މާލެ ސިޓީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހަައްދުތަކުގައި ސިގިރެޓް ބޮއެގެން 19 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ތިމާވެއްޓާއި ގުޅޭ ފުލުހުންގެ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހުގެ 24 އިން މި މަހުގެ 2 އަށް މާލެ ސިޓީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހަައްދުތަކުގައި ސިގިރެޓް ބޮއެގެން 19 މީހަކު ޖޫރިމަނާކޮށްފައިވާއިރު، އެ މީހުން ޖޫރިމަނާކޮށްފައި ވަނީ ކިހާ އަދަދަކުން ކަމެއް ބުނެފައެއް ނުވެއެވެ.

އޭގެ ކުރީ ހަފްތާގައި ޖޫރިމަނާކޮށްފައި ވަނީ ހަތަރު މީހެކެވެ.

އަދި ކުނި މެނޭޖްކުރުމުގެ ގަވާއިދާއި ޚިލާފުވެފައިވާ 10 ފަރާތެއް ޖޫރިމަނާ ކޮށްފައިވާއިރު، އެ ފަރާތްތަކުން ޖޫރިމަނާކޮށްފައި ވަނީ ކިހާ އަދަދަކުން ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ތިމާވެއްޓާ ގުޅޭ ކަންކަމުގައި 13 ގެއަކަށާއި، 13 ފިހާރަ، ހަތަރު އޮފީހަކާއި، 55 ކޮންސްޓްރަކްޝަން ސައިޓަކަށް ޒިޔާރަތްކޮށްފައިވެއެވެ.

އަދި ތިމާވެއްޓާ ގުޅޭ 91 މައްސަލައެއް ވަނީ ހައްލުކޮށްފައެވެ. އަދި އެފަދަ 70 މައްސަލައެއް އަދި ހައްލު ނުކުރެވޭއިރު، 85 ފަރާތަކަށް ނަސޭހަތްތެރިވެފައި ވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހަައްދެގައި ސިގިރެޓް ބޮއެގެން 19 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް އެ ތަފާސް ހިސާބުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޖ

    ވަރަށް ރަންގަޅު

  2. އަހުމަދު

    ގަލޮޅު އަލިކިލެގެ ފާނު މަގުގައި ހުންނަ ސީރީޑް ގަރާޖް އިން ދަވާދު ސްޕްރޭ ކުރާވަރުން އެހިސާބު މީހުންނަށް ދިރި އުޅޭން ދަތިވާވަރުން ކިތައް ފަހަރު ތޯ ފުލުހުންނަށް ރިޕޯޓް ކުރީ ހަމަ ހަރާމުން ހަރާން ވާކަމެއް މިހާރު އެތަން ހިންގަނީވެސް ސިލޯނު މީހެއް މިކަން ހުއްޓުވާދިނުމަށް އާދޭހާ އެކު ދަންނަވަން. މީހުންގެ ނޭވާލާ ނިޒާމަށް ބޮޑެތި މައްސަލަ ތައް ދަނީ ކުރިމަތިވަމުން

    2
    1
  3. ރޯނު އެދުރު

    ޖޫރިމަނާ ކުރީމާ ފައިސާ ބލައިގަންނަ ތަނެއް ބުނެބަލަ. މީރާ އަކުން ބަލައެއް ނުގަނޭ

  4. ހުސައިން

    ސިގަރެޓް ބޮއިގެން މީހުން ޖުރިމާނާ ކުރާގޮތަށް ޢައުރަނިވާ ނުވާ ވަރުގެ ހެދުންލައިގެން އުޅޭ ބޭރުމީހުން އަދި ދިވެހިން ނުހިފަހައްޓަނީ ކީއްވެގެންތޯ. އެމީހުން އެއަރައިގަންނަމުންދަނީ އެތައްބައެއްްގެ ޙައްގުތަކަށް. ނުބައިތަނެއްގައި ސައިކަލް އޮޅުމަކުން ބެހެއްޓުމުން 750/- އެބަޖުރިމާނާ ކުރޭ. މިފަދަ ގޮތަކަށް ހެދުން އެޅުމުން ކުރަންވީ ޖުރިމާނާ އެއަށްވުރެ ބޮޑުވާންޖެހޭ ދީނާއި ގަވްމުގެ ރައްޔިތުންގެ ޙައްގުގައި.

  5. ކުޑަބަޖަރާ

    ތީހަމަ ކަންތައް ކުރާކަމަށްދައްކާދަޅަ.