ފެނަކަ ކޯޕަރޭޝަންގެ ސ. ހުޅުމީދޫ ބްރާންޗްގެ ޑެޕިޔުޓީ ޑިރެކްޓަރ މަގާމުގައި ހުރި މުހައްމަދު އަޒްލީން އެ މަގާމުން ވަކިކޮށްފިއެވެ.

އޭނަ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

2014 ވަނަ އަހަރުން ފެށިގެން ފެނަކަ ހުޅުމީދޫ ބްރާންޗްގައި މަސައްކަތް ކުރަމުންދިޔަ އަޒްލީން އެ މަގާމުން ވަކިކޮށްފައިވަކަމަށް ބުނެ ދިން ލިޔުމުގައި ބުނެފައި ވަނީ، އެ ކުންފުނީގެ މުވައްޒަފުންގެ ގަވާއިދުގެ 2015ގެ 34.8 މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މި މުވައްޒަފު ކުންފުނީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުން ލިބިދާނެ ކަމަށެވެ.

އެހެންވެ އެ މަގާމުން އަޒްލީން ވަކިކޮށްފައިވާކަމަށްވެސް، އެ ލިޔުމުގައި ބުނެފައި ވެއެވެ.

އަޒްލީން އެ މަގާމަށް އައްޔަންކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ވަޒީފާގައި ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުންވާނެ ކަމަށް ބުނެ ފެނަކަ އެކި ބްރާންޗްތަކުގެ މުވައްޒަފުން ވަކިކުރަމުން އެބަދެއެވެ.

ދާދިފަހުުން ފެނަކަ ސ.ހުޅުމީދޫ ބްރާންޗްގެ ޑިރެކްޓަރ، ޙުސައިން މުފީދުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިޙުގެ ކެމްޕެއިންގައި ވިދާޅުވަމުން ގެންދެވީ އެމީހަކު ހުންނަ ސިޔާސީ ފިކުރުގެ ސަބަބުން އެމީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ. ނަމަވެސް ކަންވަމުންދަނީ އެގޮތަށް ނޫންކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ބަނާނަ މޭން

  ސިޔާސީވިސްނުން ގޯސްވެގެންނޫން މިއުޅެނީ ސަރުކާރާއި ރައްޔަތުން ޖައްސަންވެގެން ފެނަކަބުރާޗުތަކުން އަގުބޮޑުބޮޑުކޮއް ބިލްކުރަނީ.....

  1
  11
 2. ވެރިން

  ކަރަންޓް ބިލް ކުޑަކުރާނަމޭ ކިޔާފަ މުޅިން ވެސް ދޮގު ހަދަނީ،މިދިޔަ މަހަށް ވުރެން މިމަހު ބިލު ބޮޑު،ބޭނުން ކުރަނީ ހަމަ މިދިޔަ މަހުވެސް ބޭނުން ކުރި އެއްޗެހި އެއްވެސް އެއްޗެއް އިތުރައް ނުވޭ އެކިމަކު ބިލުގެ އަދަދު އިތުރުވި

  10
  1