ކްރިސްޓިއަން ދީން ފަތުރައިގެން، ރާއްޖެއިން ޑީޕޯޓު ކޮށްފައިވާ އެއްވެސް ފަރާތަކަށް އަނބުރާ ރާއްޖެ އާދެވިގެން ނުވާނެ ކަމަށް، މައްޗަންގޯޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އިބްރާޙިމް މުޙައްމަދު (އިއްބެ) ވިދާޅުވެއްޖެއެވެ.

އިއްބެ މިހެން ވިދާޅުވީ، އެކަމާ ގުޅޭގޮތުން ކުރައްވާފައިވާ ޓުވީޓެއްގައެވެ.

"ކްރިސްޓިއަން ދީން ފަތުރައިގެން ޑީޕޯޓް ކުރެވުނު އެއްވެސް މީހަކު އަލުން ދިވެހި ފަސްގަނޑަށް ވަނުމަކީ ޤާނޫނު އަސާސީން އިސްލާމް ދީނުގެ ބެލެނިވެރިކަން ހަވާލުކޮށްފައިވާ ފަރާތްތައް ސަމާލުވާން ޖެހޭނެ ކަމެއް. އެފަދަ މީހުން އަބަދުވެސް އަންނާނީ އެކި އެކި ނަންނަމުގައި." އިއްބެ ގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

އިއްބެ މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރައިގެން ޑީޕޯޓު ކޮށްލާފައިވާ ޑޭވިޑް ހާޑިންހަމް، މިހާރު ރައްޖޭގައި ކުރިއަށްދާ ޕެރެމޯޓާ ހަރަކާތުގައި ބައިވެރިވުމަށް، އޭނާ ރާއްޖެ އައިސްފައި ވުމުން، އެވާހަކައަށް ރިއާޔަތް ކޮށެވެ. މި ހަރަކާތަކީ، ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ އަދަދު މަދުކުރުމުގެ ގޮތުން މީހުން ހޭލުންތެރިކުރުމަށް ހިންގާ ހަރަކާތެކެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އިއްބެ ވިދާޅުވީ، އެކި ނަންނަމުގަ އަންނަ މިފަދަ ފަރާތްތަކާއި މެދު، ސަރުކާރުގެ އެކި ވުޒާރާތަކުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި، މިއީ އަޅުގަނޑުމެންގެ އަޤީދާ ވަގަށް ނަގަން ކުރާ މަސައްކަތެއް ކަމަށެވެ.

"މިފަދަ މީހުން އަންނާނީ އެކި ކަންކަމުގަ. އަޅުގަނޑުމެންގެ އަޤީދާ ވަގަށްނަގަން ކުރާ މަސައްކަތަކީ އެންމެ ބޮޑު ބަޣާވާތް. މިކަންކަން އިސްލާމިކް މިނިސްޓްރީންނާއި އިމިގްރޭޝަންގައި މަސައްކަތް ކުރައްވާ ފަރާތްތަކުންވެސް އެބަ ޖެހޭ ބައްލަވަން. އަޅުގަނޑުމެންގެ އަޤީދާ ބަލިކަށިކޮށްލުމަށް އެއްވެސް ފަރާތަކަށް އެ ފުރުޞަތު ދީގެން ނުވާނެ." އިއްބެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފެންނާކަށް..

    އެއްވެސް ހުއްޖަތެއް ޤަރީނާއެން ވާހަކައެއްތީ، އެވެސްމީހެއްގެ ފިކުއެއް ނުހުންނާނެ ފެންނާކަށް

    3
    31
    • ދޮން

      މިހާރު ކަލޭގެ ފިކުރުވެސް ތިއޮތީ ހާމަޔަށް ފެންނަން.

      9
      3
  2. ވެރިން

    ވަރަށް ރަނގަޅު ވާހަކައެއް ،އެގޮތަށް ބޭރުކޮށްފަ ހުރިމީހަކު މިދިވެހިފަސް ގަނޑަށް އެރުނަ ދީގެން ނުވާނެ.މިހާރުން މިހާރަށް އޭނަ ބޭރުކުރޭ

    50
    1
  3. ޝޯލާ ސިސްޓަމް

    ޑޭވިޑުހަޑިންހަމް ހަމަމިހާރުންމިހާރއްމިގައުމުންބޭރުކުރޭ އަންނީގެރޭވުންކާމިޔާބުވިޔަދީގެންނުވާނެ....،..

