ފުލުހުން އިއްޔެ މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު، ހައްޔަރުކުރި 21 މީހުންގެ ތެރެއިން ހަ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 ދިވެހިންނާއި، އެއް ބިދޭސީއެކެވެ. އަދި ހައްޔަރުކުރި ދިވެހިންގެ ތެރޭގައި އެއް ކުއްޖަކީ 18 އަހަރު ނުފުރޭ ކުއްޖެކެވެ.

އެ އެންމެންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމަށް އެ ކުޑަކުއްޖާ ވަނީ ދޫކޮށްލާފައެވެ. އަދި އެ ގުރޫޕްގައި ހިމެނޭ އިތުރު ފަސް ދިވެހިން ވަނީ ދޫކޮށްލާފައެވެ.

އަދި ބާކީ ތިބި 15 މީހުންގެ ތެރެއިން 12 މީހަކަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދިންއިރު، ތިން މީހަކަށް ދީފައި ވަނީ ތިން ދުވަހުގެ ބަންދުގެ މުއްދަތެކެެވެ.

ފުލުހުން އިއްޔެ ވިދާޅުވީ، މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާފަންނުގެ ގެއެއް ބަލާފާސްކޮށް އިއްޔެ ހެނދުނުއެވެ. އެ ގެ ބަލާ ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ގެ ބަލާ ފާސްކުރުމަށްފަހު 38 ރަބަރު ޕެކެޓު ފުުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

މިއީ ފަހަކަށް އައިސް މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އެންމެ ގިނަ ދިވެހީންތަކެއް އެއްފަހަރާ ހައްޔަރު ކުރި ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު