ބ. ތުޅާދޫ އާއި ކަމަދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ސަސްޕެންޑުކޮށްފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން އެ ކައުންސިލްގެ އެ ދެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ސަސްޕެންޑުކޮށްފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭރުން އެ ދެ ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ސަސްޕެންޑު ކޮށްފައިވަނީ، ބ. ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދާއި އެކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދުގެ އިތުރުން، ކަމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދާއި އެކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދުއެވެ.

މާދަމާއިން ފެށިގެން އެ އޮތޯރިޓީން ތުޅާދޫ އާއި ކަމަދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ސަސްޕެނޑު ކޮށްފައިވާކަން ހާމަކޮށްފައިވާއިރު، އެ ބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ އެއްމަސް ދުވަހުގެ މުއްދަތަށެވެ. އެ ބޭފުޅުން ސަސްޕެންޑު ކޮށްފައިވަނީ މި މުއްދަތުގެ ތެރޭގައި މުސާރައާއި އިނާޔަތް ނުހިނގާ ގޮތަށެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ، ސަސްޕެންޑުކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަރުދީ ހައްސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުންނޫން ބޭނުމަކުން ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިއުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން އެ ބޭފުޅުންނަށް މަނާކޮށްފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން، ދިއްދޫ ކައުންސިލުން ނޫސްބަޔާނެއް ނެރުނު މައްސަލަ އާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ ތުޅާދޫ އާއި ކަމަދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހެޅޭނެކަމުގެ އިންޒާރުވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމް ކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކަސްބިއަނޭ ދަ އުނގު ވިއްކައޭ ދަ ކާޅު ހެދުން ލައޭ ދަ ސޯމާލިއަނޭ ދަ ލާދީނިއަނޭ ދަ ތެޔޮ ބިޑިބޮއޭ ދަ ފެގްކައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. މުހައްމާ

    ތިޔައީ މާފެންމައްޗަށް އަރައިގެން އުޅޭބައެއް ސަރުކާރެއް ގަބޫލެއްނުކުރޭ ސަރުކާރުން ރައްޔިތުން ނަށް ކޮއްދޭ މަސއްކަތެއް ބަލައެއް ނުގަނޭ . މިވަރުވީމާ ދެންޖެހޭނީ ތިޔަކައުން ސިލަްތައް އުވާލާ ކޮންމެ ރަށަކަށް 2 ކަތީބުން ލައިގެން ކުރެވުނު ގޮތަކަށް މަސައްކަތް ކުރަން

  3. އަޙްމަދު

    ހެހޭ: ހުއްނާނީ ރާކަނިމަސް ކެވިފާ!
    އިހުއުޅުނު ގޮތަށް މަހަށްދޭ ދެން.

  4. އާ

    ރާއްޖެ ޓީވީގެ ހުރިހާވެސް މައްސަލައަކީ ހުރިހާ ކަމެއް ކިޔައިދީ އޮޅުން ފިލުވަދޭތީ...މަ ހީކުރީ މިރޭ އެޓީވިން ޖޯކަކަށް ކީ އެއްޗެއްކަމަށް މި ކައުސިލްތަކުގެ ވާހަކަ އެކަމް މިވެސް ތެދު ޚަބަރަކަށް މިވީ...ބިރުން އަވަދިވަނީ.