އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ އަބީޝޭކް ވަރުމާ، ރާއްޖޭގެ ނޫހެއް ކަމަށްވާ 'ދަ މޯލްޑިވްސް ރިޕޯޓް. ކޮމް' އަތުން 100 މިލިއަން ޑޮލަރު ހޯދަން ދައުވާ ކުރަން ތައްޔާރުވާ ކަމަށް އޭނާގެ ފޭސްބުކްގައި ބުނެފިއެވެ.

އެ ނޫހުން މިއަދު ޝާއިއު ކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ "އިންޑިއާގެ ހަތިޔާރު ވިއްކާ އަބީޝޭކް ވަރުމާއާއި ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރުމުން ސުވާލު އުފެދޭ" ކަމަށެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ނަޝީދު އިންޑިއާގައި ބޭއްވި ކޮންފަރެންސަކަށް ދިޔަ އިރު، ސަރުކާރާ ބައްދަލުކުރި ބައްދަލު ކުރުންތައް ހާމަކޮށްފައި، "އެތަކެއް ހައިޕްރޮފައިލް" ކޮރަޕްޝަންގެ މައްސަލަތަކެއް އޮންނަ އަބީޝޭކް ވަރުމާއާ ބައްދަލު ކުރި ވާހަކަ ނަޝީދު ސިއްރު ކުރި ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

ނޫހުގައި ބުނެފައި ވަނީ އެ ބައްދަލުުމުގެ ފޮޓޯއެއް އާންމުކޮށްފައި ވަނީ ވަރުމާގެ ކުންފުންޏެއް ކަމަށްވާ އޮލިއާލިއާ ވޯލްޑް އިންސްޓާގްރާމްގައި ކަމަށާއި، ޝައްކު ކުރެވެނީ ނަޝީދު މެދުވެރިކޮށް ވަރުމާ ވެލާނާ އެއާޕޯޓް ހޯދަން އުޅޭ ކަމަށް ކަމަށްވެސް ނޫހުގައިވެއެވެ. އަދި މީގެ ކުރިން ސިމްޑީ އިބްރާހީމް ދީދީއާއެކު ވެގެން ވަރުމާ ރާއްޖޭގައި އެއާޕޯޓެއް އަޅަން އުޅުނު ކަމަށްވެސް ނޫހުގައިވެއެވެ.

އެކަމާ ގުޅިގެން ވަރުމާގެ ޕޭޖުގައި ބުނެފައި ވަނީ މޯލްޑިވްސް ރިޕޯޓްގެ އެޑިޓަރުގެ ސަބަބުން އުފެދެން ނުވެސް ޖެހޭ މައްސަލައެއް، ގޯސް މާނައިގައި އުފެދިއްޖެ ކަމަށެވެ. އަދި އޭނާއަކީ އދ.ގެ ބްލެކް ލިސްޓް ކުށްވެރިއެއްތޯ ނޫނީ އޮސާމާ ބިއްލާދިންތޯ ސުވާލު އުފެއްދިއެވެ. ނަޝީދާ ބައްދަލު ނުކުރެވެންވީ ކީއްވެތޯވެސް އޭނާ ސުވާލު އުފެއްދިއެވެ.

ވަރުމާ ބުނެފައި ވަނީ އާޓިކަލްގައި ވަނީ ދޮގު މައުލޫމާތު ކަމަށާއި، އޭނާގެ މައްޗަށް އުފުލޭ ކޮރަޕްޝަންގެ ކަންކަމާއި މަނީ ލޯންޑަރިންގެ މައްސަލަތައް ސާބިތުނުވާ ކަމަށް ދެ އަހަރު ކުރިން ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން އެފަދަ ތުހުމަތު ނޭޅުވޭނެ ކަމަށްވެސް ވަރުމާ ބުނެފައިވެއެވެ.

ވަރުމާ ބުނެފައި ވަނީ އޭނާއާ ގުޅޭގޮތުން ދައްކާފައިވާ ހަގީގަތާ ހިލާފު ވާހަކަތައް ނަގާ، އާންމުންގެ ކުރިމަތީ މާފަށް އެދުމަށެވެ. އެހެން ނޫން ނަމަ، އެކަމުގެ ބަދަލު ހޯދަން ތިން ދުވަސް ތެރޭ ރާއްޖޭގެ ކޯޓާއި ބައިނަލް އަގުވާމީ ކޯޓުތަކަށް ދާނެ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ސާބިތު ނުހިފޭ ވާހަތައް ދައްކާ، ކުށެއްގެ އިލްޒާމް އެޅުވުމުގެ ބަދަލުގައި 100 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ވަރުމާ ފަހުން ކޮށްފައިވާ ޕޯސްޓެއްގައި އެ ނޫހުގެ އެޑިޓަރު ހޯދާ، މައުލޫމާތު ދޭ މީހަކަށް 500 ޑޮލަރު ދޭންވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ?

