އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕޭން ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫއަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓިގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ، ރައީސް އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. އަދި އެ ދަތުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި އައްޑޫގެ އެކި ދާއިރާތަކުގައި، ހާއްސަ އެކި އިވެންޓްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޮންބެ

    ޓެކުސް ފައިސާ އިން ކެން ޕޭނުކުރުވޭ ނެބާ ؟

    19
  2. ކުޑަބަޖަރާ

    ރޮޒޭނާގެ ޖަލްސާ އަށް ދިޔަމީހުން މަދުވީމާ އެލަދުން ސަލާމަތްވާން ކުރާދަތުރެއް.

    20
  3. ނިޔާޒާ ޢަލީ

    އައްޑޫސިޓީގެ ރައްޔިތުންނަކީ ޢިލްމީގޮތުން ޤާބިލް ބައެކޭ ބުނެއެވެ. ޢިލްމީގޮތުން ޤާބިލްމީހުންގެ ވިސްނުމާ ބުއްދި ދުރަށް ފޯރާނެޔޭވެސް ބުނެއެވެ. އެމީހުންގެ ގާގައި ދެފަހަރު އެކަކަށް ނުޖެހޭނެޔޭވެސް ބުނެއެވެ. ފުރަތަމަފަހަރު ޖހުމުން ބަދަލުހިފުމެއްނެތި ދެވަނަފަހަރަށް އެއަތުން ނުޖެހޭހިސާބަށް ވިސްނުން ފޯރުވަނެޔޭވެސް ބުނެއެވެ. އައްޑޫސިޓީގެރައްޔިތުންނަށް ދަޅަދައްކާ ކަމެއްނުކޮށްދިންބަޔަކު އަލުން ކަމެއްކޮށްދޭނޭކަމަށް ދެކުމަކީ ޖާހިލުންގެ ކަމެކެވެ. 2008 ން 2012ގެ ކުރީކޮޅާހަމަޔަށް ކަންހިނގިގޮތް ރައްޔިތުން ވިސްނާށެވެ. ދެން 2013 ގެ ފަހުކޮޅުންފެށިގެން 2018 ގެ ފަހުކޮޅާހަމަޔަށް ކަންހިނގިގޮތްވެސް ވިސްނާށެވެ. ދެން ގޮތެއް ނިންމާށެވެ.

    21
  4. ބަނާނަ މޭން

    ރައީސޫ ފެނަކަރގެ ސަބަބުން ވޯޓް އެބަމަދުވޭ ފެނަކަކުދިންބުނަނީ ސަރުކާރުން ކުޑަނުރަން ބޭނުންނުވެޔޯ

    12
    1
  5. އަހުމަދު

    ތިޔަށްވުރެ ރަނގަޅުވާނެ ކަލޭމެން އެންމެ ލޯބިވާ އިނޑިޔާގެ ޒުލުން ކިނބުލަކާއެކު ފޮޓޯނެގިޔަސް

    20
  6. ޜާނާ

    ސެލްފީ ރައީސް ކެމްޕޭނަށް އައްޑުއަށް

  7. ޟަމީ.

    ޢައްޑޫު އައްއަޔަސް ދެން ތިކަމެއް ނުވާނެ.ގުނބޯ ހެއްދިއޖެ ބަލަންޓައިން ބޯލައިގެން އަސްލަމާއި އެކު ކަލޯ އައް ވާވަރު ވެފަ ހުއްނާނީ.

  8. ކޮރަލް

    ކެމްޕޭން ކުރާނީ ޕާޓީ އިންނެވެ. ގައުމުގެ ވެރިކަ ހަވާލު ކުރީމަ ރައްޔިތުންނަށް ހިދުމަތް ނުކޮށް އެންމެ ދުވަހަކުވެސް ޕާޓީ ފަހަތުން ކެމްޕޭން ކުރަން ދާން ރައްޔިތުން ގަބޫލެއް ނުވާނެއެވެ.

  9. ފަހުމީ

    މިއީތާ ޔާމީނު ޖަލުގައި ބަހައްޓަން ޖެހުނު ސަބަބު!ހާދަބިރެއްގަނޭދޯ؟ ކެރެންނާ ޔާމީނު ދޫކޮށްލައިގެން ކެންޕިޔަން ކުރައްވާ ވާގޮތް ކިބިލަށް ދައްކާލާނަން!ޖަލުގައި އޮވެގެންވެސް ޔާމީނު މަޖިލިސް މެޖޯރިޓީ ނަގާނެ! ކަލޯ ކިބޫ އެކަނިވާ ދުވަހަކުން ހޭއަރުވާލާނަން! މަޖިލިސްވެސް ސަރުކާރުވެސް ހޯދާނަން!

    3
    1