަދާފަ ހަވާލުކުރީ. ?

  14. ޖޮއްބެ

    ތިމަރަތަލަގަނޑު އަނެއްކާވެސް.....!!! މިފަހަރު ރީނދޫ ޕާޓީ އަށް މެޖޯރިޓީ ހޯދަދޭނެ ވަގުވެރިކަން ހޯދަދިންހެން.....!!!