އިންޑިއާ އާއި ދެކޮޅަށް ވާހަކަދައްކާތީ ދިވެހި ސިފައިން ކަންބޮޑުވާކަމަށް ނުސީދާ ގޮތެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފައިންގެ ނަން ނުގެނެސް ނަމަވެސް އެކަމަށް އިޝާރާތްކޮށް މިއަދު މިނިސްޓަރ މާރިޔާ ވިދާޅުވީ ބަޔަކު ދަރުބާރުގެއަށް ވަދެ ދައްކަމުންދާ ވާހަކަތަކާއި މެދު ދިވެހި ސިފައިން ކަންބޮޑުވާ ކަމަށެވެ.

މިނިސްޓަރ އިންޑިއާގެ ނަން ފާހަގަ ނުކުރެއްވި ނަމަވެސް އެކަމަނާ އިޝާރާތް ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ޕީޕީއެމްއާއި ޕީއެންސީއަށް ނިސްބަތްވާ ބައެއް ބޭފުޅުންނާއި ސަރުކާރާއި އިދިކޮޅު ބައެއް ބޭފުޅުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރަން ޖެހޭ ކަމަށްބުނެ ދަރުބާރުގޭގައި ބާއްވަމުން އަންނަ ބައްދަލުވުންތަކަށް ކަމަށް ބެލެވެއެވެ.

އިންޑިއާ ބޭނުންނަމަ ވަރަށް ފަސޭހައިން ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވާތީ އެމައްސަލައިގައި ސުވާލު ކުރަން މިއަދު މަޖިލީހަށް ހާޒިރު ކުރުމުން މިނިސްޓަރ މާރިޔާ ވިދާޅުވީ
ސިފައިން ތިބީ ބަދަހިކޮށް ކަމަށާއި، ދިވެހި ސިފައިންގެ ތެރޭގައި ތިއްބެވި ބޭފުޅުންނަކީ ކިޔަވައިގެންތިބި، ގާބިލް ތަންދޮރު ދަންނަ އިހުލާސްތެރި ބޭފުޅުންކަމަށާއި، ބަޔަކު ދައްކާހާ ވާހަކައަކަށް ސިފައިން ގުޑުގުޑެއް ނާޅާނެ ކަމަށެވެ.

އެހެން ނަމަވެސް، ބަޔަކު ދަރުބާރުގެއަށް އެއްވެ ދައްކަމުންދާ ބައެެއް ވާހަކަ ތަކާއި މެދު ސިފައިން ކަންބޮޑުވާކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާ ވަނީ އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެފައިވާ މައްސަލައިގައި މިއަދު މަޢާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް އިންޑިއާގެ ދިފާޢުގައި ސަރުކާރުން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް މިނިސްޓަރ މާރިޔާ މިއަދު ވެސް ދިފާޢު ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އާދަނު

    އިންޑިޔާއާ ދެކޮޅަށް ދިވެހިން ވާހަކަ ދައްކަން ޖެހުނީ، އިންޑިޔާގެ މިހާރުގެ ސަރުކާރުން ދިވެހިރާއްޖެއަކީ އިންޑިޔާގެ ބެކްޔާޑް ކަމަށް ބުނުމުން.
    ހަޤީޤަތުގައި ދިވެހި ސިފައިންނަކީ ދިވެހި ލޭހިނގައި ދިވެހިރާޢްޖޭގެ ދިފާއީ ބާރުނަމަ އިންޑިޔާއަށް ފާރަވެރިވެ އެމީހުންނަކީ ކެވުނުގޮތަކުން ކައި ހިފުނު ގޮތަކުން ހިފާނެ ބައެއްކަން ދެނެ އެކަމަށް ފާރަވެރިވާނީ. އެމީހުންދެކެ ބިރުން އެކަމާ ކަންބޮޑުވެގެނެއް ނޫޅޭނެ. މާރިޔާމެން ވެރިކަމުގެ ދަހިވެތިކަމުގެ ދިވެހިރާޢްޖެ ނީލަން ކިޔައިގެންނު ތިތިބީ. ރީތި ގޮތަކަށް ކަލޭމެންގެ ކަންކަން ނިމިގެންދާނެ. އިންޝާﷲ.

