މިއަހަރު މިހާތަނަށް މާލޭގެ 206 މީހަކަށް ޗިކަންގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީޑީސް މަދިރީގެ ޒަރީޔާއިން ފެތުރޭ ޗިކުންގުންޔާގެ 206 ކޭސްއެއް މިއަހަރު މިހާތަނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާ ތެރޭގައި 75 މީހުންނަށް ޗިކުންގުންޏާ ޖެހިގެން ރިޕޯޓްކޮށްފައިވާ އިރު، ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި މި އަދަދު 32 އަށް ދަށްވެފައިވާކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއީން ބުނެފައި ވަނީ ޗިކަންގުންޔާއަކީވެސް މަދިރީގެ ޒަރީޔާއިން ފެތުރޭ ބައްޔަކަށްވާ އިރު، މަދިރިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހާއްސަކޮށް މަދިރި އެންމެ ގިނަވާ ގަޑިތައް ކަމަށްވާ ފަތިން ގަޑިއާ އިރުއޮއްސޭ ގަޑީގައި ގޭގެ ދޮރުތައް ލެއްޕެވުމަށް ސަމާލުކަން ދިނުމުގެ އިތުރުން ފެން ހަރުލާ ޒާތުގެ ހުސް ފުޅިއާއި ދަޑު ފަދަ ތަކެތި މަގުމައްޗަށް އުކާ ނުލުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު