ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިސްތިހާރު ކުރުމަށް "ވަގުތު" އިން ކޮށްފައިވާ އިއުލާނާއި އެއްގޮތައް އުނގޫފާރު ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި އަބްދުލް މަތީން ހަމަޖައްސާ އޭނާ އާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މަތީން ވަނީ އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައެވެ. މަތީން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ގެންދަވާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.

މަތީން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

މިހާތަނަށް ކެންޑިޑޭޓުން "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ޕެކޭޖް ނަންގަވާފައި ނުވާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް އަދިވެސް "ވަގުތު" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިހާތަނަށް ތިމަރަފުށީ ދާއިރާ، ހިތަދޫ މެދު ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، ކާށިދޫ ދާއިރާ، ފޭދޫ ދާއިރާ، ގަމު ދާއިރާ، މައްޗަންގޯޅީ މެދު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، އުނގޫފާރު ދާއިރާ، ގައްދޫ ދާއިރާ، ހިތަދޫ އުތުރު ދާއިރާ، ވިލިގިނލީ ދާއިރާ، ތިނަދޫ ދެކުނު ދާއިރާ، ނައިފަރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ ގެމަނަފުށީ ދާއިރާ އަދި ތ.ގުރައިދޫ ދާއިރާ، ކިނބިދޫ ދާއިރާ، ހުޅުމާލެ ދާއިރާ އަދި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން "ވަގުތު" ގައި އިސްތިހާރު ކުރާނެ ކެންޑިޑޭޓުން މިހާރު ވަނީ ނިންމާފައެވެ.

"ވަގުތު" ގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 7907173 އަށެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިލެކްޝަންސް ކޮމިޝަނުން ތަރުތީބު ކުރުމުގެ ކުރިން ވެސް "ވަގުތު" މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އެޕްރީލް 6 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖައުހަރީ

    އުނގޫފާރު ދާއިރާގެ ގިނަ ރައްޔިތުން މިފަހަރުތިބީ ވެވުނު އެއްބަސްވުމާއެކު މަތީނަށް ވޯޓްދޭން ތައްޔާރުގައި. ވެވުނު އެއްބަސްވުމަކީ ފުރަތަމަ ، އުނގޫފާރު ، ދެން މާކުރަތު ދެން ހުޅުދުއްފާރު. މިފަހަރުމީ ހުޅުދުއްފާރު މީހެއް ނަގަންޖެހޭ ފަހަރު. މިދާއިރާގެ ޕީ،ޕީ،އެމް، ގިނަ ބޭފުޅުން ވަނީ މަތީނާއިއެކުގައި. މަތީން ޓިކެޓް ނެންގެވިއަސް ވޯޓްދޭނީ ހަމަ މަތީނަށް...

    5
    1
  2. ދުއާ

    އުނގޫފާރު ރައްޔިތުންގެރ ރޫހާ އެއްގޮތަށް މަތީނު ހޮވުމަށް ކުރަމުން ދާ މަސައްކަތަށް އެކި މީހުން މެދުވެރި ކޮށްގެން، ޖޭޕީ ގާސިމް ގެންދަވަނީ ވަރަށް މަސައްކަތް ކުރަމުން. ގާސިމް އަކީ ހުރިހާ ގޮތަކުން ވަރަށް ފުދިގެން ހުންނެވި ބޭފުޅެއް. އެހެން ވީމާ ނިކަމެތި ރައްޔތުންނަށް އަނިޔާވެރި ނުވެ، ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމް ކުރުމަށް ނަސޭހަތްތެރިވަން. އިރާދަ ކުރެއްވިއްޔާ މިފަހަރަކީ މަތީނުގެ ފަހަރު

  3. ޕާޓީ

    އުނގޫފާރު ދާއިރާއަށް ޔާމީންގެ އިޚްލާސްތެރިޔަކު ކުރިމަތި ލާފައި ހުއްޓާ އޭނާގެ ބަދަލުގައި ގާސިމް ބުނާ މީހަކު ހޮވުމަށް ޔާމީނުގެ އަންހެނުން، ގާސިމާއެކު ބައިއަތު ހިފައިގެން ދާއިރާގެ ރައްޔިތުންނަށް ފޯނުކޮށް އެހެނިހެން ޕްރެޝަރވެސް ކުރަމުން ދާކަމީ ވަރަށް ލަދުވެތި، ދަށު ދަރަޖައިގެ އަމަލެއް. ދާއިރާގެ ރައްޔިތުންނަށް ވާ ވަރަށް ބޮޑު އަނިޔާއެއް.