ފަހަކަށް އައިސް ފޭރުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައި ވަނިކޮށް ރޭ ރޭ މެންދަމު ވެސް ބިދޭސީންތަކަށް ބިރު ދައްކައި ގިނަ އަދަދެއްގެ ފައިސާ އާއި ފޯނުތަކެއް ފޭރިގެންފި އެވެ.

ފުލުހުން ދެންމެ ވިދާޅުވީ ހަތަރު މީހަކު ބިދޭސީން ދިރިއުޅޭ ތަނަކަސް ވަދެ ތިން ބިދޭސީއަކަށް ވަޅިން ބިރު ދައްކާ ފޭރިފައިވާ ކަމަށެވެ. އެ މީހުން ފައިސާ އާއި ފޯނުތަކެއް ފޭރިގެންފައި ވަނީ މާލޭގެ ގަލޮޅުގެ ގެއެއްގައި ދިރިއުޅެމުން އައި ބިދޭސީންތަކެއްގެ އަތުން ކަމަށާއި އެ ހާދިސާ ހިނގީ ރޭ މެންދަމު 3:00 ޖެހި އިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބިދޭސީންގެ އަތުން ފޭރިފައި ވަނީ 6600 ރުފިޔާ އާއި ތިން ފޯނެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުން ކަމަށާއި އަދި އެއްވެސް މީހަކު މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފާއިތުވި ދެތިން މަސް ދުވަހުގެ ތެރޭގައި ފޭރުމާއި، ބޮޑެތި ވައްކަންތައް ކުރުން ވަނީ ފާއިތުވި ހަތަރު ފަސް އަހަރު ތެރޭގައި ވެސް އިތުރު ނުވާ މިންވަރަކަށް އިތުރުވެފައެވެ. ނަމަވެސް ފޭރުމާއި ބޮޑެތި ވައްކަންތައް ހުއްޓުވަން ފުލުހުން އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރެއް ނުފެއެވެ. އަދި ވައްކަންތަކާއި ފޭރުންތައް އިތުރުވާނީ ކީއްވެކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Kamaal

    ކަމައް ނާގާބިލް މީހުން ސަރްކާރު ހިންގަން ތިބީބީމަ ވާންވީގޮއް ތިވަނީ.

    22
    4
  2. ދުންމާރި

    މުހިއްމީ ޒިބްރާ ކްރޮސް

    17
    3
  3. ޒާ

    އިމްރާންވެސް ސަރުކާރުވެސް އިސްތިޢުފާދީ.

    21
    2
  4. ވެރިން

    ޖަޒީރާ ވެނިމެނީ

    19
    2
  5. އަހުމަދު

    ބަލަ ކުރިން ރާއްޖޭގައި އަމާން ކަމެއް ނެތޭ ޓޫރިސްޓުން ނާންނާށޭ މިއީ ކުށް ކުރުމުގެ ހާއްޔޭ ގޮވި ކެރަފާ ނަސީމު ކޮބައިތޯ .... އޭނަގެ ކަމަކީ ހެންވޭރު އަޑި ޕާކުތެރޭގައި ގާކުނޑި ނަގާ ތަނުގެ ސަރުދާރަކަށް ވެގެން ކޮންމެ ދުވަހަކު ހަވީރު އެތަނަށް ދިއުން އަދި ހުޅުމާލޭގައި ކްރިކެޓް ކުޅޭ ތަނެއް އިންޑިޔާ މީހުން ލައްވާ ނުހެއްދިގެން ސުހައިލަށް ދެދަޅަށް ފޯނު ކުރުން .... ކުށް ކުރުން އިންތިހާ އަށް ދިޔަ އިރު ހާޅޭއްލެވި މީހުން ކޮބާ އަމާން ކަމެއް ނެތޭ ބުނެ މީހުންގެ އަގަޔަށް އެބަސް ވަދެއްޖެ ރައީސް ކަމާއި ހޯމް މިނިސްޓަރ ކަމުގެ ގޮނޑީ ގައި އިށީދެލީމާ މިއިނގެނީ ކިހާ ހޫނު ތަވައެއްގެ މަތީގާ ކަން މިއިދެވުނީ މިހާރު މިކަމުން ސަލާމަތް ވެވޭކަށް ނެތް ،،،،،،،،، ހެ ހެ އެހެން ވެ މުއްދަތު ދިގޭވެސް އެބުނަނީ

    21
    2
  6. ލީނާ އާދަމް

    ވަގުވެރިކަން ނިމެން ކައިރިވަނީ އިންޝާއަﷲ!

    19
    2
  7. ކުޑަބަޖަރާ

    މިވެރިކަމުގައި ތިޔަކަހަލަ ކަންތަކެއް ނުހިނގާނެ. މީތެދެއްކަން މަހުލޫފު ކައިރީއަހާބަލަ.

    7
    1
  8. ޖަހާންގީރު

    އެޖެންޑާ 19 ދޮންވެ ފައްކާ ވަނީ

    8
    1
  9. ނައްލަބެ

    ފުލުހުންނަށް ކުރެވޭނެ ކަމަކީ ހޮސްޕިޓަލަށް ކަރުނަގޭސް ޖެހުން ދުނިޔޭގެ ރެކޯޑު މުގުރާލާށޯ.

  10. ޖަހާންގިރި

    ފުލުހުންގެ މީހުން ރޭގަނޑު ބޮންދުން އުޅޭތަންތަނަށް ވަންނަނީ މިސަރުކާރުން ފުލުހުންނަށް ލާރި ނުދޭތީ.

  11. ބޯކަޅު

    މާތްވެގެންވާ އިސްލާން ދީނުގެ މީހުން ވައްކަން ކުރާނެތެ؟

  12. ުުތޯބެ

    ހައްޔަރު ކުރީމަ ހައްގު ހޯދަދޭން އަވަހަދޭ ހެޔޮގޮތެއް ނުބާގޮތެއްނޭގޭ......