ފަތުރުވެރިންނަށް އުނދަގޫވާތީ އުކުޅަހުގެ މިސްކިތެއްގައި ބަންގި ނުގޮވާކަމަށް ވިދާޅުވެ އައްޝައިހް އަލީ ޒައިދު މީސް މީޑިއާގައި ފަތުރަމުން ގެންދަނީ ދޮގު މައުލޫމާތު ކަމަށް އެރަށު ކައުންސިލުންނާއި ރަށުގެ ރައްޔިތުން ބުނެފިއެވެ.

ޒައިދު ފޭސްބުކްގައި ޕޯސްޓް ކޮށްފައިވާ އޭނާ އަށް ލިބުނު ކަމަށް ބުނާ މެސެޖެއްގައި ބުނެފައި އޮންނަނީ އުކުޅަހު މިސްކިތެއްގައި ފަތިސްނަމާދުގެ ބަންގި ތާޅަފިލިން ނުގޮވާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. ބަންގި ނުގޮވަނީ ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް އަންނަ ފަތުރުވެރިންނަށް އުނދަގޫ ވާތީ ކަމަށް ބުނެ ކަމަށް ވެސް އެ މެސެޖްގައި ވެއެވެ.

ޒައިދު ވިދާޅުވީ އެއީ އޭނާއަށް އިއްޔެ ލިބުނު މެސެޖެއް ކަމަށެވެ. އެއީ ތެދެއްތޯ ސުވާލު ކުރެއްވުމަށް ފަހު ޒައިދު ވިދާޅުވީ "މިއީ ތެދެއްނަމަ ދެން ބުނެވޭނީ ސުބްހާނަﷲ އޭ ކަމަށެވެ. ކޮން ފަދަ ބޮޑު ޖަރީމާއެއްހޭ."

ޒައިދުގެ ޕޯސްޓާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް އިބްރާހިމް ޝައުކަތު ވިދާޅުވީ ޒައިދުގެ ޕޯސްޓްގައި ހުރި މައުލޫމާތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އިލްމުވެރިއެއް ކަމަށް ވަންޏާ ޝައިހް ޒައިދު ވެސް ތެދު ދޮގު ބަލާފައި މައުލޫމާތު ފަތުރަންވާނީ. މިރަށުގައި އެބަތިބި މުދިމުން. ރަށު ކައުންސިލް އެބައޮތް. ކައުންސިލަރުން އެބަތިއްބެވި. އެއިން އެއްވެސް ބޭފުޅަކަށް ގުޅުއްވާލައްވާފައި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރައްވާފައި މައުލޫމާތު ފަތުރުއްވަން އޭނާ ނޫޅުއްވާ. ވަރަށް ގޯސްކޮށް ޝައިހް ޒައިދު ކުރައްވާފައިވާ ކަމެއް އެއީ. ރަށުގެ މަސްލަހަތު ގެއްލި އަމަންއަމާންކަން ގެއްލި އެހެން މީހުން މި ރަށަށް ކުރާ އިތުބާރު ގެއްލިގެން ދާނެ ކަމެއް އެކުރެއްވީ." ކައުންސިލް ރައީސް ޝައުކަތު ވިދާޅުވިއެވެ.

ޝައުކަތު ވިދާޅުވީ ޝައިހް ޒައިދު ދެއްކެވި ވާހަކަފުޅުގެ ސަބަބުން ވެރިންނާއި ރައްޔިތުން ޖެހި ރަށުގައި ފިތުނައެއް އުފެދިގެން ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން އެވާހަކަފުޅު. އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން ޝައިހް ޒައިދު އެދެއްކެވި ވާހަކަފުޅާއި ގުޅިގެން." ޝައުކަތު ވިދާޅުވިއެވެ.

އުކުޅަހަށް ޒިޔާރަތް ކުރާ ފަތުރުވެރިން ރަށުތެރޭގައި ބިކިނީގައި އުޅޭކަމަށް ވެސް ޒައިދު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެވާހަކަ ވެސް ވިދާޅުވެފައި ވަނީ މައުލޫމާތު އޮޅޭ ގޮތައް ކަމަށް ޝައުކަތު ވިދާޅުވިއެވެ.

