އައްޑޫ ސިޓީ ހިތަދޫ މަސް ފެކްޓަރީގައި ރޯވެ، ތަނުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެ މަސްފެކްޓަރީ ވަރަށް ބޮޑަށް އަދާފައިވާ އިރު، އަލިފާން ނިއްވުމުގައި ވަގުތުން ސިފައިންނާއި އާންމު ރައްޔިތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ސިފައިން ބުނެފައި ވަނީ އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައި ވަނީ 17:53 ގައެވެ.

އައްޑޫ މަސް ފެކްޓަރީގައި އަލިފާން ހިފަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަށްވެސް ރިޕޯޓް ކޮށްފައެއް ނުވެއެވެ. އެމްއެންޑީއެފްއިން ބުނެފައި ވަނީ އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ފެކްޓަރީގައި ބޭނުންކުރާ އެތައް އެޗަކަށް ގެއްލުންތަކެއް ލިބިފައިވާ އިރު، ގެއްލުމުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކެޔޮޅު

    މިސަރުކާރު އައިފަހުން ކުންފުނިތައް ފެޅުމާ ރޮއިވުމާ ވަރައްގިނަ އެއީވަގުންނާއެކު ބައިއަޅާގޮތައް ހިންގާބޮޑު ހިޔާނާތެއްކަމައްބެލެވޭ ،

    25
    1
  2. ކަލޯގްރޫޕް

    މަކަރާއި ހީލަތުން ވެރިކަމަށް އާއި އަނިޔާވެރި އިބޫގެ ސަރުކާރަކީ ސުންޕާ ކޯފާއެއް

    26
    3
  3. ހުޅުރާއްޖެ

    ހުޅުރާއްޖޭގައި ހުޅުޖަހައި ނޫން ގޮތަކަށް ޖަޒީރާ ރާއްޖެއަކަށް ނުވާނެއެއް ނޫންތަ؟

    25
    1
  4. ކިންގްފިޝަރ

    ތިޔައީ މާޓިއަރާ ރަޝީދު ހުޅުވި ފެކްޓަރީތަ؟

    11
  5. ނަސީދު

    ކަޓުވާލީ މެސިނަރީސް ދެންއަޑު އިވޭނީ ކޮންމެވެސް އެހެންނަމެއްގައި އަމިއްލަމީހަކު ފެއްކްޓްރީއެއްހުޅުވާއަޑު މިގޮތައް ލިތަންވެސް ދެރަވޭ ބަޓް ރިއަލިޓީ ހާމަކޮއްލީ

    21
    1
  6. އަލީ

    ޥަރަށް ދެރަ!!

    19
  7. ފުނަދޫ

    މިސަރުކާރު އައިފަހުން ކޮއްމެވެސް ހާދިސައެއް ނުހިނގާދުވަހެއްނުދޭ ގައުމެއްގެ ވެރިކަމެއްފޭރިގަނެފިއްޔާ އެގައުމަކައް ކުރިމަތިވާނީ ނުސް މުސީބާތް ނުރައްކާތެރިކަމެއް

  8. ޢާސިދާ

    ޓތިޔަހެރަ ފޯރި ހިއްޕަނީ ރަނގަޅައް ތަހުގީގު ކުރުމައް ބޭނުންވާނެ

  9. ޒާ

    އަލިފާނުގެހާދިސާއަކީ އައްޑޫއާށް އާކަމެއްނޫން. ނަޝީދުގެ ވެރިކަން ނިންމާލީވެސް އައްޑޫގައި ހުރި ދައުލަތުގެ މުދަލުގައި ހުޅުޖަހާފައި އެތައް ގެއްލުމެއް ދީފަ.