    15
    1
  4. ޖަޒީރާމަނިކު

    އަންނިގެ ބާރުކުޑަކޮށްނަމަވެސް ހިނގާ ސަރުކާރެއްގައި ހާޑިންހަމް މިރާއްޖެއަށް ނުގެންނާނެ ހަމަ އެއްވެސް ގޮތެއްނޯންނާނެ. ވެގެންވަންޏާ ސަރުކާރުގެ ވަޒީފާއެއްވެސް ދޭނެ. އަންނި އިނގިރޭސި ވިލާތުގައި ފައްޅީގެ އެހީގައި ދިރިއުޅުނީ ހާޑިންހަމް މެދުވެރިވެގެން.

    13
  5. ބުރޯ

    އެހެން ވިއްޔާ ނަސީދު ވެސް ޖެހޭނީ އިގިރޭސި ވިލާތަށްއަރުވާލަން ޑޭވިޑް ހާންޑިމް އާ ނަސީދާ މިއީ އެއް ދީނުގެ ދެމީހުން. އޭނަޔަށް ވެރިކަންލިބުނީމަ މާލެގެނެސް ރައިސް އޮފީހުގާ ބެހެއްޓީ އެހެންވެ

    12
  6. ކޮރަލް

    އަންނި އާ ގުޅިގެން މިލިއަން ގެ ވިޔަފާރި ކުރަން އުޅެނީ ހެން ހީވެއެވެ.

    21
  7. /':

    ރޭސިސްޓް ވާންވެސް ހަމައެއްވަނަ. ތިހެން ގަދަކަމުން މަޖުބޫރުން ނަމުން އިސްލާމް ކަންމަތީ ބޭތިއްބި ދާނެ. އެކަމަކު ފިކުރެއް ބަދަލެއް ނުކުރެވޭނެ. އެމީހެއްގެ އަގީދާގަ ހިފަހައްޓާ އެމީހަކު.

    3
    12
  8. ޗިއްލޫ

    މިގައުމަށް ޖެހިފަވާ ސިޔާސީވަބާގެ ސަބަބުން މިގައުމުގަމިވާ އިސްލާމްދީނަށް އަސަރު އެބަކުރޭ، އެމްޑީޕީއަށް ސަޕޯޓްކުރާ އެޕާޓީގެ އިސްސަފްގަ ގިނައީ މިގައުންމުން އިސްލާމްދީން ފޮހެލަން މަސްއްކަތްކުރާ ބޭރުގެ ފަރާތްތަކުން ގެންގޔޅޭ ޕަޕެޓުން ރައްޔިތުން މިކަމާމެދު ފުންކޮށް ވިސްނަންއެބަޖެހޭ!

    14
  9. ޖޯކު

    އިއްބޭ އެއީ މަޢުމޫނުގެ އަދި ޔާމީނުގެ އަނިޔާވެރިކަން. އެމީހުންގެ ބޮލުގަ އިލްޒާމެއް އަޅުވާ ފްރޭމް ކުރީ . އެމީހުން އާދެވެން ވާނެ.

    2
    3
  10. ކާފަ

    ލާދީނީ ފިކުރީ ހަނގުރާމައިގަ ދިވެހިންގެ ތެރޭ ބައިބައިވުން އުފައްދަން ގެންނަ މި ގައުމުގެ ދުސްމަނެއް ތީ. ޢޭނަ ބޭރުކުރޭ. ނޫނީ ލޭކެކި ގައުމަށްޓަކާ ނިކުންނަން ޖެހިދާނެ

  11. އެންދެރި

    ޑޭވިޑް އަށް ވިޔަފާރި ތަކެއް ދީގެން ނުވާނެއެވެ. ޑީޕޯޓް ކޮށްލަން ވީއެވެ.