"މިހާރު ވެސް މިރަށުގައި 400 ފަތުރުވެރިން އެބަތިބި. އެފަދަ ގޮތަކަށް ފަތުރުވެރިޔަކު ރަށު ތެރެއިން މިފެންނަނީ އަހަރަކު އެއްފަހަރު. އެހައި ވެސް މަދުން. އަޅުގަނޑުމެން މިގެންދަނީ ފަތުރުވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ނަމަވެސް މައުލޫމާތު ނޭނގިގެން ފަތުރުވެރިޔަކު އެގޮތައް ރަށުތެރެއިން ފެނުނަސް ހަމަ ވަގުތުން އޭނާ އަށް މައުލޫމާތުދީ އެކަން ހައްލު ކުރެވިފައި ވާނީ." ޝައުކަތު ވިދާޅުވިއެވެ.

އުކުޅަހުން "ވަގުތު" އަށް މައުލޫމާތު ދިން އާއްމު ރައްޔިތުން ވެސް ވަނީ ޝައިހް ޒައިދުގެ ވާހަކަތައް ދޮގު ކޮށްފައެވެ. އެރަށު ރައްޔިތުން ބުނީ ރަށުގެ ރައްޔިތުންނަކީ އިސްލާމްދީނަށް ލޯބިކުރާ ބައެއް ކަމަށާއި މިސްކިތްތަކުގައި ބަންގި ގޮވުން ހުއްޓާލައިފިނަމަ ރައްޔިތުން ވެސް މަޑުން ނުތިބޭނެ ކަމަށެވެ.

ޒައިދު މީގެ ކުރިން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާއި ގުޅިގެން ވެސް ބައެއް މީހުންގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވެއެވެ. އެގޮތުން ރާއްޖޭގެ ރަށެއްގެ 70 އިންސައްތަ މީހުން ރަމަޟާން މަހު ރޯދަ ނުހިފާކަމަށް ޒައިދު ވިދާޅުވެ، އެކަމުގެ އެއްވެސް ހެއްކެތް ނުދެއްކުމުން އޭނާ އަށް ކުރިން ފާޑުކިޔުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިބޫ

    ޝޭޚުން ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވާނެ. އެކަން ކުރާނީ ރައްޔިތު މީހާ، ވަރަށް ސަލާމް

    30
    6
    • #

      ޝޭހަކު ބުނެއްޖެއްޔާ ގަބޫލުކުރާތި ކޮންމެ ކަމެއް ވެސް. އެހެޔޮ އަމިލަައަށް މަރުވުމަކީ ކޮންމެ މުސްލިމެއްގެ މަައްޗަށް އުމުރުން އެއްފަހަރުކުރުން ވާޖިބުވާކަމެކޭ ބުންޏަަސް!

  2. ޙުއއތު

    ތިޔަކަން ތަހުގީގު ކުރައްވާ ޒައުދަށް މައުލޫމާތު ދިނީކާކުތޯ ބައްލަވާ

    11
  3. ސަރުދާރު

    މީހަކާ ހަސަދަވެރި ވިޔަކަސް ތީދެން ބޮޑުވަރެއް.. ތިޔައީ ކުޑަ އަގަކަށް ފޮތްތައް ވިއްކާ ސޭހެއް.. އަނގަ ހައްދު ޖަހަންވީ..

    8
    7
  4. ވާނުވާ

    ޒައިދުތީ ލާދީނީ ތާކިހާ އެމްޑީޕީ އިން ގަނެގެން އުޅޭ މީހެއް ދެން ހެދޭނެތޯ ތެދެއް .

    11
    4
  5. ޙަސަން

    ޢަދި އެއްފަހަރު ކިޔާލާ ޝޭހްގެ ޕޯސްޓް

    12
    1
  6. ސައްތާރު

    އުކުޅަހަކީ ފެށުނީއްސުރެ އިސްލާމްދީނާ ބީރައްޓެހި ކަންތައް ކުރަމުންއަންނަ ރަށެއް!