    ބިލިޔަނަރު އެންމެ 500 ޑޮލަރ... ހާދަ ދިވެހިންގެ އަގުވައްޓާލަނީ ތިޔަ
    ..

    81
    2
    • އޭޕްރިލް

      ބައެއް ދިވެހިންނަކީ ތިވަރުގެ ކުޑަ އަގެއް ދީގެންވެސް ހެއްލޭބައެއް، މިދިޔަ ރިޔާސީ އިންތިހާބުންވެސް އެހުރީ ފެންނަން، ކުޑަ އަގެއްގައި ވޯޓް ގަނެފައިވާ ތަން. ހާއްސަކޮށް ޒުވާނުން.

      44
      1
  2. ގޑން

    ތިވަރުން ތި ތެޅެނީ ކޮންމެވެސް.ކަމެއްއުޭތީ

    58
    3
  3. ފޯއްބެ

    ތީ ނަސީދުގެ އަނިޔާ ވެރި ކަމުގެ ބައެއް...

    67
    9
  4. ލޮލް

    ކިހާދެރަ. މިކަހަލަ ހުރިހާ އަނިޔާއެއް އިންޑިއާ މީހުން ލައްވައި ދިވެހިންނަށް ދެނީ ފެނަން އޭނދާ ބޮޑު އިބިލީސް

    103
    9
  5. ކުނބޯލި

    މި އަންނި ޝައިތޯނު ނުވަންނަ ތަނެއްނެތް.

    68
    9
  6. މީނާ

    ޢެންމެ 500 ޑޮލަރ 1 ލައްކަ ޑޮލަރ ދޭން ބުނިނަނަތާ

    52
    2
  7. Anonymous

    ބިލިޔަނަރު500ޑޮލަރުހެއްހެޭ

    54
    2
  8. ދަވޭއޭ

    މަޖްލީސް ކެމްޕޭނަށް އެއްގޮތަކަށް ވެސް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބޮޑެތި ވަފްދު ތައް ގޮވައިގެން ރައީސް އިބޫ ނުޖެހޭނެ ކެނެރީގެ ނަޝީދު ބުނާ ގޮތަށް ހަދަން ރައްޔިތުންގެ ފައިސާ ހަޔެކާއި ހަތަރަކަށް ތަޅާ ބުރުއްސާ ނުލާ މަޑުމައިތިރިވެ ތިބެ މާލެ ސަރަަހައްދުން ހުޅުމާލޭން 2 ހާސް އަކަފޫޓްގެ 50 ހާސް ގޯތި އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް މިހާރު ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ކުއްޔަށް 100 އަހަރަށް ދޫކޮށްލަން ރައީސް އިއުލާން ކުރައްވާ މިފަދަ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރަންވީއޭ ތިޔާ އައްޑޫ މީހުންނަކީ އެއީ ވަރަށް ހަރާމްކޯރު ދަ ބަތާހަރާމީ މީހުންނޭ...

    37
    5
  9. ބޯހަލާކު

    500 ޑޮލަރު އެއީ ދެން ކޯންޗެއް މިޒަމާނުގައި.... ބޯހަލާކު

    58
    3
  10. Anonymous

    އެންމެ 500$

    32
    2
  11. ޖުލައި

    މިއީ ހަސަން ލުތުފީގެ ވެސް ފްރެންޑެއް
    އުޅުނު ނ. އެއަރޕޯޓް ހޯދަންވެސް

    39
    3
  12. ކަލޯގަޔާ

    އެންމެ 500 އިންޑިޔާ ގެރިޔަކަށް ދީ

    57
  13. Anonymous

    ކަލޭމެންނަކައް އިތުބާރު ނުކުރެވޭނެ. ކާފަރުން ދައްކާ އެއްވެސް ވާހަަކައެއް ގަބޫލެއް ނުކުރެވޭނެ

    20
  14. ޙަސަން މުހައްމަދު

    ކަލޯ. ރާއްޖޭ ގައި ދުލުގެ ، ގަލަމުގެ މިނިވަން ކަން އޮވެއޭ.. ތި ކުރަންއުޅޭ ދައުވާ ބޭރު ކޮށްލަން ޖެހޭނީ

    26
    • ??

