ފަތުރުވެރިން އޮރިޔާމުން އުޅޭ މަންޒަރު ނުފެންނަކަމަށް ހަދައިގެން އުޅެނީ ޑޮލަރަށްޓަކައި ކަމަށް ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ބައެއް ރަށްތަކުގައި ގެސްޓްހައުސްތައް ހިންގަމުން އަންނައިރު، ބައެއް ގެސްޓުން ނިވާކަން ކުޑަގޮތެއްގައި އާއްމުންގެ ތެރެއަށް ނުކުމެ އުޅޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އެކަން ހުއްޓުވަން ބަޔަކު މަސައްކަތް ނުކުރާ ކަމަށް ބުނެ، ބައެއް ފަހަރު ފާޑުކިޔުންތައްވެސް އަމާޒުވެގެން ދެއެވެ.

މިކަމާއި ހެދި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް ގެންދަނީ މީސް މީޑިއާގައި އަޑުއުފުލަމުންނެވެ.

އެގޮތުން ޝެއިޚް އަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަށްރަށުގައި އެއްކަލަ ގެސްޓުން ރޯ އޮރިޔާމުން ބައިސްކަލް ދުއްވާތަނާއި، ބީޗްތަކުގައި ތިބޭތަނުގެ ފޮޓޯތައް މީސް މީހުން ލަމުންދާ ކަމަށެވެ. އެހެން ނަމަވެސް ބައެއް މީހުން ޑޮލަރަަށްޓަކައި އެކަން ފެންނަ ކަމަށް ހަދައިގެން ތިބޭކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވިއެވެ.

"އަޅުގަނޑު ގެސްޓުން އޮރިޔާމުން އުޅޭ ވާހަކަ ބުނާއިރަށް ބައެއް ބޭފުޅުން ހާދަ ކޯފާ އިސްވެޔޭ". ޝެއިޚް އަލީ ޒައިދު މިއަދު ކުރި ޓްވީޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލްޖިބްރާ

    ފަތުރުވެރިން އޮރިޔާމުން އުޅޭ ވާހަކަ މީގެ ކުރީގެ ވެރިކަމުގާ ދައްކަން ނުކެރުނީ ކާކުދެކެ ބިރުންތަ ؟ ކަލޭމެނަކީ މިޤައުމުގެ ކަންތަށް ރަގަޅު ކުރުމުގެ ބަދަލުގައި ކަންތަށް ހަލާކު ކުރަން އުޅޭ ބައެއް ކަމަށް ވަރަށް ހީވޭ !

    6
    2
  2. ޑޮލަރު ވަގު

    "އަޅުގަނޑު ގެސްޓުން އޮރިޔާމުން އުޅޭ ވާހަކަ ބުނާއިރަށް ބައެއް ބޭފުޅުން ހާދަ ކޯފާ އިސްވެޔޭ". ޝެއިޚް އަލީ ޒައިދު މިއަދު ކުރި ޓްވީޓްގައި ވެއެވެ.

    ބަލަ ތިބޭފުއްލާ ނޫންތޯ އަންނި ގެ ލޯބި ގަނޑުގަ ބޯ އަޅައިގެން އެބައިގަނޑު ފަހަތުން ތި ދުވަނީ، ޑޮލަރު ދިނީވެސް ތިބޭފުއްލާ އަށާއި މަރުދޮރު އިލިޔާހަށް،

    12
    2
  3. //

    ތިބުނަނީ ދެން ލޯއަޅައިގެން ތިބެންވީއޭ ތަ. ?

    • ފުއްޕަޓު

      100%ހަލާލު ޓުއަރިޒަމް ތައާރަފުކުރޭ!

      5
      1
  4. ޙުހް

    ރާއްޖޭގެ ފޭސްބުކް ޕޭޖުތަކުންވެސް މިހާރު މީ އާންމުކަމެއް. މިކަމާދެކޮޅަށް ފިޔަވަޅު އަޅާ!

    6
    1
  5. ހައިކް

    ޝޭހު ތި ވިދާޅުވީ ކިތައް ޑޮލަރުގެ ބަސްފުޅެއްތޯ؟

    4
    1
  6. ދިވެހި މުސްލިމުން އައުރަ ނިވާނުކޮށް މުޅި ގައުމުގަ އުޅޭ ވާހަކަ ދައްކަން ކެރޭ ޝޭހަކު އެބައުޅޭތޯ؟