ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އިމާރާތެއްގެ ބޭރުގައި ކުލަލުމުގެ މަސައްކަތުގައި އުޅުނު ދެ ބިދޭސީއަކު ވެއްޓި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ދެމީހުން ވެއްޓުނީ އިމާރާތުގެ ދެވަނަ ފަންގިފިލާ އިން ކަމަށާއި، ދެ މީހުންނަށް މާބޮޑު އަނިޔާތަކެއްވެފައި ނުވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ދެމީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށެވެ. އަދި އެތަނުން އެކެއްގެ ފައިގެ ކުޑަހުޅަށާއި އުނަގަނޑަށް ތަދުވުން ފިޔަވާ އިތުރު ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ދެ މީހުންގެވެސް ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެ ދެ މީހުންނަށް އަނިޔާވެފައި ވަނީ ސީޕްލޭން ސަރަހައްދުގައި ހުރި އިމާރާތެއްގައި ކުލަ ލުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަންބޮޑު

    މިހާރަކަށް އައިސް މަތިން އެއްޗެތި ފޭބުން ! މީ ބޮޑުވެއްޖެ ކަމެއް ރާޢްޖޭގެ އެންމެން ސަމާލުވާންވެއްޖެ!؟ އާ އެހެންޏަ! ސިމެންތިކޮތަޅެއް، ކުނިކޮތަޅެއް، ބެރިބުރިއެއް، ލަކުޑިބުރިއެއް، ފިލާގަނޑެއް، ނުވިތާކަށް މީހުންވެސް ވެއްޓެނީ މާވަރަކަށް! މި ސަރުކާރުވެސް މާލަސްތަކެއް ނުވެ ވެއްޓިދާނެކަމަށް ލަފާކުރެވޭ!

    10
    5
  2. މީހާ

    މަވެސް މިއަދު ގޭ ބިއްލޫރިތައް ސާފުކުރަން ވެގެން ގޮޑި އަކައް އަރާގެން އުޅެނިކޮށް ކައްސާލާގެން ވެއްޓި ފައި މަށާގެން ގޮސް އުނަގަޑުގަ ރިއްސާތީ މިއުޅެނީ ހަމަ ބުނެލީ

  3. އަޙްމަދު

    މާލެ ސަރަހައްދުގަ ގްރޭވިޓީ މާ ގަދަވީކަމަށްވާނީ، މަތިން ވެއްޓޭ ވެއްޓުން ހާދަ ގިނަވެއްޖޭ.