      އިންޑިޔާ މީހުންނަކީ ވަރަށް އަމިއްލަ އެދުން ބޮޑުބައެއް ބިލިއަނަރ އަށް ލިބޭބައި 100މިލިއަން އެކަމު އެޑިޓަރ ހޯދާދިން މީހަކަށް 500 ޑޮލަރ

  15. ސލ

    ނަޝީދަކީ ނުރައްކާތެރި މީހެއްކަން އެންމެންނަށްވެސް އެނގެއެވެ އޭނާގެދަންދުރައިން
    ސަލާމަތްވާން އެބަޖެހެއެވެ

    26
  16. ސަންދާނު މުއާ

    ބޭނުން އެށްތަ ބޭނުންގޮތަކަ ކޭށުމާ އެށްކަމަސްނިވޭހެށް

    11
    1
  17. ޑާކޫ މަންގަލްކުމާރު

    ބިލިއަނަރެއްކަންވާ އިނގިއްޖެ. އެހެންމީހުން ފެލައިގެން އުޅޭ މީހެއްތީ

    20
  18. ހިމާރުލް ޤައުމު

    އޭގެ ބަދަލުގައި ރަށެއް ދިނީމާ ސަޅިވާނެ. ކޮބާ އިބޫ

    14
  19. ސޯލިހްއިބޫ

    ވިއްކާލާނެ އެއަރޕޯޓް ކީކުރަން ދިވެހީންގެ އަންނައުނު ކޮޅުވެސް ވިއްކާލާނެ ކަންޔަގީން

    20
    1
  20. އިންޑިޔާ

    ބަލަ ވަރުމާ 500 ޑޮލަރު އެއީ ދިވެއްސެއްގެ ދެއިރު ކޮފީއާ ނުބައްދަލު އަދަދެއް .... ލަދުން ހަލާކު

    25
    1
  21. ނަބާ

    މަށަށް ހީވަނީ 5000 ޖަހަން އުޅެނިކޮށް 500 ޖެހުނީހެން! އެހެންޏާ މިލިއަނަރަކު އެންމެ 500 ޑޮލަރު ??

    1
    1
  22. މޭބީ

    ރައީސް އިބޫ މަޖްލީސް ކެމްޕޭނަށް އައްޑޫ އަށް ވަޑައިގަންނަވަނީ އެއީ އެމްޑީޕީ އަށް އެކަނި ކެމްޕެއިން ކޮށް ދޭން ކަމަށްވާނަމަ އެކަމަކީ އެއީ ޒީރޯ ޓޮލެރެންސް ކޮރަޕްޝަން ތިއަރީ އާއި މުޅިން ޚިލާފު ކަމެކޭ ޒީރޯ ޓޮލެރެންސް ކޮރަޕްޝަން އަކީ އެއީ ސީދާ ޔުނިވަރސަލް ލޯ އޮން ގަވަރނެންސް އޭ މީ ވަރަށް ބޮޑަށް މިގައުމު ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ކާމިޔާބު ކުރުމާއި ދިމާލަށް ދާނެ ކަމެކޭ ރައީސް އިބޫ އަށް މިކަން ވެއްޖެނަމަ ޔޭއް މޭބީ އައި އާސްކްފޯރ ޓޫ މަޗް މޭބީ ދިސް ތިންގް އިޒް އަ މާރސްޓަރ ޕީސް...

  23. Anonymous

    މިކަހަލަހާ ނު ައިމީހުނާ އެކު އެގްރީމަންޓުހަދަމުން މިހިނގާ ކަލޭގެ މިގައުމު ހަލާކުގެ ތެރެއަށް އެއލާލާފަ މަރުވެގެންދާނީ

  24. ބާރީ

    ނޫހުގެ އެޑިޓަރ ހޯދާ މީހަކަށް އެންމެ 500 ޑޮލަރ ދޭން ކަލެއަށް ލިބުނު އިރު 100 މިލިޔަން ޑޮލަރ ރާއްޖޭގެ ނޫހަކުން ހޯދަން ދޯ މި އިންޑިއާ ވަގު ކަލޭގެ މި އުޅެނީ. ކެނެރީ ވަގު ކަލޭގެ އާ ޑީލް ހަދާނީ ބޮޑެތި ވަގުން. އެވަރިހަމަ އިންޑިއާ ވިޔަސް ޔޫކޭ ވިއަސް.

