އިންޑިއާއާ ދެކޮޅަށް ވާހަކަދައްކާތީ ދިވެހި ސިފައިން ކަންބޮޑުވާކަމަށް ނުސީދާ ގޮތެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވުމާއި، ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފާޑުކިޔުންތައް މާރިއާއަށް އަމާޒު ކޮށްފިއެވެ.

ފޭސްބުކްގައި އުމަރު ލިޔުއްވި ޕޯސްޓެއްގައި ވަނީ، ސިފައިން ކަންބޮޑުވަނީ "އަޅުގަނޑުމެން" ދައްކާ ވާހަކައަކުން ނޫން ކަމަށާއި، މި ގައުމުގެ މިނިވަންކަން ގެއްލެމުންދާތީ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމަށް ލޯބިކުރާ އެންމެންވެސް ކަންބޮޑުވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އަދި އަންނަ ހުކުރުދުވަހުގެ ރޭވެސް ދަރުބާރުގޭ ހަކުރާ މާލަމްގައި އެވާހަކަ ތަފްސީލުކޮށް ދައްކަވާ ލައިވްވެސް ކުރާނެ ކަަމަށް އުމަރު ވިދާޅުވިއެވެ.

"މިއީ ނުހިނގާ ކަމަކަށް ހަދައިގެން ނުފެންނަ ކަމަކަށް ހަދައިގެން ތިއްބެވި މެއިންސްޓްރީމް މީޑިއާއާއި، ސިޔާސީ ބައެއް ބޭފުޅުން ފެނުނީމަ ޔަގީން ވާނީ ބޮޑެތި ގައުމުތަކުގެ ނުފޫޒުގައި މިގައުމު ޖެހިފައިވާ މިންވަރު،" އުމަރު ވިދާޅުވިއެވެ.

މިއަދު މިނިސްޓަރ މާރިޔާ ވިދާޅުވީ، ބަޔަކު ދަރުބާރުގެއަށް ވަދެ ދައްކަމުންދާ ވާހަކަތަކާ މެދު ދިވެހި ސިފައިން ކަންބޮޑުވާ ކަމަށެވެ.

މިނިސްޓަރ އިންޑިއާގެ ނަން ފާހަގަ ނުކުރެއްވި ނަމަވެސް އެކަމަނާ އިޝާރާތް ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ޕީޕީއެމްއާއި ޕީއެންސީއަށް ނިސްބަތްވާ ބައެއް ބޭފުޅުންނާއި ސަރުކާރާއި އިދިކޮޅު ބައެއް ބޭފުޅުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރަން ޖެހޭ ކަމަށްބުނެ ދަރުބާރުގޭގައި ބާއްވަމުން އަންނަ ބައްދަލުވުންތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޚް

    މިދުވަސް އަންނާނެ ކަން އުމަރަށްވެސް ކުރިން ވެސް އެގޭނެ. މިގައުމުގެ މިނިވަންކަން މުހިންމު ވެގެން އުޅޭ ދިވެއްސަކު އެބަހުރިތަ؟ މި ކަންކަމާއި ކަންބޮޑުވާ މީހަކު މިގައުމަކު ނެތް. ހުރިހާ ސިޔާސީ މީހުން އުޅެނީ އެމީހުންގެ އަންބޮނޑި ބޮޑު ކުރަން މަޖިލިހަށް ނުވަދެވިގެން. ދީނީ މީހުންކަމަށް ހެދިގެން ތިބި މީހުން ތިބީ ބްލެކްމެއިލް ވެފައި، ކޯޓުތައް އޮތީ ގޮތް ހުސްވެފައި.

    17
    2
  2. އިދުރީހު

    މާރިޔާ ކަލޭ މާފައް އެދުމަކުން ރާއްޖޭގެ ރައްޔިތުންނެއް ކަލެޔަކައް މާފެއްނުކުރާނެ ކަލޭތިހިރީ އިންޑިޔާގެ ގެރި ސަރުކާރައް ވިކިހުސްވެފަ އަދިވެސް ވަރައް ހަރުއަޑުން އިދުރީހު މިގޮވާލަނީ ރައެްޔިތުން މަޖުލީހުގެ މެންބަރުންނައް ރާއްޖޭގެ މިނިވަންކަމާ ސަލާމަތައްޓަކާ އިތުބާރުނެތް ކަމުގެވޯޓެއްނަގާ މީނަ ވަޒީރުކަމުން ވަކިކުރަން ޖެހެޔޭ މީދިވެހިރައްޔިތުންގެ ވަރައްބޮޑު އެދުމެއް