    42
  2. ހުމޭ

    ތިކަންބޮޑުވުންތަށް ނައްތާލުމަށް ދިވެހިން އެމީހުންގެ މިނިވަންކަމަތީ ތިބެވޭތޯ ބަލާބަލަ. އިންޑިޔާ ސިފައިންގެ ބަންކަރަކަށް ދިވެހިރާޢްޖެ ނުހަދަބަލަ. މިތާނގަ މިހާރު އެންމެ ގިނައީ އިންޑިޔާ ސިފައިން، ހަމަޔަގީނުންވެސް 3000 އެއްހާ ސިފައިން މިތާނގަ އެބައުޅޭ. އެކަމާހުރެތަ ސިފައިން ބިރުން އެހަލާކުވަނީ؟

    33
  3. Anonymous

    ތިހާ ބިރުގަންނަ، ފިނޑި ބަޔަކު ދިވެހި އަސްކަރިއްޔާގެ ނަމުގައި ތިބޭނެ ކަމެއްނެތް. މަހަށްދާންވީ. އިންޑިޔާއިން ކަލޭމެން އެތެރެކޮށްފަ އެއޮތް ލަޝްކަރު ގައުމުގެ އެކިސަރަހައްދު ތަކަށް ބަހާލަ. މިތަން ރޭޕިސްތާނަށް ހަދާލަ.

    29
    3
  4. އސލ

    މާރިޔާ އަމިއްލަ ޤައުމަްށްވުރެ ލޯބިވާ އިންޑައާއަށް ދޭބަލަ

    33
  5. ޕީޖޭ

    ވަަރަށް ބޮޑަށް ކަންބޮޑުވޭ އިންޑިޔާ ސިފައިން ހެލިކޮޕްޓަރ އޮޕަރޭޓް ކުރަން އަދި ޕޮލިސް އެކަޑަމީ ހަދަން ކަމަށްބުނެ މިދިވެހި ބިމުގައި ތިބޭތީވެ..އިންޑިޔާ މީހުން ދެކެ ރުޅިއެއް ނާދޭ..ނަމަވެސް އެއްވެސް ގަވްމެއްގެ ސިފައިން މިރާއްޖޭގައި ދާއިމަށް ތިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން..ވީއެންމެ އަވަހަކަށް ސިފައިން ފޮނުވާލުން އެއީ އުއްމީދަކީ..

    30
  6. ސޯޕް ލައިޓް ބްރަދަރ

    އިންޑިޔާގެ ޖާސޫސީ ސިފައިން ޓްރެކް ސަރަހައްދުގައިވެސް ބޮޑުބަލާއެއް މިޔޮތީޖެހިފައި މިހާރު އަހަރުމެންނަށް މިތިބެނީ ހަމަކިރިޔަ ކިރިޔާ !!!!

    10
  7. އެހެންތަ

    މާރިޔާ އިންޑިއާއި އެއްކޮޅަށް ހުންނާތީ ހައްޔަރު ކުރަންޖެހޭ މިއީ ރާއްޖެ އިންޑިއާއަށް ވިއްކި ގައުމީ ހާއިނެއް .

  8. Anonymous

    ދިވެހި ސިފައިންނެއްނޫން ތި ކަންބޮޑުވެގެން އުޅެނީކީ. މާރިޔާ އާއި ރީދޫ ބައިގަނޑު ތިހާ ކަންބޮޑުވެގެން ތި އުޅެނީ.

    11
    1
  9. Anonymous

    ޢަހަރެމެން ހިންދު ކަރަ ފަތަހަކޮއް އަނެއްކާވެސް މުސްލިމުން ބާރުގެ ދަށައް ހިންދުކަރަ ގެންނާނަން.އަދި މިކަމާ ދެކޮޅައް ނުކުންނަ ކޮންމެ މީހަކު ގަތުލުލu ކުރާނަން. ޢިންޑިޔާ ހަނދާން ނައްތާލާ . ޢަމިއްލަޔައް ކަން ބޮޑު ތިވަނީ. ލާދީނީ އަމާރިޔާ