  25. ޑްރީމް

    ފުރަތަމަ ފަހަރަށް ޒީރޯ ޓޮލެރެންސް ކޮރަޕްޝަން ގެ ދަށުން ސީދާ ރައީސް އޮފީހުގައި އެކަން ފަށާ އަދި މުޅި ގައުމަށް އެކަން ފަތުރަން އަޒުމް ކަނޑައެޅީ އެއީ ރައީސް އިބޫއޭ ރާއްޖޭގެ ދިގު ތާރީޚް ގައި ވެސް މީ ޔުނިވަރސަލް ލޯ އެކޭ ގައުމެއް ރަނގަޅު މަގުން ގެންދަން ބޭނުންވާނަމަ މަމެން އުއްމީދު ކުރަމޭ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް އިބޫ އެމްޑީޕީގެ މެމްބަރުންނަށް އެކަނި ކެމްޕެއިން ނުކޮށްދީ މިސާލު ދައްކަވާނެ ކަމަށް އައިހޭވް އަޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ..

  26. ޙުލި

    ކިއްލި ވެސް ވިއްކާ މީހެއްތީ

  27. ާއަލީ

    ކަލޯ ކިތަންމެ ފައިސާ ވެރިޔަކަސް މިގައުމުގަ އެއް ނުފުއްޕޭނެ.

  28. ނިހާން ހަމީދު

    ޓތި ފައްސަތޭކަ ޑޮލަރު އޮޅާލައިފަ ވަރުމާގެ ބޮލުގައި ބައިންދާ މިހިރަދަހި ވަރުމާ ތިމަޅީގައި އަމިއްލަމީހާ ހަލާކުވާނީ

  29. ސައްތާރު

    ފައިސާ ގޯނިގޯނަން އަޅައިގެންގޮސް މައްސަލަ ކަލޭކޮޅަށް ނިންމިޔަސް ތިއީ ގޭން އަދި ކަރަޕްޝަނުގެ ބޮޑުމީހެއް، ނަޝީދު ކިތަންމެވަރަކަށް އުޅުނަސް ތިކަންވިޔަކަނުދޭނެ ދިވެހިި ރައްޔިތުން!

  30. ޒާ

    ބިލިއަނެރެކޯ އެކަމަކު ފައިސާއާއި ހެދި މޮޔަވެފައިވާތަން މިފެނުނީ. އޭނާ ހޯދަން ބޭނުން 100 މިލިއަން ޑޮލަރު. އޭނާ ދޭންބުނީ 500 ޑޮލަރު. އޭނައާހީކުރަނީ ދިވެހިރާޢްޖެއަކީވެސް އިންޑިއާގެ ފަގީރު އަވަށެކޭ.

  31. ދަސީލާ

    މަލީހު ހިންގަވާ ސައެންސް އެން ޓެކްނޮލޮޖީގެ މިނިސްޓްރީން އިނޮވޭޓިވް ބައި ވާރކް މިއުސޫލުން އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނެއޭ މިކަން ކުރެވޭނީ ރާއްޖޭގައި މާލެ ސަރަހައްދުގައި އައިޓީ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނި ތަކާއި ގުޅިގެން މިކަން ކުރަން އުޅުނިއްޔާއޭ މިހާރުވެސް ރިސޯރޓްސް ތަކުގެ އައިޓީ ޑިޕާރޓްމެންޓްގެ ހެޑުންނަށް ދިވެހިންނަށް ވަޒީފާ ނުދީ ބޭރުމ،ހުންނަށް އެވަޒީފާ ތައް ދެމުންދާއިރު މަލީހަށް އެކަން ކޮންޓްރޯލް ކުރުމަށް ޓަކައި ތައްޔާރު ކުރި ޕޭޕަރ އަކީ ކޮބާ ނެތް ދޯ ދެން ސީލަބަލަ މަލީހު ސީލާ ސީލާ ސީލާ ދަ ސީލާ..

  32. ސަޓޯ

    ރައްޖެ ވިއްކަން އުއުޅޭމައްސަލައިގަ ގަންޖާ ނަޝީދު ކަނޑު ފައްތަން ގަސްތު ކުރަން ވީނު