    12
    5
  7. އުކުޅަހު މީހެއް

    މިވެސް އުކުޅަހު ރައްޔިތެއް . . ބިކިނީ ގައި އާއްމުކޮށް ފެނޭ. .ފިހާރަޔަށްވެސްދޭެ މަގުމަތިންވެސް ފެނޭ ޕާރކަށްވެސް ދޭ. .އަހަރެމެންނަށް އަހަރެމެންގެ އަތިރިމަތީގެ ހިތްފަސޭހަކަންވަނީ ގެއްލިފަ. .އެއްވެސް ހަމައެއް ލަމައެއްނެތި ގެސްޓުންވަނީ އަތިރިމަތި ފުރާލާފަ ބިކިނީގަ . .މިކަންކަން ހުއްޓުވަން ބޮޑުންގެ އެއްވެސް މީހެއް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވޭ. .

    25
    9
  8. Anonymous

    އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.

    [އަލް ޙުޖުރާތް ސޫރަތުގެ 6 ވަނަ އާޔަތް] މިއީ ޝައިޙް ރަށްޔިތުންނަށް ކިޔާދެއްވާ ކީރިތި ގުރުއާން ގެ އާޔަތް ތަކުގެތެރެއިން އާޔަތެކެވެ. ޝައިހް ގެ ބަހާ އަމަލާ ދިމާނުވާކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިހާރު އެގިހާމަވެއްޖެއެވެ. ޙަބަރު އާއްމު ކޮއްލެއް ވުމުގެ ކުރިން ﷲ ސުބުހާނަހޫ ވަތައާލާ ގެ ވަހީ ބަސްފުޅު ހިތްމައްޗައް ގެންނެވިނަމަ ކަމާބެހޭ ފަރާތް ތަކުން ޝައިހް ގެ ބައި ވެހިވުމާ އެކުގެނާއި ސަރުކާރުން ތެދުމައުލޫމާތު ހޯއްދެވޭނެ ނޫންތޯ؟ ހުރިހިތާމައެއްގެ ބޮޑުކަމާ އޭ ގައުމު ހަލާކެއް ގެ ތެރެޔަށް ގެބިގެން ދާ ބޮޑު މަންޒަރު ފެނުމުން ދެލޮލުން ފާއި ބަނީ ކަރުނައޭ

    12
    4
  9. ރަޝީދު

    ކައުންސިލަރުން މޮޔަވީތަ؟ ބަލަ ޒައިދު ނުބުނެއޭ އެއީ ތެދެކޭ. ޒަޢީދު ބުނީ އޭނައަށް މީހަކު ފޮނުވާފަ އޮތް މެސެޖެކޭމިއީ، މީއީ ތެދެއްތޯ ސުވާލުކޮށްފަ އޮތީ، އެއީ ތެދެއްނަމަ، ސުބުހާނަﷲއޭ. ބުނީ... މީކީ ދޮގު ހެދުމެއްނޫން.

    32
    5
  10. ދަސްވީފަހުން4548

    ޒައިދޫ ކިހާދެރަކަމެއް ތިބޭފުޅާ ތައުބާވެ ރައްޔިތުންގެ ކިބައިން މާފަށް އެދުން ކިހިނެއްތޯވާނީ

  11. ހެޔޮނުބަި

    ބާރުވެރިކަމެއް ނެއް ގާބިލުކަމެއް ނެއް މީހުން އިސް ނުކުރުމަށް މާތްނަބިއްޔާ (ސއވ) ވަނީ އަންގަވާފަ އެފަދަކަންކަމަށް ޝޭހުން ބާރުއެޅުމަކީ ދެރަކަމެއް އެގޮތުން ތިޔަޝެހާއި ހަށިން ބޮޑުޝޭހާއި ބުރުގާ އެޅި ޝޭހުވެސް ތައުބާވާންޖެހޭ އަދި މީސްތަކުން ކިބައިން މާފަށްވެސް އެދެން ޖެހޭނެ

    3
    1
  12. އެންދެރި

    ގެސްޓް ހައުސް ހުންނަ ރަށްރަށުގެ ގިނަ މީހުންނަށް ފެންނާ ނީ ޑޮލަރެވެ. ހަގީގަތް އެނގޭނީ ރަށައް ގޮސް ބެލިމައެވެ.

  13. ހަލީފާ

    ސައިހު ސަޢީދު އަކީ މުނާފިގެއް.

  14. ޥިންދު

    ބިކިނީގައި އުޅެން ވަކި ސަަރަޙައްދެއް ހެދީ ކޮން ހަމައަކުންތޯ.